ޖޫނިއާ ޓީޓީ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމަށް ފަސްޓް ލޭޑީ ފަޒްނާ ހިތްވަރުދެއްވައިފި

May 8, 2022, 7:09 AM
ރޭ ބޭއްވި އިވެންޓްގެ ތެރެއިން ގައުމީ ޓީޓީ ޓީމުގެ ދީމާ (ކ) އާއި ފަސްޓް ލޭޑީ ފަޒްނާ (މ) އަދި ގައުމީ ޓީމުގެ ރަފާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭ ބޭއްވި އިވެންޓްގެ ތެރެއިން ގައުމީ ޓީޓީ ޓީމުގެ ދީމާ (ކ) އާއި ފަސްޓް ލޭޑީ ފަޒްނާ (މ) އަދި ގައުމީ ޓީމުގެ ރަފާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މާލޭގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ހާއްސަކޮށްގެން ތައްޔާރުކުރި ލަވަ ލޯންޗުކޮށް ދެއްވައި، މުބާރާތުގައި ވާދަކުރާ ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ހިތްވަރު ދެއްވައިފި އެވެ.

މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސަރަހައްދީ ޖޫނިއާ މުބާރާތުގައި ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާނެ އެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން އެންމެ ފަހުގެ ފަރިތަކުރުންތައް ކުރިއަށް ގެންދަމުން އަންނައިރުު، ޓީމު މިހާރު ވަނީ ބީހައިވް ހޮޓެލްގައި ކޭމްޕް ވެސް ކޮށްފަ އެވެ.

ރޭ ސޯޝަލް އިންޑޯގައި ބޭއްވި އިވެންޓްގެ ތެރެއިން ޓީޓީ މުބާރާތަށް ތައްޔާރުކުރި ލަވަ ދައްކާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ ވަނީ މުބާރާތުގައި ވާދަކުރާ ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމާ ރޭ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި ފަޒްނާ ވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމަށް ޓީމުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެ ކުޅުންތެރިންނަށް ކާމިޔާބަށް އެދޭކަމަށް ވިދާޅުވެފަ އެވެ. އަދި ހުރިހާ ކުޅުންތެރިން ވެސް ހިތްވަރާ އެކު ކޮންމެ މެޗެއްގައި ވެސް ގައުމީ ޖޯޝާއި ރޫހުގައި ކުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ވަނީ މުބާރާތަށް ޙާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވަ ލޯންޗުކޮށް ދެއްވާފަ އެވެ. ސިމްބޮލިކް ރެކޯޑްސް އިން ތައްޔާރުކުރި މި ލަވަ އަކީ ޓީޓީ މުބާރާތަކަށް ރާއްޖޭގައި ތައްޔާރުކުރި ފުރަތަމަ ލަވަ އެވެ. ލަވަ އެޑިޓްކުރީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.

ސައުތު އޭޝިއާ މުބާރާތަށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީ އިން ވެސް އަންނަނީ މުބާރާތް ޕްރޮމޯޓްކުރުމާއި އިންތިޒާމްގެ ކަންކަން ކުރަމުންނެވެ. އެ ގޮތުން މުބާރާތުގެ މެޗުތައް ކުރިއަށްދާ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު އޭސީ ކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފަ އެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މިއީ 30 އަހަރު ތެރޭ ޒުވާނުންގެ މަރުކަޒު އޭސީ ހަރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އަދި މީގެ އިތުރުންވެސް އިންޑޯ ހޯލު މަރާމާތުކޮށް މުޅި ހޯލު އެއްކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އަދި މުބާރާތުގެ ފޯރިގަދަ ކުރުމަށް މިނިސްޓްރީ އާއި ޓީޓީ އެސޯސިއޭޝަނުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށް، މެޗުތައް ބަލަން މީހުން ދިއުމުގެ އިންތިޒާމްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފަ އެވެ.

ޓީޓީ މުބާރާތުގައި ވާދަކުރާ ގައުމުތަކުގެ ކުޅުންތެރިން އިއްޔެ އިން ފެށިގެން ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox