ގެއްލުނުތާ ހަފުތާއެއް ފަހުން ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މެދުކަނޑާލައިފި

ފުވައްުމުލަކުގެ ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު: ގެއްލުނުތާ ހަފުތާއެއް ފަހުން ހޯދުމުގެ މަސައްކަތް ވަނީ މެދުކަނޑާލާފައި

ފުވައްުމުލަކުގެ ތަޖުރިބާކާރު ޑައިވަރު މުހައްމަދު ސައީދު: ގެއްލުނުތާ ހަފުތާއެއް ފަހުން ހޯދުމުގެ މަސައްކަތް ވަނީ މެދުކަނޑާލާފައި

ފުވައްމުލަކު ނެރު ކައިރިއަށް މިދިޔަ ހޯމަ ދުވަހު ފީނަން ފާބައިގެން އުޅެނިކޮށް ގެއްލުނު މުހައްމަދު "ސައިއްޓޭ" ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން މެދުކަނޑާލައިފި އެވެ.

ސައީދު ހޯދުމަށް އެމްއެންޑީއެފް އިން ފަށާފައިވާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން މެދުކަނޑާލާފައިވާ ކަމަށް ސިފައިން ބުނި ނަމަވެސް މެދުކަނޑާލި ސަބަބެއް ނުބުނެ އެވެ. އާންމު ގޮތެއްގައި މިފަދަ ސާޗް އޮޕަރޭޝަންތައް ހިންގަނީ ވަކި މުއްދަތަކަށް އަދި ވަކި ސަރަހައްދުތަކެއް ބެލެންދެނެވެ.

ސިފައިން މީޑިއާތަކަށް ހިއްސާ ކުރި މެސެޖްގައި މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ދީފައިވެ އެވެ. އެ ގޮތުން މިދިޔަ ހަތް ދުވަހު ވައިގެ މަގުން 2،960 ސްކެއާ މޭލު، ކަނޑުގެ މަގުން 760 ސްކެއާ މޭލު، އަދި ކަނޑު އަޑިން 1000 މީޓަރުގެ ސަރަހައްދެއް ވަނީ ބަލައިފަ އެވެ.

މިދިޔަ ހަތް ދުވަހު ތެރޭ އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ ކަނޑުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ހޯދައިފަ އެވެ. އަދި ކަނޑުގެ 59 މީޓަރު އަޑިން ސައީދު މަސް ހިފަން ބޭނުން ކުރި ކަމަށް ބެލެވޭ ދަގަނޑުބުރިއެއް ވެސް ހޯދާފައިވެ އެވެ.

ވިއްސަކަށް އަހަރުގެ ޑައިވިން ތަޖުރިބާހުރި ސައީދު ފީނަން ފޭބީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox