ގާޑިއޯލާ ޖަޒުބާތުގައި ޖެހުނީ ކަމަށް ވެދާނެ: ކްލޮޕް

May 10, 2022, 4:19 AM
ގާޑިއޯލާ ޖަޒުބާތުގައި ޖެހުނީ ކަމަށް ވެދާނެ: ކްލޮޕް

ލިވަޕޫލް (މެއި 10) - އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަމުން އަންނަ ރޭހުގައި، އިނގިރޭސި އެންމެން ސަޕޯޓްކުރަނީ ލިވަޕޫލަށް ކަމަށް ލީގުގެ އެއް ވަަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ބުނެވުނީ ޖަޒުބާތުގައި ޖެހިގެން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ސިޓީން އެންމެ ފަހުން ނިއުކާސަލް ޔުނައިޓެޑް އަތުން 5-0 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓަށް ލީޑުފުޅާކުރި މެޗަށް ފަހު ގާޑިއޯލާ ބުނީ އިނގިރޭސި އެންމެންނާއި މީޑިއާ ވެސް އޮތީ ލިވަޕޫލާ އެކުގައި ކަމަށާއި އެއީ އެ ޓީމުގެ ކާމިޔާބު ތާރީހެއް އޮތުމުން ކަމަށެވެ. އަދި ލިވަޕޫލުގެ ކާމިޔާބީ ފަހަކަށް އައިސް ބޮޑަށް އޮތީ ޔޫރަޕްގައި ކަމަށާއި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދީ 30 އަހަރުގެ ތެރޭ އެއް ފަހަރު ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

އެ ވާހަކަތަކާ ގުޅޭގޮތުން ކްލޮޕާ ސުވާލުކުރުމުން ބުނީ އިނގިރޭސި އެންމެން ލިވަޕޫލަށް ސަޕޯޓްކުރާކަން ނޭނގޭ ކަމަށެވެ.

"އަހަރެން މި އުޅެނީ ލިވަޕޫލްގައި ޔަގީނުން ވެސް މި ތަނުގައި ގިނަ ބަޔަކު އެދޭ އަހަރެމެން ލީގު ހޯދަން. އެކަމަކު، މި ތަނުގައި ވެސް 50 ޕަސެންޓް މީހުން އެ ގޮތަށް ނޭދޭ. އެއީ ދެން އޮތް ކްލަބްގެ ސަޕޯޓަރުން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ގާޑިއޯލާގެ ވާހަކަތަކަކީ މެޗުގެ އޮއެވަރުގައި ޖަޒުބާތުގައި ޖެހިގެން ދެއްކުނު ވާހަކަ ކަމަށް ވެދާނެ ކަމަށެވެ. އަދި ސިޓީ އަށް ޗެމްޕިއަންސް ލީގުގައި ދިމާވި ގޮތާއި ލިވަޕޫލް އެ މުބާރާތުގެ ފައިނަލަށް ދިއުމުން ގާޑިއޯލާ އަށް ބުނެވެން ނުޖެހޭ އެއްޗެއް ޖަޒުބާތުގައި ޖެހިގެން ބުނެވިފައި އޮތީ ކަމަށް ކްލޮޕް ދެކެ އެވެ.

"ކޯޗެއްގެ ގޮތުގައި އަހަންނަށް ވެސް ޖަޒުބާތުގައި ޖެހިގެން ބުނަން ނުޖެހޭ ވާހަކަ ދެއްކޭ. ދާދި ފަހުން ވެސް އެކަން ހިނގައިފި. މިސާލަކަށް ބަލަމާ ޓޮޓެންހަމް މެޗަށް. އަހަރެން ބުނިން ޓޮޓެންހަމް ކުޅޭނެއޭ އެ ގޮތަށް އެ މީހުން އެ އޮތީ ލީގުގެ ފަސް ވަނައިގައޭ. އެ ވަގުތު އެހެން ބުނަން އަހަންނަށް ރަނގަޅު، އެކަމަކު، ފަހުން އެނގޭ އެއީ ގޯހެއް ކަން،" ކްލޮޕް ބުންޏެވެ.

"ތި ބުނާ ވާހަކަ ދެއްކިއިރު، ޕެޕް (ގާޑިއޯލާ) ހުރީ ކޮން ވިސްނުމެއްގައި ކަމެއް އަހަންނަކަށް ނުބުނެވޭނެ. ޗެމްޕިއަންސް ލީގުން ކަޓައިގެން ދިއުމަކީ ބަލައިގަންނަން އުނދަގޫ ކަމަކަށް ވެދާނެ. ދެން ލިވަޕޫލް ފައިނަލަށް ދިޔައީމަ ބަޔަކު ދައްކަން ހުރި ވާހަކައެއް ދައްކާނެ،"

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ރަށުންބޭރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗުން މޮޅުވެގެން ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ލިވަޕޫލް އަށް އެބައޮތެވެ. ލީގުގެ އެއް ވަނަ އަށް އަރާނަމަ ލިވަޕޫލް ޖެހޭނީ ހަތަރު ގޯލުގެ ތަފާތުން މޮޅުވާށެވެ. އެސްޓަން ވިލާ ދަނޑުގައި ލިވަޕޫލާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox