ކޮވިޑް ވެކްސިން ގެނައުމާއި ޖެހި ގޮތުގެ އޮޑިޓެއް ހަދަނީ

ކޮވިޑް ވެކްސިން ޖެހުމަށް މީހުން ކިޔުގައި: މިދިޔަ ހަފްތާގައި 312 މީހުންނަށް ވަނީ ކޮވިޑު ޖެހިފައި ކަމަށް އެޗްޕީއޭން ބުނޭ-- ފޮޓޯ: އަދަދު

ކޮވިޑް ވެކްސިން ޖެހުމަށް މީހުން ކިޔުގައި: މިދިޔަ ހަފްތާގައި 312 މީހުންނަށް ވަނީ ކޮވިޑު ޖެހިފައި ކަމަށް އެޗްޕީއޭން ބުނޭ-- ފޮޓޯ: އަދަދު

ރާއްޖެއަށް ކޮވިޑް ވެކްސިން ގެނައި ގޮތާއި ވެކްސިން ދިނުމުގައި އަމަލުކުރި ގޮތުގެ އޮޑިޓެއް ހަދަމުންދާ ކަމަށް ޓްރާންސްޕޭރެންސީން މޯލްޑިވްސްއިން ހާމަކޮށްފި އެވެ.

ރާއްޖޭގެ ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އެވެ. އެއީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރީ 200،000 ޑޯޒުންނެވެ. ޗައިނާ އިން ވެސް 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ވެސް ވެކްސިން ލިބުނެވެ.

އޭގެ އިތުރަށް ރާއްޖެ އިން 1،000،000 ޑޯޒަށްވާ ފައިސާ ދައްކާފައިވާ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒްވެސް ފަހުން ގެނަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް، ސީނިއާ ލީގަލް ކޯޑިނޭޓާ ޝައިފާ ޝާހިދު "އަދަދު" އަށް ވިދާޅުވީ ކޮވިޑް ވެކްސިނާ ގުޅޭ ގޮތުން މައުލޫމާތު އެއްކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެފައިވާ ކަމަށެވެ.

މީގެ މަގްސަދަކީ ކޮވިޑާ ގުޅޭ ގޮތުން ވީހާވެސް ގިނަ މައުލޫމާތު އެއްކޮށް އެއްތަނެއްގައި ރައްކާކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެ އޮޑިޓްގައި ބޮޑަށް ހިމަނާފައި ވަނީ ރާއްޖެ ގެނެސްފައި ވަނީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމާއި އެ ވެކްސިން ގެނެސް ސެންޓަރުތަކަށް ފޮނުވި އަދަދުގެ އިތުރުން ހަދިޔާ ކޮށްފައި ވަނީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމަށެވެ.

މީގެ އިތުރުން އެ އޮޑިޓްގައި ވެކްސިން ޖެހި މީހުންގެ ތަޖުރިބާ އާއި ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުން ނުޖަހަނީ ކީއްވެތޯވެސް ހިމަނާފައިވާނެ ކަމަށް ޝައިފާ ވިދާޅުވި އެވެ.

ވެކްސިނާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ ރިޕޯޓު ތަކަށް ބަލާ އޭގެ މައުލޫމާތުވެސް އޮޑިޓްގައި ހިމަނާފައިވާނެ ކަމަށް ޝައިފާ ވިދާޅުވި އެވެ.

މިހާރު އެ މަސައްކަތް ކުރާތާ ދެ މަސް ވެފައިވާއިރު އެއްކޮށް ނިންމާ ޖޫންގައި އޮޑިޓް އާންމުކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެކްސިން ގެ ބޫސްޓާ ޑޯޒުވެސް ޖަހަން ފަށާފައިވާއިރު، ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފައި ވަނީ 398،597 މީހުންނެވެ. ދެ ވަނަ ޑޯޒު ޖެހީ 383،980 މީހުންނެވެ. އަދި ތިން ވަނަ ޑޯޒު ނުވަތަ ބޫސްޓާ ޑޯޒް މިހާތަނަށް 159,008 މީހުން ވަނީ ޖަހާފަ އެވެ.

އެޗްޕީއޭގެ ފަރާތުން އެންމެ ފަހުން އާންމު ކުރި ބަލިޖެހުނު މީހުންގެ ތަފާސްހިސާބަށް ބަލާއިރު މުޅި ރާއްޖެއިން 179،483 މީހުންނަށް ވަނީ ކޮވިޑް ބަލި ޖެހިފަ އެވެ. އެގޮތުން މިދިޔަ ހަފްތާގައި 312 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ.

ރާއްޖޭން ކޮވިޑު ފެނި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން މާޗު 12ގަ އެވެ. އޭގެ ފަހުން ކޮންމެ މަހަކު ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަމުން އައިސް ކުއްލި ހާލަތު އުވާލާފައިވަނީ އޭގެ ދެ އަހަރު ފަހުން މިދިޔަ މާޗު 13ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox