ޖޫނިއާ ޓީޓީ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

May 8, 2022, 7:25 PM
ސައުތް އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ދިރާގު

ސައުތް އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސައި އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ދިރާގު

މާދަމާ ފެށުމަށް ތައްޔާރުވަމުން އަންނަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގު ހަމަޖައްސައިފި އެވެ.

ހަ ގައުމުން 85 އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރާ މި މުބާރާތުގެ މެޗުތައް މާދަމާ ހެނދުނު މާފަންނު ސޯޝަލް ސެންޓަރު އިންޑޯ ހޯލުގައި ފަށާނެ އެވެ. މުބާރާތުގައި ވާދަކުރާ ހަތް ގައުމަކީ ދިވެހި ރާއްޖެ، ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާން، ނޭޕާލް އަދި ބަންގްލަދޭޝް އެވެ. މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމްތަކެއް މިހާރު މާލެ އައިސްފައިވާއިރު، މުބާރާތަށް ތައްޔާރުވާ ދިވެހި ގައުމީ ޓީމު ވެސް ވަނީ ބީހައިވް ހޮޓެލްގައި ކޭމްޕް ކޮށްފަ އެވެ.

ޖޫނިއާ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައި އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ދިރާގުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ބްރޭންޑް އަދި މާކެޓިން ކޮމިޔުނިކޭޝަންގެ ސީނިއާ މެނޭޖަރު މުހައްމަދު މިރުޝާން އެވެ. ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއެމް)ގެ ފަރާތުން ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދިރާގުގެ ބްރޭންޑް އަދި މާކެޓިން ކޮމިޔުނިކޭޝަންގެ ސީނިއާ މެނޭޖަރު މުހައްމަދު މިރުޝާން ވިދާޅުވީ ރާއްޖޭގެ ޒުވާން އެތުލީޓުންގެ ކުރިއެރުމަށް މުހިންމު މުބާރާތެއްގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެ، އެހީތެރިވެވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރާއި ޒުވާނުންގެ ކުރިއެރުމަށް އެ ކުންފުނީގެ ފަރާތުން އަބަދުވެސް އެހީތެރިކަަން ލިބޭނެކަން މިރުޝާން ފާހަގަކުރެއްވި އެވެ.

ޓީޓީ އެސޯސިއޭޝަނުގެ ނައިބު ރައީސް ޝިއުރީ ވިދާޅުވީ ރާއްޖޭގެ ޓީޓީގެ ކުރިއެރުމަށް ދީރާގުން އެހީވުމަކީ ބޮޑު އުފަލެއް ލިބުނު ކަމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޓީޓީ އެހެން ހަރުފަތަކަށް ގެންދިޔުމަށް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ދިރާގުން ބައިވެރިވުމަކީ ބޮޑު އުފަލެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ

ސަރަހައްދީ ޖޫނިއާ މުބާރާތުގެ މެޗުތައް މާދާމާ ފެށުމަށް ހަމަޖެހިފައިވަނީ 9 ޖަހާއިރު ގަ އެވެ. ފުރަތަމަ ކުޅޭނީ ކެޑޭޓް ކެޓަގަރީގެ ޓީމް އިވެންޓް މެޗެކެވެ. އޭގެ ފަހުން ޖޫނިއާ ޓީމްގެ މެޗުތައް ވެސް ކުރިއަށްދާނެ އެވެ. މި މެޗުތަކުގައި ގައުމީ ޓީމަށް ސަޕޯޓުކުރުމަށް ވީހާ ވެސް ގިނަ ސަޕޯޓަރުން ޒުވާނުުންގެ މަރުކަޒުގެ އިންޑޯ ހޯލަށް ދިޔުމަށް ގައުމީ ޓީމުން އިލްތިމާސްކުރެ އެވެ. މުބާރާތުގެ ޓީމު އިވެންޓްގެ މެޗުތަކަށް ފަހު މާދަމާ ރޭ މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox