ރާއްޖޭގެ އަންހެން ދެ ޕެއާ ޑަބަލްސް އިވެންޓުގެ ސެމީ އަށް

May 10, 2022, 8:08 AM
ރާއްޖޭގެ ރަފާ (ކ) އާއި ދީމާ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ރަފާ (ކ) އާއި ދީމާ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022ގެ ޖޫނިއާ އަދި ކެޑޭޓް ކެޓަގަރީގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ އަންހެން ދެ ޕެއާ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސަރަހައްދީ މުބާރާތުގެ ޓީމު އިވެންޓްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމިފައިވާއިރު، ޑަބަލްސް އިވެންޓްގެ މެޗުތައް ވަނީ ފަށައިފަ އެވެ. ޑަބަލްސް އިވެންޓުގެ ޖޫނިއާ ބައިގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. އަދި ކެޑޭޓް ބައިގައި ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ ވެސް ވަނީ ޑަބަލްސް ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ. ފިރިހެން ޑަބަލްސް އަށް ބަލާއިރު ރާއްޖޭގެ ދެ ޕެއާ ވެސް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ޖޫނިއާ ބައިގެ އަންހެން ޑަބަލްސް ސެމީ ފައިނަލްގައި ރާއްޖެ ނުކުންނާނީ އިންޑިއާގެ ޕެއާ އާއި ދެކޮޅަށެވެ. އަދި ކެޑޭޓް ބައިގެ ސެމީ ފައިނަލުގައި ރާއްޖެ ނުކުންނާނީ ޕާކިސްތާންގެ ޕެއާ އާއި ދެކޮޅަށެވެ.

ޑަބަލްސް އިވެންޓުން އަންހެން ޓީމު ސެމީ ފައިނަލަށް ދިޔައިރު، ރާއްޖޭގެ ޖޫނިއާ އަންހެން ޓީމު އަދި ކެޑޭޓް އަންހެން ޓީމު ވެސް ވަނީ ޓީމު އިވެންޓްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

ޖޫނިއާ ބައިގެ އަންހެން ޑަބަލްސްގެ ސެމީ ފައިނަލުން ރަފާ އާއި ދީމާގެ ޕެއާ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްގެންނެވެ. ރާއްޖެ މޮޅުވީ ބަންގްލަދޭޝް ތިން ސެޓު އެއް ސެޓުންނެވެ. ބަލިވީ ސްރީ ލަންކާ އަތުން ތިން ސެޓު އެއް ސެޓުންނެވެ.

ފުރަތަމަ މެޗުގައި ބަންގަލްދޭޝް އަތުން މޮޅުވީ އެ ޓީމުން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. ފުރަތަމަ ސެޓު ބަންގްލަދޭޝްގެ ސާދިއާ އަދި ރޭޝްމީ ކާމިޔާބުކުރީ 7-11 އިންނެވެ. ހިތްވަރާ އެކު ކުޅެ ރާއްޖޭގެ ޕެއާ އިން ފަހު ތިން ސެޓު ކާމިޔާބުކުރީ 11-6، 11-7 އަދި 11-8 އިންނެވެ.

ދެ ވަނަ މެޗުގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެއިން ރަނގަޅު ވާދައެއް ކުރި އެވެ. ފުރަތަމަ ސެޓު ވާދަވެރިކޮށް ގޮސް ފަހު ވަގުތު 10-12 އިން ކާމިޔާބުކުރީ ލަންކާގެ ސްވަރްޔާ އަައިލަސްގެ ޕެއާ އެވެ. ޖެހިގެން އައި ސެޓުގައި މޮޅު ކުޅުމެއް ދައްކައި ދީމާ އާއި ރަފާ ދެވަނަ ސެޓު 11-3 އިން ހޯދި އެވެ. ޖެހިގެން އައި ދެ ސެޓުން ރާއްޖެ ބަލިވީ 8-11 އަދި 5-11 އިންނެވެ.

ކެޑޭޓް ބައިގެ ޑަބަލްސްގައި ދީމާ އާއި މިޝްކާ ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކެޑޭޓް ޑަބަލްސްގެ ފުރަތަމަ މެޗުގައި ރާއްޖޭގެ ދީމާ އާއި މިޝްކާ ވަނީ ސީދާ ތިން ސެޓުން ނޭޕަލްގެ އެވާނާ އާއި ބިޔަންކާގެ ޕެއާ ބަލިކޮށްފަ އެވެ. މި މެޗުގެ ސެޓުތައް ރާއްޖެއިން ގެންދިޔައީ 11-2، 11-5، 11-9 އިންނެވެ.

ދެ ވަނަ މެޗުގައި ވަރުގަދަ އިންޑިއާއާ ވާދަކޮށް ފޯރިގަދަ ކުޅުމަކަށް ފަހު ރާއްޖޭގެ ޕެއާ ބަލިވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު އިންޑިއާ އިން 9-11 އިން ކާމިޔާބުކުރި ނަމަވެސް ދެ ވަނަ ސެޓު 11-7 އިން ރާއްޖެ ހޯދި އެވެ. ތިން ވަނަ ސެޓުގައި އިންޑިއާ އިން މޮޅަށް ކުޅެ 5-11 އިން ސެޓު ކާމިޔާބުކުރިއިރު، ހިތްވަރާ އެކު ކުޅެ ދިމާ އާއި މިޝްކާ ވަނީ ހަތަރު ވަނަ ސެޓު 11-6 އިން ހޯދައިފަ އެވެ. ފަހު ސެޓު ފޯރިގަދަ ގަދަކޮށް ގޮސް ފަހު ވަގުތު 9-11 އިން ކާމިޔާބުކުރީ އިންޑިއާ އިންނެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ ފިރިހެން ޑަބަލްސްގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ރާއްޖެ ޕެއާ ވަނީ ކަޓައިފަ އެވެ. މުހައްމަދު ތާބިން ސުޖާއު އާއި އިބްރާހިމް އައުޒަމް އަޒީމްގެ ޕެއާ ފުރަތަމަ މެޗުގައި އިންޑިއާގެ އަންކޫރު އާއި ދީޕިތް އަތުން ބަލިވީ 5-11، 1-11 އަދި 5-11 އިންނެވެ. ދެ ވަނަ މެޗުގައި ސްރީ ލަންކާގެ ކުލައްޕުވަން އާއި ވިޖެސިންގަން އަތުން ބަލިވީ 5-11، 7-11 އަދި 3-11 އިންނެވެ.

ކެޑޭޓް ބައިގައިވެސް ފިރިހެން ޑަބަލްސް ގްރޫޕް ސްޓޭޖު ދެ މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ރާއްޖޭގެ ޒީކު އާއި އުމީރު އަތުން އިންޑިއާގެ ބަލަހުގަން އާއި ނަންދޫ މޮޅުވީ 3-11، 11-2، އަދި 9-11 އިންނެވެ. ދެ ވަނަ މެޗުގައި ނޭޕާލްގެ ޕްރަނޭ ތާޕާ އާއި އުޖްވަލް މަނާންދާރު އަތުން ބަލިވީ 7-11، 9-11، އަދި 7-11 އިންނެވެ.

މުބާރާތުގެ ސިންގަލްސް އިވެންޓްގެ މެޗުތައް މިއަދު ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox