ސިޓީން ލީގުގެ ކޮންޓްރޯލް ނަގައިފި، ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލަށް މުހިންމު މޮޅެއް

May 8, 2022, 7:21 PM
ސިޓީގެ ރޮޑްރީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ރޮޑްރީ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 5-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީން ލީގުގެ ރޭހުގެ ކޮންޓްރޯލް ނެގިއިރު، އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ، އާސެނަލުން ގަދަ ހަތަރެއްގެ ތެރޭގައި ނިންމުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

ދެ ވަނައިގައި އޮތް ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުވުމުގެ ފައިދާ ސިޓީން ވަނީ ރަނގަޅަށް ނަގައިފަ އެވެ. ސިޓީން ބާކީ ތިން މެޗު އޮއްވައި ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓަށް ލީޑުފުޅާކުރީ، 35 މެޗުން 86 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 35 މެޗުން ލިބިފައިވަނީ 83 ޕޮއިންޓެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ސިޓީ އޮތީ ހަތަރު ގޯލު ކުރީގަ އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 35 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އާސެނަލަށް ވަނީ 35 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. ފަހެއްގައި އޮތް ޓޮޓެންހަމަށް ވަނީ 35 މެޗުން 62 ޕޮއިންޓް ލިބިފަ އެވެ. ބުދަ ދުވަހުގެރޭ ޓޮޓެންހަމް އަތުން މޮޅުވެގެން އާސެނަލަށް ގަދަ ހަތަރެއް ކަށަވަރުކުރެވޭނެ އެވެ.

އަމިއްލަ ދަނޑުގައި އާސެނަލުން ލީޑްސް ބަލިކުރި މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ 10 މިނިޓް ތެރޭގަ އެވެ. އެ ގޮތުން އާސެނަލްގެ ދެ ގޯލު ވެސް ޖެހީ ކުރިން ލީޑްސް އަށް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުނު އެޑީ އެންކެޓިއޭ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި އެންކެޓިއޭ އާސެނަލަށް ލީޑުނަގައިދިން ގޯލު މެޗުގެ ފަސް ވަނަ މިނިޓްގައި ޖެހީ ލީޑްސްގެ ކީޕަރު އިލާން މެލިއޭ ހެދި ގޯހެއްގެ ފައިދާނަަގައިގެންނެވެ. އަދި މެޗުގެ 10 ވަނަ މިނިޓްގައި ގަބްރިއެލް މާޓިނެލީ ނެގި ހުރަހަކުން އެންކެޓިއޭ ދެ ވަނަ ގޯލު ޖެހި އެވެ.

ލަނޑު ޖެހުމަށް ފަހު އާސެނަލް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލީޑްސް އިން މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެެވެ. އެއީ މެޗުގެ 27 ވަނަ މިނިޓްގައި ލީޑްސްގެ ކެޕްޓަން ލޫކް އެއިލިން ކުރި ފައުލަކަށް ދެއްކި ރަތް ކާޑުންނެވެ. މާޓިނެލީ އަށް އެއިލިން ކުރި ފައުލަށް ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވަނީ ރަތް ކާޑަކަށް ބަދަލުކޮށްފަ އެވެ. ކުޅުންތެރިއަކު މަދުކޮށް ކުޅެ ލީޑްސް އިން ވަނީ ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާ އިން ގޯލު ޖަހައިފަ އެވެ. މިއީ މެޗުގެ 66 ވަނަ މިނިޓްގައި ޑިއޭގޯ ލޮރެންޓޭ އެވެ. ނަތީޖާ ހަމަހަމަ ކުރަން ލީޑްސް އަށް އިތުރު ގޯލެއް ނުޖެހުނެވެ.

ސިޓީ ދަނޑުގައި މިރޭ ފުރަތަމަ ފުރުސަތު ލިބުނީ ނިއުކާސަލް އަށެވެ. އެ ޓީމުގެ ސެއިންޓް-ކްސިމައިން ނެގި ހުރަހަކުން ކްރިސް ވުޑް ބޮލުން ޖެހި ބޯޅަ އަމާޒުވީ ސިޓީގެ ކީޕަރު އެޑަސަން އަތަށެވެ. ސިޓީން ލީޑުނެގީ މެޗުގެ 19 ވަނަ މިނިޓްގައި ރަހީމް ސްޓާލިން ބޮލުން ޖެހި ގޯލުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ލީޑުފުޅާކުރީ އައިމެރިކް ލަޕޯޓް ޖެހި ގޯލުންނެވެ. މިއީ މެޗުގެ 38 ވަނަ މިނިޓްގައި ސިޓީގެ އިލްކާއި ގުންޑޮގާން ވޮލީއަކުން ޖެހި ބޯޅަ ނިއުކާސަލްގެ ކީޕަރު މާޓިން ޑުބްރާވްކާ އަތުގައި ޖެހިފައި ނުކުތްވަގުތު ލަޕޯޓް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގައި ސިޓީން އިތުރު ތިން ގޯލު ޖެހިއިރު، އެ ޓީމުގެ ތިން ވަނަ ގޯލަކީ މެޗުގެ 61 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ނެގި ކޯނަރަކުން ރޮޑްރީ ބޮލުން ޖެހި ގޯލެކެވެ. އޭގެ ފަހުން ނިއުކާސަލްގެ ކަލުމް ވިލްސަން ހުސްކޮށް އަރައި، ޖެހި ބޯޅަ ސިޓީ ކީޕަރު އެޑަސަން ހުއްޓުވި އެވެ. ސިޓީން ފަހު ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ތިން މިނިޓް ތެރޭގަ އެވެ. އެ ގޮތުން އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ފިލް ފޯޑެން ސިޓީގެ ހަތަރު ވަނަ ގޯލު ޖެހިއިރު، ފަސް ވަނަ ގޯލު ޖެހީ ޖެކް ގްރީލިޝް ދިން ބޯޅައަކުން ސްޓާލިންނެވެ.

ނިއުކާސަލްގެ ޓާގެޓް (ވ) ކައިރިން ސިޓީގެ ސްޓާލިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އޭއެފްޕީ

މިއީ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވި ފަހުން ސިޓީ ފަސް ގޯލު ނޫނީ އެ އަށް ވުރެ އިތުރަށް ގޯލު ޖަހައިގެން މޮޅުވި 30 ވަނަ މެޗެވެ. ދެ ވަނައިގައި އޮތީ 14 މެޗުން މޮޅުވި ލިވަޕޫލް އެވެ.

ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި ކުޅޭ އެވަޓަން އިން ވަނީ 2-1 އިން ލެސްޓާ ސިޓީ ދަނޑުގައި މޮޅުވެ، ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފަ އެވެ. އެވަޓަން 16 ވަނައިގައި އޮތީ 34 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ 17 ވަނައިގައި އޮތް ބާންލީ އާއި 18 ވަނައިގައި އޮތް ލީޑްސް އަށް 35 މެޗުން ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ފުލުގައި އޮތް ވަޓްފޯޑާއި ނޮރިޗް ސިޓީ ވަނީ ރެލިގޭޓްވެފަ އެވެ.

މިރޭ ނޮރިޗް ދަނޑުގައި 4-0 އިން މޮޅުވެ، ވެސްޓް ހޭމް ޔުނައިޓެޑް ވަނީ ލީގުގެ ހަ ވަަނަ އަށް އެރުމުގެ އުންމީދުއާ ކޮށްފަ އެވެ. އެއީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދުމަށެވެ. ހަ ވަަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 37 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، ހަތް ވަނައިގައި ވެސްޓް ހޭމް އޮތީ 36 މެޗުން 55 ޕޮއިންޓާ އެކު އެެވެ. ވެސްޓް ހޭމް ބާކީ އޮތް ދެ މެޗުން ސިޓީ އާއި ބްރައިޓަން އަތުން މޮޅުވެއްޖެނަމަ އެ ޓީމަށް ހަ ވަނަ އަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox