މަސްކް ބޭނުން ވަނީ ޓްވިޓާގެ އާމްދަނީ ފަސް ގުނަ އިތުރު ކުރަން

އެލޮން މަސްކް ވަނީ ޓްވިޓާއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ހުށަހެޅުމެއް ތައްޔާރުކޮށްފައި. -- ފޮޓޯ: ރޮއިޓާޒް

އެލޮން މަސްކް ވަނީ ޓްވިޓާއަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ހުށަހެޅުމެއް ތައްޔާރުކޮށްފައި. -- ފޮޓޯ: ރޮއިޓާޒް

އެލޮން މަސްކް ބޭނުން ވަނީ 2028 ގެ ކުރިން ޓްވިޓާގެ އާމްދަނީ ފަސް ގުނަ އިތުރުކޮށް، 26.4 ބިލިއަން ޑޮލަރަށް މަތި ކުރަން ކަމަށް ނިއު ޔޯކް ޓައިމްސް ނޫހުން ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު ވަނީ ޓްވިޓާގައި އިންވެސްޓް ކުރަން އެހެން މަހުޖަނުންނަށް ފުރުސަތު ހުޅުވާލާފަ އެވެ. އެކަމަށް ތައްޔާރު ކުރި ހުށަހެޅުމުގައި ވަނީ ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ.

މިދިޔަ އަހަރު ޓްވިޓާގެ އާމްދަނީއަކީ ފަސް ބިލިއަން ޑޮލަރެވެ. އެހެންކަމުން މަސްކް ބޭނުން ވަނީ ފަސް އަހަރުގެ ތެރޭގައި އާމްދަނީ ފަސް ގުނަ އިތުރު ކުރުމަށެވެ.

މަސްކްގެ ދަށުން ކުންފުނި ހިންގާ އިރު، އިޝްތިހާރުން ލިބޭ އާމްދަނީ 45 ޕަސެންޓަށް ކުޑަ ކުރާނެ އެވެ. އެއާ ހިލާފަށް 2020 ވަނަ އަހަރު ޓްވިޓާގެ އާމްދަނީގެ 90 ޕަސެންޓް ލިބުނީ އިޝްތިހާރުންނެވެ.

ހުށަހެޅުމުގައިވާ ގޮތުން 2028 ވަނަ އަހަރާ ހަމައަށް ދާ އިރު، އިޝްތިހާރުން ހޯދާނީ 12 ބިލިއަން ޑޮލަރެވެ. ސަބްސްކްރިޕްޝަންގެ ގޮތުގައި 10 ބިލިއަން ޑޮލަރު ހޯދަން ކަނޑައަޅާފައިވެ އެވެ.

އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާގެ ވެރިޔާ މަސްކް އިތުރަށް ބޭނުން ވަނީ ޓްވިޓާގެ ކޭޝްފްލޯ 2025 ވަނަ އަހަރާ ހަމައަށް ދާ އިރު، 3.2 ބިލިއަން ޑޮލަރު އަދި 2028 ގައި 9.4 ބިލިއަން ޑޮލަރަށް މަތި ކުރުމަށެވެ.

ޖުމްލަ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ވިއްކަން އެ ކުންފުނީގެ ބޯޑުން މަސްކްއާ އެކު އެއްބަސްވުމަކަށް އައީ އެޕްރީލް މަހު އެވެ. މަސްކް ބުނެފައި ވަނީ ޓްވިޓާއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

އެގޮތުން "މޮޑަރޭޓް ކުރުން" މަދުކޮށް، ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް އިތުރަށް ޖާގަ ދޭނެ ކަމަށް ބުނެފައިވެ އެވެ. އެއްބަސްވުމުގައި ސޮއިކުރުމަކީ މަސްކް ވާނީ ޓްވިޓާގެ ވަގުތީ ސީއީއޯއަށް ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox