ޒީކު މި ދައްކައިދެނީ ޓީޓީ އަށް އޭނާގެ އާއިލާގެ ތެރޭގައި އޮތް ލޯބި

މި ފަަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ޒީކު: އޭނާ އަންނަނީ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ޒީކު: އޭނާ އަންނަނީ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަމުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޅިވަރުގެ އާއިލާ އަކުން އައިސް ކުޅިވަރުގެ މައިދާނަކަށް ނުކުތުމަކީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ލިބޭނެ ނަސީބެއް ނޫނެވެ. އެ ފަދަ ކުޅުންތެރިއަކަށް ކުޅުމުން ބޭރުގައި ވެސް މެޗުތަކަށް ތައްޔާރުވުމާއި އެހެނިހެން ކަންކަމުގައި ގިނަ އެހީތަކެއް އާއިލާގެ އެކި ފަރާތްތަކުން ލިބެ އެވެ. ޒުވާން ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ޒީކް ހަަސަން ލަތީފްގެ ވާހަކަ ފަށަން ޖެހެނީ ވެސް އޭނާގެ ބޮޑުބޭބެއާ ހިސާބުންނެވެ.

ރާއްޖޭގެ ޓީޓީގެ އެންމެ ކުރީގެ މާޒީ އާ ގުޅިފައިވާ ޒީކުގެ އާއިލާ އަކީ ޓީޓީގެ ބޮޑު ނަމެކެވެ. އޭނާގެ ބޮޑުބޭބެ އަހުމަދު ލަތީފް އަކީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް ބައިނަލްއަގްވާމީ އެތައް މުބާރާތްތަކެއްގައި ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުރީގެ ތަރި އެކެވެ. އަނެއް ބޮޑުބޭބެ އިބްރާހިމް ލަތީފް އަކީވެސް ކުރީގެ މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާ އަކީ މިވަގުތު ރާއްޖޭގައި ނަގާ ކިޔާ އެންމެ މޮޅެތި އަމްޕަޔަރުންގެ ތެރެއިންވެސް އެކަކެވެ. ގައުމީ ޓީމާއި ހަމަ އަށް ނުދިޔަ ކަމުގައި ވިޔަސް ޒީކްގެ ބައްޕަ, ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަކީ ވެސް ޓީޓީ ކުރިން ކުޅެ މި ކުޅިވަރަށް ނުހަނު ޝައުގެއް ބަހައްޓަވާ ބޭފުޅެކެވެ.

ގައުމީ ޓީމުގެ ކުޅުންތެރިޔާ، ޒީކުގެ ބޭބެ ޝައްފާން ޓީމަށް ހިތްވަރުދިނުމުގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒީކުގެ ދެބެއިންގެ ދެދަރި ބޭބެ ޝައްފާން އިސްމާއިލް އަކީ ގައުމީ ޓީމްގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. ޒީކުގެ ދައްތަ ޒާރާ ހަސަން ލަތީފަކީ ވެސް ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މި ފަހަރުގެ ސަރަހައްދީ މުބާރާތުގައި ޒާރާ ނުކުޅެން ނިންމީ އޯލެވެލް އިމްތިހާން ހަދާތީ އެވެ.

ކުރުކޮށް މި ކިޔާލެވުނީ މި ފަހަރު ގައުމީ ޖޫނިއާ ފިރިހެން ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިޔާ ޒީކުގެ އައިލާއާ މި ކުޅިވަރު ގުޅިފައި އޮތް މިންވަރެވެ.

"އަސްލު ގޭގައިވެސް ވަރަށް ޓީޓީގެ ވާހަކަ ދައްކާނެ އެންމެން ވެސް. މެޗަށް ތައްޔާރުވާނެ ގޮތާ. މުބާރާތްތަކުގައި ހިނގާ އެކިއެކި ކަންކަމާ، މެޗުތަކުގައި ހެދޭ މިސްޓޭކްތައް ރަނގަޅު ކުރާނެ ގޮތްވެސް ޑިސްކަސް ކުރާނެ އެންމެން" 15 އަހަރުގެ ޒީކު، "އަދަދު" އަށް ބުންޏެވެ.

ޒީކު ބުނީ ކުޅުން ރަނގަޅުކޮށް މެޗުތަކުގައި މޮޅަށް ކުޅުމަށް އެންމެ ބޮޑަށް ހިތްވަރުދެނީ އޭނާގެ ބައްޕަ ކަމަށެވެ. މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ޖޫނިއާ ޓީީޓީ މުބާރާތުގައި ޒީކަށް ހިތްވަރު ދޭން އޭނާގެ ބައްޕަ ސަޕޯޓަރުންގެ ތެރޭގައި ގަވާއިދުން ހުރެ އެވެ.

ލިބޭ ހުސް ވަގުތުތަކުގައި ބައްޕަގެ އިތުރުން ސީނިއާ ގައުމީ ޓީމްގައި ހިމެނޭ ޝައްފާންގެ ފަރާތުން ވެސް ބޮޑު އެހީތެރިކަމެއް ލިބޭކަމަށް ޒީކު ވަނީ ބުނެފަ އެވެ.

"ބައްޕަ ވަރަށް ކިޔައިދޭނެ މެޗު ކުޅޭއިރު ސަޕޯޓަރުންނަށް ނުބަލައި ފޯކަސް ބަހައްޓައިގެން ކުޅޭނެ ގޮތް. އަދި ޕްރެޝަރަށް ނުގޮސް މީހަ ހަމަޖެހިގެން ކުޅޭނެ ގޮތްވެސް ކިޔައިދޭނެ. ވަރަށް ހިތްވަރުދޭނެ އަބަދު ވެސް" ޒީކު ބުންޏެވެ.

މިފަހަރުގެ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު ރާއްޖޭގައި އޮތުމަކީ ޒީކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އާއިލާގެ އެންމެންގެ ކުރިމަތީގައި ކުޅެލަން ލިބުމާއި އެމީހުންގެ ސަޕޯޓުގެ އަޑު އިވޭ ހިސާބުގައި ހުރެ ކުޅެވުމަކީ އޭނާ ގަބޫލުކުރާ ގޮތުގައި މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަން ލިބުނު ބޮޑު އިތުބާރެކެވެ.

"ވަރަށް އުފާވޭ އާއިލާގެ ގިނަ ބަޔަކު އައިސް ސަޕޯޓްކުރާތީ. ވަރަށް ހިތްވަރު ލިބޭ. ސަޕޯޓްކުރާ އަޑު އިވުނީމަ މޮޅުވާން އިތުރު ހިތްވަރެއް ލިބޭ" ޒީކު ބުންޏެވެ.

ޒީކްގެ ބައްޕަ ހަސަން ލަތީފް ސޯޝަލް އިންޑޯގައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާތަނަށް ކުޅުނު މެޗުތަކުގައި ޒީކު ވަނީ ރަނގަޅު، އުއްމީދީ ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން ޓީމު އިވެންޓުގެ ފުރަތަމަ މެޗުގައި މި އިވެންޓުން ދެ ވަނަ ހޯދި ލަންކާ އާއި ދެކޮޅަށް ކުޅުނު ދެ ވަނަ ގޭމުގައި ކުޅެން ނުކުމެ އޭނާ ރަނގަޅު ވާދައެއް ކުރި އެވެ. ލަންކާގެ ބަތުގެދަރާ އަތުން ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ބަތުގެދަރާ ކާމިޔާބުކުރީ 7-11 އާއި 7-11 އިންނެވެ. ޖެހިގެން އައި ސެޓު 14-12 އިން ޒީކު، ކާމިޔާބުކުރިއިރު ފަހު ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ 10-12 އިންނެވެ.

ޗެމްޕިއަންކަން ހޯދި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި މެޗުގެ ފުރަތަމަ ގޭމުގައި ޒީކު ބަލިވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު 11-9 އިން ޒީކު ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ބަންގްލަދޭޝްގެ އަބްދުލް ކާމިޔާބުކުރީ 8-11 އިންނެވެ. ތިން ވަނަ ސެޓު ޒީކު ކާމިޔާބުކުރީ 11-5 އިންނެވެ. ޖެހިގެން އައި ދެ ސެޓު އަބްދުލް ހޯދީ 6-11 އާއި 5-11 އިންނެވެ.

މީގެ އިތުރުން ޖޫނިއާ ބައިގެ ޓީމް އިވެންޓުގައި ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ރާއްޖެ 3-1 ގޭމުން ބަލިވިއިރު، ރާއްޖެ މޮޅުވީ ޒީކް ކުޅުނު ގޭމުންނެވެ. މެޗުގެ ތިން ވަނަ ގޭމުގައި ރާއްޖޭގެ ޒީކު ވަނީ މޮޅު ކުޅުމެއް ދައްކައި، ބަންގްލަދޭޝްގެ ނާފިޒް ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު 11-9 އިން ޒީކް ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ނާފިޒް ހޯދީ 7-11 އިންނެވެ. ތިން ވަނަ ސެޓު 11-8 އިން ޒީކް ހޯދިއިރު، ހަތަރު ވަނަ ސެޓު 2-11 އިން ނާފިޒް ހޯދި އެވެ. ފޯރިގަދަ ފަހު ސެޓު ޒީކް ކާމިޔާބުކުރީ 12-10 އިންނެވެ.

މިހާތަނަށް ދެއްކުނު ކުޅުމާއި ގުޅޭގޮތުން ޒީކު ބުނީ ތަފާތު ގައުމުތަކުގެ ތަފާތު އެކި ސްޓައިލްގެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެން ފުރުސަތު ލިބުމަކީ ގިނަ ކަންކަން ދަސްވި ކަމެއް ކަމަށެވެ.، މިއީ ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައި ޒީކު ދެކެ އެވެ. އަދި މި މުބާރާތުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ރަނގަޅު ކުޅުމެއް ދައްކައި ގައުމަށް ރީތި ނަން ހޯދައިދިނުމަކީ ޒީކުގެ އުއްމީދެވެ.

"އަޅުގަނޑަށް ހީވަނީ ރަނގަޅަށް ކުޅެވުނުހެން ގިނަ މެޗުތަކުގައި. އަސްލު ވަރަށް ގިނަ ސްޓައިލްގެ ކުޅުންތެރިން އެބަތިބި. އެހެންވެ އެކަންވީ އާ ކަމަކަށް. އެކަމަކު ވަރަށް ގިނަ ކަންކަން ދަސްވެއްޖެ. އަބަދު ވެސް ކުޅުން ރަނގަޅު ކުރަން ޖެހޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އުއްމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރަށް ކުޅުން ރަނގަޅުކުރުން." ޒިކު ބުންޏެވެ.

ޒީކު ވަނީ މިހާތަނަށް ބައިނަލްއަގްވާމީ ދެ މުބާރާތް ކުޅެފަ އެވެ. އެއީ 2017 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ހޯޕްސް މުބާރާތާއި، 2018 ގައި ރާއްޖޭގައި އޮތް ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕެވެ. ޒީކް ބުނީ މީގެ ކުރިން ކުޅުނު ދެ މުބާރާތާއި އަޅާ ބަލާއިރު ހުރިހާ ގޮތަކުން ވެސް މި މުބާރާތް ތަފާތުކަމަށެވެ.

ޑަބަލްސް މެޗެއްގެ ތެރެއިން ޒީކު (ވ) އާއި އުމީރު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ހުރިހާ ގޮތަކުންވެސް ތަފާތު މި މުބާރާތް، މާހައުލު ތަފާތު، ކުޅޭ ހޯލު ތަފާތު، ކުރިން ދެ މުބާރާތުގައި އެހާ ސަޕޯޓަރުން ނެތް. އެކަމަކު، މި މުބާރާތުގައި ސަޕޯޓަރުން ވެސް އެބަތިބި ސަޕޯޓުކުރަން ގައުމީ ޓީމަށް. އަމިއްލަ ގައުމުގައި ކުޅޭއިރު އެކަމުން ކުޑަކޮށް ޕްރެޝަރުވެސް އާދޭ" ޓީމް އިވެންޓުގެ މެޗުތަކަށް ފަހު ޒީކު ބުންޏެވެ.

ޒުވާން، ޒީކުގެ މިހާރުގެ އުއްމީދަކީ ސީނިއާ ގައުމީ ފިރިހެން ޓީމާއި ހަމައަށް ގޮސް ގައުމީ ޓީމު ތަމްސީލްކުރުމެވެ. ސަރަހައްދީ ބޮޑު މުބާރާތްތަކުގައި ވާދަކޮށް ގައުމަށް ރީތި ނަން ހޯދައިދިނުމެެވެ. އެކަން ހާސިލްކުރަން ތައްޔާރުވާއިރު، ގައުމީ ޓީމުގައި އެކުގައި ކުޅެން އޭނާގެ ބޭބެ ޝައްފާން ހުރުމަކީ ވެސް ޒީކުގެ ބޮޑު އުއްމީދެކެވެ.

މިފަހަރުގެ މުބާރާތުގައި ޒީކު ދައްކަމުން އަންނަ ކުޅުމާ އެކު އޭނާ އާއިމެދު ކުރެވޭ އުއްމީދުތައް ވެސް މަތިވެއްޖެ އެވެ. މެޗުތަކަށް އޭނާ ތައްޔާރުވާ ގޮތާއި މެޗުގައި ދައްކާ ޖޯޝު ވެސް ތަފާތެވެ. ޔަގީނުން ވެސް ރަނގަޅު ޓްރެއިނިން ދީ ރަނގަޅު ޓްރެކުގައި ކުރިއަށްދާން ފުރުސަތު ފަހިވެއްޖެނަމަ "ދޮންވެ ފައްކާ" މި ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރިމަގުގެ ތަރިއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox