ބާސެލޯނާ މޮޅުވިއިރު، އަރައުހޯ އަށް އަނިޔާވެގެން ހޮސްޕިޓަލަށް

May 11, 2022, 3:44 AM
ސްޓްރެޗަރުގައި އަރައުހޯ ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ސްޓްރެޗަރުގައި އަރައުހޯ ގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (މެއި 11) - ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ އަތުން 3-1 އިން ބާސެލޯނާ މޮޅުވިއިރު، އެ ޓީމުގެ އުރުގުއޭ ޑިފެންޑަރު ރޮނާލްޑް އަރައުހޯ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ރޭގެ މެޗުގެ 29 ވަނަ މިނިޓްގައި އޮސްމާން ޑެމްބެލޭ ދިން ބޯޅައަކުން ބާސެލޯނާ އަށް ލީޑުނަގައިދިނީ މެމްފިސް ޑިޕާއި އެވެ. އޭގެ 10 މިނިޓް ފަހުން ސެލްޓަ އަށް އެއްވަރުކޮށްދޭން ތިއާގޯ ގަލާޑޯ ޖެހި ބޯޅަ ބާސެލޯނާ ކީޕަރު އަންދްރޭ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 41 ވަނަ މިނިޓްގައި ސެލްޓަ އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ތިން ވަނަ މިނިޓްގައި، މެޗުގެ 48 ވަނަ މިނިޓްގައި ޑެމްބެލޭ ހުސްކޮށްލާފައި ދިން ބޯޅައަކުން އޮބާމަޔަން ވަނީ ބާސެލޯނާގެ ތިން ވަަނަ ގޯލު ޖަހައިފަ އެވެ. އަދި އޭގެ މިނިޓެއް ފަހުން ބާސެލޯނާ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ސެލްޓަގެ ކެޕްޓަން އިއާގޯ އަސްޕާސް ވަނީ ގޯލެއް ޖަހައިފަ އެވެ.

ސެލްޓަ އަށް މައްސަލަ ދިމާވީ މެޗުގެ 57 ވަނަ މިނިޓްގައި އެ ޓީމުގެ ޖޭސަން މުރީއޯ އަށް ރަތް ކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ އެންމެ ފަހަތުގައި ހުރެފައި ބާސެލޯނާގެ ޑިޕާއި އަށް ހުރަސް އެޅުމުންނެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ގަވީ އާއި އަަރައުހޯ ބޯޅައިގައި ބޮލުން ޖަހަން އެރި ބޯޅައެއްގައި ދެ ކުޅުންތެރިންގެ ބޯ ޖެހި، އަރައުހޯ ވެއްޓުނީ ދުއްވައިގަތް ތަނުންނެވެ. ދަނޑަށް އެމްބިއުލަންސް އަރުވައި، ވަގުތުން އަރައުހޯ ގެންދިޔައީ ހޮސްޕިޓަލަށެވެ.

މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ އަރައުހޯގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ ފަހުން ފަރުވާދިނުމުން ގޯސް ހާލަތަކަށް ދިއުމުގެ ކުރިން ހުރިހާ ކަމެއް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

ރޭގެ މޮޅާ އެކު ބާސެލޯނާ ލީގުގެ ދެ ވަނައިގައި އޮތީ 36 މެޗުން 72 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންކަން ހޯދާފައިވާ ރެއާލް މެޑްރިޑް އެއް ވަަނައިގައި އޮތީ 35 މެޗުން 81 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox