ގްރޫޕްގެ އެއް ވަނަ ހޯދައި އަންހެން ޓީމު ޖޫނިއާ ބައިގެ ސެމީ ފައިނަލަށް

މިއަދުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދުގެ މެޗެއްގެ ތެރެއިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ޖޫނިއާ ޓީމު ޖާގަ ހޯދައިފި އެވެ.

ސަރަހައްދީ ހަ ގައުމަކުން ވާދަކުރާ މި މުބާރާތުގެ ކުޅުން މިއަދު ފަށާފައިވަނީ ޓީމި އިވެންޓުގެ މެޗުތަކާ އެކުގަ އެވެ. ޖޫނިއާ އަންހެން ބައިގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ރާއްޖެ ގްރޫޕްގެ އެއް ވަނަ ހޯދިއިރު، މި ގްރޫޕުން ދެ ވަނަ އަށް ދިޔައީ ޕާކިސްތާނެވެ. ސެމީ ފައިނަލްގައި ދިވެ ހިރާއްޖެ މާދަމާ ނުކުންނާނީ ގްރޫޕް އޭގެ ދެ ވަނަ އަށް ދިޔަ ސް ރީލަންކާއާ ދެކޮޅަށެވެ. ގްރޫޕް އޭ އިން އެއް ވަނަ ހޯދީ އިންޑިއާ އެވެ.

ޖޫނިއާ ކެޓަގަރީގެ އަންހެން ބައިގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ޕާކިސްތާނާއި ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ގޭމުގައި ޕާކިސްތާނުގެ ހަގީގާގެ މައްޗަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކާމިޔާބު ހޯދީ ސީދާ ތިން ސެޓުންނެވެ. ވާދަވެރި މި ގޭމުގެ ސެޓުތައް ރަފާ ގެންދިޔައީ 11-9، 11-8 އަދި 11-9 އިންނެވެ.

ދެ ވަނަ ގޭމަށް ރާއްޖެ އިން ނުކުތީ ފާތިމަތު ދީމާ އަލީ އެވެ. ދީމާ ވަނީ ޕާކިސްތާނުގެ ޕެންރިޔާ އަތުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ. ތިން ސެޓު ދީމާ ކާމިޔާބު ކުރީ 11-5، 11-9 އަދި 11-1 އިންނެވެ.

ރާއްޖެ ޓީމުގެ ކޯޗު ކޮސްޓޯ (ކ) ޓީމުގެ ރަފާ (ކ) އާއި ދީމާ އަށް ބުނެދެނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް އަތުން ޕާކިސްތާނުގެ ކަލްސޫމް ވަނީ މޮޅުވެފަ އެވެ. ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ދެ ސެޓު މިޝްކާ ކާމިޔާބުކުރީ 11-6، 11-5 އިންނެވެ. ބައިނަލްއަގްވާމީ މި ފަަދަ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ކުޅޭ މިޝްކާ އަތުން ފަހަތުން އަރައި ކަލްސޫމް ވަނީ މޮޅުވެފަ އެވެ. ފަހު ތިން ސެޓު ޕާކިސްތާން ކުޅުންތެރިޔާ ގެންދިޔައީ 6-11، 11-13 އަދި 3-11 އިންނެވެ.

ތިން ވަނަ ގޭމުގައި މިޝްކާ ބަލިވި ނަމަވެސް ހަތަރު ވަނަ ގޭމުގައި ދީމާ ވަނީ ރާއްޖެ އަށް ފަސޭހަ މޮޅެއް ހޯދައިދީފަ އެވެ. މި ގޭމުގެ ސެޓުތައް ދިމާ ގެންދިޔައި، 11-7، 11-5 އަދި 11-3 އިންނެވެ. މިއާ އެކު ޕާކިސްތާން ބަލިކޮށް ރާއްޖެ ހަމަޖެހިލި އެވެ.

ޖޫނިއާ އަންހެން ބައިގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ ވަނަ މެޗު ނޭޕާލާ ވާދަކޮށް ރާއްޖެ އިން ކާމިޔާބުކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމުގައި ވާދަވެރި ކުޅުމަކަށް ފަހު ރާއްޖޭގެ ދީމަ ވަނީ ނޭޕާލްގެ ބިއަންކާ ބަލިކޮށްފަ އެވެ. މި ގޭމުގެ ފުރަތަމަ ސެޓު 11-09 އިން ދީމާ ކާމިޔާބުކުރި ދެ ވަނަ ސެޓު ބިއަންކާ ގެންދިޔައީ 10-12 އިންނެވެ. ފަހު ދެ ސެޓު ދީމާ ކާމިޔާބުކުރީ 11-08 އަދި 12-10 އިންނެވެ.

މި މެޗުގެ ދެ ވަނަ ގޭމު ރާއްޖޭގެ ރަފާ ކާމިޔާބުކުރީ ނޭޕާލްގެ އިވާނާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ރާފާ ގެންދިޔައީ 11-08، 11-04 އަދި 11-08 އިންނެެވެ.

ނޭޕާލްގެ ކުޅުންތެރިއާ އަތުން ޕޮއިންޓެއް ހޯދުމަށް ފަހު މިޝްކާ އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ތިން ވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ ފެނުނީ ތަފާތު ފޯމެއްގައި ކުޅެލިތަނެވެ. ކުރިން ޕްރެޝަރަށް ހޭނެން ކުރިމަތިވި ގޮންޖެހުންތަކުގެ ތެރެއިން ކުރިއަށް ޖެހިލައި، އަމިއްލަ ހުނަރަށް އޮތް އިތުބާރާ އެކު ކުޅެލައި ރާއްޖެ މޮޅުކޮށްދޭން އެހީތެރިވެދިނެވެ. މިޝްކާ ވަނީ ފަހަތުން އަރައި ނޭޕާލްގެ ސުބަޝްރީ ބަލިކޮށްފަ އެވެ. ފުރަތަމަ ސެޓު 09-1 އިން ސުބަޝްރީ ކާމިޔާބުކުރި ނަމަވެސް މިޝްކާ ވަނީ ތަފާތު ހިތްވަރެއް ދައްކައި ޖެހިގެން އައި ތިން ސެޓު 13-11، 11-05 އަދި 11-06 އިން ކާމިޔާބުކޮށްފަ އެވެ.

ޖޫނިއާ ބައިގެން އަންހެން ޓީމް އިވެންޓް ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. މިހާރު ކުރިއަށްދަނީ މުބާރާތުގެ ޑަބަލްސް އިވެންޓްގެ މެޗުތަކެވެ.

މުބާރާތުގެ މެޗުތައް ބައްލަވައިލެއްވުމަށް މިއަދު ހެނދުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ސޯޝަލް ސެންޓަރު އިންޑޯ އަށް ވަޑައިގެންނެވި އެވެ. މީގެ އިތުރުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމްގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސް ވެރިންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ ގައުމީ ޓީމަށް ހިތްވަރުދިނުމުގައި ބައިވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox