ކެޑޭޓް ބައިގެ ސެމީ ފައިނަލުން ވެސް ރާއްޖޭގެ އަންހެން ޓީމު ޖާގަ ހޯދައިިފި

މިޝްކާ (ވ) އާއި ދީމާ މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިޝްކާ (ވ) އާއި ދީމާ މެޗުން މޮޅުވުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ކެޑޭޓް ކެޓަގަރީގެ ސެމީ ފައިނަލުން ވެސް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ޖާގަ ހޯދައިފި އެވެ.

ކެޑޭޓް ކެޓަގަރީގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން ތިން ގޭމް 2 ގޭމުން ބަލިވި ނަމަވެސް ފަހު މެޗުގައި ލަންކާ އަތުން ފަހަތުން އަރައި މޮޅުވެ ރާއްޖެ އިން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި ގްރޫޕުގައި ސްރީ ލަންކާ އިން ވަނީ ސީދާ ތިން ސެޓުން ޕާކިސްތާން ބަލި ކޮށްފަ އެވެ. ޕޮއިންޓްގެ ގޮތުން ތިން ޓީމު އެއްވަރުވެ، ސެޓުގެ ތަފާތަށް ބަލާއިރު ރާއްޖެ އާއި ލަންކާ އެއްވަރުވުމުން ސެޓުގެ ތަފާތަށް ބަލާއިރު ކުރި ލިބުނީ ލަންކާ އަށެވެ. އެހެން ކަމުން ގްރޫޕްގެ އެއްވަނަ ލިބުނީ ލަންކާ އަށެވެ. ރާއްޖެ އަށް ލިބުނީ ދެ ވަނަ އެވެ. ޕާކިސްތާނަށް ލިބުނީ ތިން ވަނަ އެވެ.

އަންހެން ކެޓަގަރީގެ ކެޑޭޓް ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ގްރޫޕް އޭގެ އެއް ވަނަ އިންޑިއާއާ ދެކޮޅަށެވެ. ސެމީ ފައިނަލް ދެ ވަނަ މެޗުގައި ސްރީ ލަންކާ ނުކުންނާނީ ނޭޕާލް އާ ދެކޮޅަށެވެ.

ޕާކިސްތާނާއި ދެކޮޅަށް ކުޅުނު މެޗުގެެ ފުރަތަމަ ގޭމުގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް އަތުން ޕާކިސްތާންގެ ހާއިގާ ހަސަން މޮޅުވީ 3-2 ސެޓުންނެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ދެ ސެޓު 7-11 އާއި 7-11 އިން ކާމިޔާބުކުރީ ހާއިގާ އެވެ. ނަމަވެސް މިޝްކާ ވަނީ ހިތްވަރާ އެކު ކުޅެ ޖެހިގެން އައި ދެ ސެޓު ހޯދައި އުންމީދު އާކޮށްފަ އެވެ. މި ދެ ސެޓު މިޝްކާ ކާމިޔާބުކުރީ 11-8 އާއި 11-9 އިންނެވެ. ފަހު ސެޓު ފޯރިގަދަކޮށް ދިޔައިރު، 9-9 އިން ސްކޯ އެއްވަރުވެފައި، އޮއްވައި، ފަހު ދެ ޕޮއިންޓް ހޯދައި ހާއިގާ މެޗު ކާމިޔާބުކުރި އެވެ.

ދެ ވަނަ ގޭމުގަައި ރާއްޖޭގެ ދީމާ ވަނީ 3-1 ސެޓުން ޕާކިސްތާންގެ ހޫރު ފަވާދު ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު ދީމާ 11-6 އިން ދީމާ ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ހޫރު ހޯދީ 7-11 އިންނެވެ. ޖެހިގެން އައި ދެ ސެޓު 11-4 އާއި 11-6 އިން ދީމާ ކާމިޔާބުކޮށް ގޭމް ހޯދި އެވެ.

ޕޮއިންޓެއް ހޯދުމަށް ފަހު މިޝްކާ އާއި ދީމާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަ ގޭމުގައި ރާއްޖޭގެ ދީމާ އާއި މިޝްކާގެ ޕެއާ ނުކުތީ ޕާކިސްތާނުގެ ހޫދު އާއި ހާއިގާގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު 3-1 ސެޓުން ޕާކިސްތާނުގެ ޕެއާ އިން ކާމިޔާބުކުރި އެވެ. ފުރަތަމަ ސެޓު ރާއްޖެ އިން 11-6 އިން ކާމިޔާބުކޮށްފައި ވަނިކޮށް ޕާކިސްތާނުން ގޭމް އަނބުރާލީ ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. ފަހު ތިން ސެޓު އެޓީމުން ހޯދީ 10-12، 7-11 އަދި 9-11 އިންނެވެ.

ހަތަރު ވަނަ ގޭމު ރާއްޖޭގެ މިޝްކާ ކާމިޔާބުކުރީ ޕާކިސްތާނުގެ ހާއިގާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. އެއީ 11-6، 11-4 އަދި 11-8 އިންނެވެ.

ފަހު ގޭމުގައި ކުޅެން ނުކުތީ ރާއްޖޭގެ މިޝްކާ އެވެ. ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑުވި މި ގޭމު ޕާކިސްތާނުގެ ހޫރު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެއީ 8-11، 2-11 އަދި 8-11 އިންނެވެ.

މޮޅުވާން މަޖުބޫރުވެފައި އޮތް މެޗުގައި ސްރީ ލަންކާ އާއި ދެކޮޅަށް މިރޭ ކުޅެ ރާއްޖޭން މޮޅުވީ 3-1 ގޭމުންނެވެ. ފުރަތަމަ ގޭމުގައި ކުޅެން ނުކުމެ މިޝްކާ އަތުން ލަންކާގެ ލެސަންޔާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. އެއީ 6-11،7-11 އަދި 4-11 އިންނެވެ. ދެ ވަނަ ގޭމަށް ނުކުމެ ލަންކާގެ ތަމާޑީ އަތުން މޮޅުވެ، ރާއްޖޭގެ ދީމާ ދިވެހި ޓީމަށް އުންމީދު ހޯދައިދިނެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-9، 11-4 އަދި 13-11 އިންނެވެ.

ދެން ކުޅުނީ މުބާރާތުގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ މެޗެވެ. ތިން ވަނަ ގޭމުގައި ދީމާ އާއި މިޝްކާގެ ޕެއާ ކުޅެން ނުކުމެ ލަންކާގެ ލެސަންޔާ އާއި ޓަމާޑީ އަތުން މޮޅުވެ، ސެމީގެ އުންމީދު ދެމެހެއްޓި އެވެ. މި މެޗުގެ ފުރަތަމަ ގޭމް ކާމިޔާބުކުރީ 7-11 އިންނެވެ. ޖެހިގެން އައި ދެ ގޭމް ރާއްޖޭގެ ޕެއާ އިން ކާމިޔާބުކުރީ 11-9 އަދި 12-10 އިންނެވެ. ހަތަރު ވަނަ ސެޓު ލަންކާ އިން 9-11 އިން ކާމިޔާބުކޮށް މެޗުގެ ފޯރި ގަދަވި އެވެ. ފަހު ސެޓުގައި އެއްވަރުކޮށް ގޮސް މެދުތެރެއިން ރާއްޖެ އިން ލީޑު ނެގި އެވެ. މިޝްކާ އާއި ދީމާގެ ހިތްވަރާ އެކު 11-8 އިން ކާމިޔާބުކޮށް ރާއްޖެ އަށް ސެމީގެ ޖާގަ ހޯދައިދިނެވެ.

ނާކާމިޔާބު ނަތީޖާތަކެއް ނަމަވެސް ފިރިހެން ޓީމުތަކަށް ތަޖުރިބާތަކެއް

ކެޑޭޓް ކެޓަގަރީގެ ފިރިހެން ބައިގައި ރާއްޖޭގެ ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަލިވީ ބަންގްލަދޭޝް އަތުންނެވެ. ދެ މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ. ރާއްޖެ ހިމެނޭ ގްރޫޕުގެ އެއް ވަނަ ހޯދީ ލަންކާ އެވެ. ދެ ވަނަ އަށް ދިޔައީ ބަންގްލަދޭޝް އެވެ.

ލަންކާ މެޗުގެ ފުރަތަމަ ގޭމުގައި އުމޭރު މުހައްމަދު މުއިއްޒު ލަންކާގެ ދެމެތު އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 5-11، 2-11 އަދި 2-11 އިންނެވެ. ދެ ވަނަ ގޭމުން ރާއްޖޭގެ ޒީކު ހަސަން ލަތީފް ބަލިވީ ލަންކާގެ ބަތުގެދަރާ އަތުން 3-1 ސެޓުންނެވެ. ފުރަތަމަ ދެ ސެޓު ބަތުގެދަރާ ކާމިޔާބުކުރީ 7-11 އާއި 7-11 އިންނެވެ. ޖެހިގެން އައި ސެޓު 14-12 އިން ޒީކު، ކާމިޔާބުކުރިއިރު ފަހު ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ 10-12 އިންނެވެ.

ތިން ވަނަ ގޭމުން ރާއްޖޭގެ ޒީކު އާއި އުމޭރުގެ ޕެއާ ބަލިވީ ލަންކާގެ ދެމެތު އާއި ބަތުގެދަރާގެ ޕެއާ އަތުން ބަލިވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 12-10 އިން ޒީކް ކާމިޔާބުކުރިއިރު، ޖެހިގެން އައި ތިން ސެޓުން ޒީކު ބަލިވީ 11-13، 8-11 އަދި 7-11 އިންނެވެ.

ކެޑޭޓް ކެޓަގަރީގެ ފިރިހެން ބައިގެ ދެ ވަނަ މެޗުން ބަލިވީ ބަންގްލަދޭޝް އާއި ވާދަކޮށް ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމުގައި ޒީކު ރަނގަޅު ވާދައެއް ކުރި ނަމަވެސް ފަހު ދެ ގޭމުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ފުރަތަމަ ގޭމުގައި ޒީކު ބަލިވީ 3-2 ސެޓުންނެވެ. ފުރަތަމަ ސެޓު 11-9 އިން ޒީކު ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ބަންގްލަދޭޝްގެ އަބްދުލް ކާމިޔާބުކުރީ 8-11 އިންނެވެ. ތިން ވަނަ ސެޓު ޒީކު ކާމިޔާބުކުރީ 11-5 އިންނެވެ. ޖެހިގެން އައި ދެ ސެޓު އަބްދުލް ހޯދީ 6-11 އާއި 5-11 އިންނެވެ.

ދެ ވަނަ ގޭމުގައި ރާއްޖޭގެ އުމޭރު ސީދާ ތިން ސެޓުން ބަލިވީ ބަންގްލަދޭޝްގެ ހާފިޒު އަތުންނެވެ. އެއީ 2-11، 4-11 އަދި 5-11 އިންނެވެ. ފަހު ގޭމުން ޒީކު އާއި އުމޭރުގެ ޕެއާ ބަލިވީ ވެސް ސީދާ 3 ސެޓުންނެވެ. އެއީ 6-11، 7-11 އަދި 4-11 އިންނެވެ.

ޖޫނިއާ ކެޓަގަރީގެ ފިރިހެން ބައިގައި ދިވެހި ޓީމުން ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 3-1 ގޭމުންނެވެ.

ފުރަތަމަ ގޭމުގަައި ރާއްޖޭގެ ތާބިން ސުޖާއު ބަލިވީ ބަންގްލަދޭޝްގެ ރިދޮއީ އަތުން 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 6-11، 11-8، 2-11 އަދި 8-11 އިންނެވެ. ދެ ވަނަ ގޭމުގައި ބަންގްލަދޭޝްގެ ރަމްހިމް އަތުން ރާއްޖޭގެ އިބްރާހިމް އައުޒަމް އަޒީމް ބަލިވީ 3-11، 4-11 އަދި 8-11 އިންނެވެ.

ރާއްޖެ ޓީމުގެ ޒީކް ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަ ގޭމުގައި ރާއްޖޭގެ ޒީކު ވަނީ މޮޅު ކުޅުމެއް ދައްކައި، ބަންގްލަދޭޝްގެ ނަފީޒް ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު 11-9 އިން ޒީކް ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު ނާފިޒް ހޯދީ 7-11 އިންނެވެ. ތިން ވަނަ ސެޓު 11-8 އިން ޒީކް ހޯދިއިރު، ހަތަރު ވަނަ ސެޓު 2-11 އިން ނާފިޒް ހޯދި އެވެ. ފޯރިގަދަ ފަހު ސެޓު ޒީކް ކާމިޔާބުކުރީ 12-10 އިންނެވެ.

ޒީކް ރާއްޖެ އަށް ގޭމެއް ހޯދައިދިން ނަމަވެސް ހަތަރު ވަނަ ގޭމުގައި ރާއްޖޭގެ ތާބިން ވަނީ ސީދާ ތިން ސެޓުން ބަންގްލަދޭޝްގެ ރަމްހިމް އަތުން ބަލިވެފަ އެވެ. އެއީ 9-11، 5-11 އަދި 7-11 އިންނެވެ.

ޖޫނިއާ ބައިގައި ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާން އަތުން ބަލިވީ ސީދާ ތިން ގޭމުންނެނެވެ. މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ތާބިން، ޕާކިސްތާންގެ ޝާހު ހާން އަތުން ބަލިވީ ސީދާ ތިން ސެޓުންވެ. އެއީ 7-11، 4-11 އަދި 4-11 އިންނެވެ. ދެ ވަނަ ގޭމުގައި އައުޒަމް ބަލިވީ ޕާކިސްތާންގެ އުމަރު ޚާން އަތުން ސީދާ ތިން ސެޓުންނެވެ. އެއީ 1-11، 5-11 އަދި 4-11 އިންނެވެ. ފަހު ގޭމުގައި ރާއްޖޭގެ ޒީކު ވެސް ސީދާ ތިން ސެޓުން ބަލިވިއިރު، މެޗުގެ ސެޓުތައް ނިމުނީ 4-11، 5-11 އަދި 5-11 އިންނެވެ.

ޖޫނިއާ ކެޓަގަރީގެ ފިރިހެން ބައިގައި ފަސް ގައުމު ވާދަކުރާތީ މި ބައިގައި ސެމީ ފައިނަލެއް ނުކުޅޭނެ އެވެ. ފަސް ޓީމް ލީގު އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ވާދަކުރާނީ ފައިނަލްގަ އެވެ. ތިން ވަނަ ހޯދާ ޓީމަށް ބްރޮންޒް މެޑަލް ލިބޭނެ އެވެ. ރާއްޖެއަށް ލީގު ބުރުގެ ފަހު ދެ މެޗު މާދަމާ ކުޅޭނެ އެވެ. އެއީ ސްރީ ލަންކާގެ އިތުރުން ނޭޕާލާ ވާދަކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox