ލުތުފަރުގެ މަރު: ގިނަ ހެކިންނަށް ނާދެވުމުން މި މަހު ފަހުކޮޅަށް ހެކިބަސް ނެގުން ފަސްކޮށްފި

ލުތުފަރު މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ދެ މީހަކު: ދައުލަތުން ހުށަހެޅި ގިނަ ހެކިންނަށް ނާދެވޭ

ލުތުފަރު މަރާލި ކަމުގެ ދައުވާ އުފުލާފައިވާ ދެ މީހަކު: ދައުލަތުން ހުށަހެޅި ގިނަ ހެކިންނަށް ނާދެވޭ

ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލި ކަމުގެ ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރަން ދައުލަތުން ހުށަހެޅި ގިނަ ހެކިންނަށް މިއަދު ނާދެވުމުން މި މަހުގެ ފަހުކޮޅަށް ދެ އަޑުއެހުމެއް އެ ކަމަށް ބާއްވަން ނިންމައިފި އެވެ.

އޭޕްރީލް 21، 2019 ގައި ކައްކާއެއް ގޮތުގައި ބޯޓުގައި މަސައްކަތް ކުރި ލުތުފަރު މަރާލުމަށް ފަހު، އެ ރަށު ބަނދަރާ ދިމާ ބޭރު ކަނޑުއޮޅިއަށް ފެއްތި ކަމަށް ބުނާ މައްސަލާގައި ދައުވާ ކުރަނީ ވެސް ބޯޓުގައި ދެން މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ ތިން މީހެއްގެ މައްޗަށެވެ. އަލަމިންއާއި، ނޫރުލް އިސްލާމްއާއި، އެމްޑީ އަހުތަރުގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފްވެ ޝަރީއަތުގައި އިންކާރު ކުރުމުން ހެކިބަސް ނެގުމުގެ މަރުހަލާ މި އަހަރު ފަށައި، މީގެ ކުރިން ބޭއްވި އަޑުއެހުމަކަށް ދައުލަތުން ހުށަހެޅި ހަތަރު ހެއްކެއް ހާޒިރުކޮށް ހެކިބަސް ނެގި އެވެ. ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ވެސް ބާކީ ތިބި 10 ހެކިން ހާޒިރުކުރަން މަސައްކަތް ކުރި ނަމަވެސް ހެކިބަސް ނަގަން ހާޒިރުވީ ފަސް ހެކިންނެވެ. އޭގެ ތެރެއިން ވެސް ހެކި ބަސް ނެގުނީ އެންމެ މީހެއްގެ އެވެ.

ހެކިބަސް ފުރަތަމަ ނަގަން މަސައްކަތް ކުރި ބައެއް ހެކިންގެ ހެކިބަސް ނުނެގުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. ހެކިން ތިބީ ޅައިމަގުގައި ނުވަތަ މާލޭން ބޭރުގަ އެވެ. އިތުރު ތިން މީހެއްގެ ހެކިބަސް ނުނެގުނީ ދިފާއީ ވަކީލެއްގެ އިތުރު އަޑުއެހުމެއް އެހެން ކޯޓެއްގައި އޮތުމުންނެވެ.

މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވި ގޮތުގައި، މިއަދު ހާޒިރުވާން އެންގި ބައެއް ހެކިން ހާޒިރުވެފައި ނެތް ކަން އެނގެ އެވެ. އޭގެ ތެރޭގައި ބޯޓުގައި އުޅުނު ބައެއް ފަޅުވެރިންނާއި، ބަނދަރު ސަރަހައްދުން އެ ރޭ އަޑު އިވުނު މީހުންގެ އިތުރަށް ރިޕޯޓެއް ތައްޔާރު ކުރި އޮފިސަރަކު ހިމެނެ އެވެ.

އެ މީހުން ހާޒިރުނުވެވުނު ސަބަބާ ގުޅޭ ގޮތުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ ލުތުފަރު ހަށިގަނޑުގެ ޑީއެންއޭ ރިޕޯޓް ތައްޔާރުކުރި އޮފިސަރު މި ވަގުތު ހުރީ ރާއްޖޭން ބޭރުގައި ތަމްރީނެއްގަ އެވެ. އޭނާއަށް އާދެވޭނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ދައުލަތުން ބުންޏެވެ.

އިތުރު ހެކިން ހާޒިރުނުވި ސަބަބެއް އަދި ނޭނގޭ ކަމަށާއި ހާޒިރުނުވި ސަބަބާއި ހާޒިރުކުރެވޭތޯ ނުވަތަ ނޫންތޯ ދެން އޮތް އަޑުއެހުމަކަށް ސާފުކޮށްފައި އަންގާނެ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ގާޒީ ދެން ވިދާޅުވީ ދިފާއީ ވަކީލުންގެ އިތުރު އަޑުއެހުމެއް އެހެން ކޯޓެއްގައި އޮތުމުންނާއި ބައެއް ހެކިންނަށް ހާޒިރުނުވެވޭތީ ދެން އަޑުއެހުން ބާއްވާނީ މި މަހުގެ 24 ވަނަ ދުވަހާއި 28 ވަނަ ދުވަހު ކަމަށެވެ. އަދި ޝަރީއަތުން މަސައްކަތް ކުރަނީ އެ ދެ އަޑުއެހުމުން ހެކިބަސް ނެގުމުގެ މަރުހަލާ ނިންމުމަށެވެ.

"އެ ދެ ދުވަހުގެ އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުކޮށް، މި މަހުގެ ނިޔަލަށް ހެކިބަސް ނެގުން ނިންމާލަން ޝަރީއަތުން މި މަސައްކަތް ކުރަނީ،" ގާޒީ ވިދާޅުވި އެވެ.

މިއަދު ހެކިބަސް ދިނީ ޅައިމަގު ކައުންސިލްގެ ނައިބު ރައީސަކަށް އޭރު ހުންނެވި އަބްދުﷲ ޝަމޫންގެ ހެކިބަހެވެ. އޭނާއަކީ އެ ހާދިސާ ހިނގި ރޭ ކުރިމަގު ބޯޓުން އަޑެއް އިވުނު މީހުންގެ ތެރެއިން އެކަކެވެ. އޭނާއަށް އެ އަޑު އިވުނީ އެ ރޭ ބަނދަރު ސަރަހައްދު ޖޯއްޔެއްގައި އިންދާ ކަމަށް އޭނާ ބުންޏެވެ. ދޯންޏާ 100 އެއްހާ ފޫޓެއް ދުރުގައި އޮތް ޖޯލީގައި އިންދައި އެ ފަދަ އަޑެއް އިވުނު ނަމަވެސް ދޯނި ކަރިއަށް ނުދާ ކަމަށް ބުންޏެވެ. އަދި އެ އަޑު އިވުނީ އެންމެ ފަހަރަކު ކަމަށް ވެސް މިއަދުގެ ޝަރީއަތުގައި އޭނާ ބުންޏެވެ.

މި މައްސަލާގައި ދައުލަތުން 14 ޝަފައީ ހެއްކެއް އަދި ހަތް ކިތާބީ ހެއްކެއް ހުށަހަޅާފައިވާއިރު، ދިފާއުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.

ދައުލަތުން ހުށަހެޅި ކީތާބީ ހެކިތަކުގެ ތެރޭޭގައި ހިމެނެނީ ޕާސްޕޯޓް ލިޔެކިއުންތަކަކާއި، ފުލުހުންގެ ކްރައިމް ސީން އިންވެސްޓިގޭޝަންގެ ރިޕޯޓާއި، ފުލުހުންގެ ޑީއެންއޭ ތަހުލީލްގެ ރިޕޯޓާއި، ފުލުހުންގެ ޑައިވިން އޮޕަރޭޝަންގެ ތަހުގީގު ރިޕޯޓާއި، ކްރިމިނަލް ކޯޓުގައި ދައުވާ ކުރެވިފައިވާ ތިން މީހުން ދިން ބަޔާނާއި، ފުލުހުންގެ ތަހުގީގަށް ދިން ބަޔާނާއި، ކުށަށް އިއުތިރާފްވެފައިވާ އަޑާއި މަންޒަރު ހިމެނޭ ވީޑިއޯ ރެކޯޑިންއެކެވެ.

މައްސަލައިގެ ހުލާސާ

ޅައިމަގު ބޯޓެއްގައި ކައްކާއެއްގެ ގޮތުގައި އުޅުނު ލުތުފަރު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. މި ރިޕޯޓާ ގުޅިގެން ލުތުފަރު ހޯދުމުގެ މަސައްކަތް ދުވަސްތަކަކަށް ކުރުމަށް ފަހު، ފުލުހުން ފަހުން އެ މައްސަލަ ތަހުގީގު ކުރީ މަރުގެ މައްސަލައެއްގެ ގޮތުގައި ދެކިގެނެވެ.

ފުލުހުން ކުރިއަށް ގެންދިޔަ ތަހުގީގުގައި އެ ދިމާލުން ކަނޑަށް ފީނައި ލުތުފަރުގެ ހަށިގަނޑުގެ ކަށިތައް ކަމަށް ބެލެވޭ މިނިކަށިތަކެއް ވެސް ހޯދި އެވެ. އެއީ ލުތުފަރުގެ ކަށިތައް ކަން ފުލުހުން އޭރު ކަށަވަރު ކޮށްނުދިން ނަމަވެސް ޝަރީއަތުގައި ދައުލަތުން ބުނެފައިވަނީ އެ ކަށިތަކުން ލުތުފަރުގެ މަންމައާއި ދަރިންގެ ޑީއެންއޭ ނެގިފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރި ތިން މީހުން ވެސް ފުރަތަމަ ކުށަށް އިއުތިރާފްވެ ދައުލަތާއެކު ކުށުގެ އިއުތިރާފް އެއްބަސްވުމެއްގައި ސޮއި ވެސް ކުރި އެވެ. އެކަމަކު މައްސަލައިގެ ފުރަތަމަ އަޑުއެހުމުން ފެށިގެން މިހާތަނަށް ވެސް ތިން މީހުން ދަނީ ކުށަށް އިންކާރު ކުރަމުންނެވެ. އަދި ބުނީ، ކުރިން ކުށަށް އިއުތިރާފްވީ ފުލުހުން އަނިޔާކޮށް ބިރު ދެއްކުމުން ކަމަށެވެ.

އެ މައްސަލަ ހިނގި ދުވަސްވަރު، ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވުނު ކަންކަން ހާމަ ކުރުމަށް މެއި 16، 2019 ގައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ލުތުފަރު މަރާލައިފައިވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމުގައި ދައުވާ ލިބޭ މީހުން ތަހުގީގުގައި ބުނެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox