ދެކުނު އެފްރިކާގައި ފުލުހެއްގެ ބަޑި ޖަހައިގަނެ، ދެ މީހަކު މަރާލައިފި

ދެކުނު އެފްރިކާގެ ފުލުހުންތަކެއް. -- ފޮޓޯ: އައިސްޓޮކް

ދެކުނު އެފްރިކާގެ ފުލުހުންތަކެއް. -- ފޮޓޯ: އައިސްޓޮކް

ޖޮހަނެސްބާގް، ދެކުނު އެފްރިކާ (މޭ 8) - ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި ހޮނިހިރު ދުވަހު ފުލުހެއްގެ ބަޑި ޖަހައި ގަނެ ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެއްޖެ އެވެ.

މަރުވީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހުންނެވެ. ބަޑި ޖަހައި ގަތް ފުލުސް މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ޕޭޝަންޓުންގެ ގަޔަށް ބަޑައި ޖަހައި މަރައި، ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބުނު. އެކަން ހިނގީ 40 އަހަރުގެ ފިރިހެނަކު ފުލުސް މީހާގެ ބަޑައި ޖަހައި ގަނެ ދިން ހަމަލާއެއްގައި،" ފުލުހުންގެ ތަރުޖަމާން ބްރިގޭޑިއާ ނޮވޭލާ ޕޮޓެލްވާ ވިދާޅުވި އެވެ.

ކުށެއްގައި ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހާ ސޮމަސެޓް ހޮސްޕިޓަލަށް ގެންދިޔައީ ސިއްހީ ފަރުވާ ބޭނުންވެގެންނެވެ. އެއީ ފަތުރުވެރިންގެ މެދުގައި މަގްބޫލް ހިސާބެއްގައި ހުންނަ ހޮސްޕިޓަލެކެވެ.

"އެ މީހާ ވަނީ ފުލުސް މީހާގެ އަތުގައި އޮތް ބަޑި ޖަހައި ގަނެ އޭނާގެ ބޮލަށް ބަޑި ޖަހާފައި. އޭގެ ފަހުން ކައިރީގައި ތިބި ދެ ޕޭޝަންޓުންގެ ގަޔަށް ވެސް ބަޑި ޖެހި،" ފުލުހުން ބުންޏެވެ.

އޭނާ ހުއްޓުވީ އެ ތަނުގައި ތިބި އެހެން ފުލުހުންގެ މަސައްކަތުންނެވެ. ހަނގުރާމައެއް ހިނގަމުން ނުދާ ގައުމުތަކުގެ ތެރެއިން އެންމެ ގިނައިން ގަސްތުގައި މީހުން މަރާ ގައުމަކީ ދެކުނު އެފްރިކާ އެވެ.

އެގޮތުން 2021 ވަނަ އަހަރު ގަސްތުގައި މީހުން މެރުމުގެ ރޭޓް ދެކުނު އެފްރިކާގައި ދުވަހަކު ވެސް މައްޗަށް ނުދާ މިންވަރަށް މަތިވި އެވެ. އެގޮތުން ކޮންމެ 100،000 މީހުންގެ ތެރެއިން 64 މީހުން މަރާލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox