ޗެމްޕިއަންސް ލީގު ފައިނަލުގެ ޓިކެޓް މައްސަަލައިގައި ކްލޮޕް ހިތްހަމަނުޖެހިއްޖެ

May 7, 2022, 6:19 AM
ޗެމްޕިއަންސް ލީގު ފައިނަލުގެ ޓިކެޓް މައްސަަލައިގައި ކްލޮޕް ހިތްހަމަނުޖެހިއްޖެ

ލިވަޕޫލް (މެއި 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ރެއާލް މެޑްރިޑާއި ލިވަޕޫލްގެ ސަޕޯޓަރުންނަށް ޓިކެޓް ދިން ގޮތާ މެދު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މި މަހު 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގެ ސްޓޭޑިއަމްގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭއިރު، އެ ދަނޑުގެ ޖާގަ އަކީ 75،000 އެވެ. ޔުއެފާ އިން ނިންމާފައިވަނީ ލިވަޕޫލާއި ރެއާލަށް 40،000 ޓިކެޓް (ކްލަބަކަށް 20،000 ޓިކެޓް) ދޭށެވެ. އަދި ބާކީ 35،000 ޔުއެފާ އަށް ނެގުމަށެވެ. ޔުއެފާ އަށް ނެގި ޓިކެޓްތަކުގެ ތެރޭގައި 12،000 ޓިކެޓް ވިއްކާނީ ދުނިޔޭގެ އެކި ހިސާބުތަކުން ފައިނަލް މެޗަށް އަންނަން ބޭނުންވާ ސަޕޯޓަރުންނަށެވެ. އަދި ބާކީ 23،000 ޓިކެޓް ވިއްކަން ނިންމާފައިވަނީ ޔުއެފާގެ މެމްބަރު ގައުމުތަކުގެ އެސޯސިއޭޝަންތަކާއި ޔުއެފާގެ އެކި ޕާޓްނަރުންނަށެވެ.

"75،000 ޖާގައިގެ ތެރެއިން އަހަރެމެންނަށް 20،000 ޓިކެޓް، ރެއާލަށް 20،000 ޓިކެޓް ވީމަ ބާކީ އެބަވޭ 35000 ޓިކެޓް، އެއީ ކިހިނެއް ވާ ޓިކެޓްތަކެއް ކަމެއް ނޭނގޭ،" ޓިކެޓް މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމުން ކްލޮޕް ބުންޏެވެ.

ލިވަޕޫލް ސަޕޯޓަރުންގެ ގްރޫޕުން ވަނީ ޓިކެޓް މައްސަލައިގައި ޔުއެފާ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައި ބުނެފައިވަނީ ޔުއެފާ އިން ފުޓްބޯޅަ ސަޕޯޓަރުންނާ މެދު ނުވިސްނާ ކަމަށާއި ޓިކެޓް ވިއްކަނީ ސަޕޯޓަރުން އަތުން ގިނައިން ފައިސާ ހޯދުމަށް ކަމަށާއި ފުޓްބޯޅައިގެ ފޯރި އަށް ބެލުމެއް ނެތި ކަމަށެވެ.

ކްލޮޕް ބުނީ ފުޓްބޯޅައިގައި ކުޅުންތެރިންނަށް ފަހު އެންމެ މުހިންމު ބަޔަކީ ސަޕޯޓަރުން ކަމަށާއި އެ މީހުންގެ ހައްގުގައި ކަންތައްތައް ނުކުރެވޭނަމަ ބޭނުންވާ ގޮތަށް ފުޓްބޯޅަ ކުރިއަށް ނުދާނެ ކަމަށެވެ.

ޓޮޓެންހަމަކީ ލިވަޕޫލަށް ބޮޑު އިމްތިހާނެއް: ކްލޮޕް

ލިވަޕޫލުން މި ސީޒަނުގެ ހަތަރު މުބާރާތަށް ވާދަކުރާއިރު، މިހާތަނަށް ވަނީ ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެއީ ފެބްރުއަރީ މަހު ކުޅުނު ލީގު ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށްފަ އެވެ. އަދި އެފްއޭ ކަޕް ފައިނަލުގައި މި މަހު 14 ވަނަ ދުވަހު ޗެލްސީއާ ކުޅޭއިރު، މި މަހު 28 ޗެމްޕިއަންސް ލީގު ފައިނަލްގައި ރެއާލާ ކުޅޭނެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގަށް ވެސް ވާދަކުރަމުން އަންނަ ލިވަޕޫލުން މިރޭ މުހިންމު މެޗެއްގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭނެ އެވެ. އެ މެޗުން މޮޅުވެއްޖެނަމަ ލިވަޕޫލަށް އެއް ވަނަ އަށް އެރޭނެ އެވެ.

"ޓޮޓެންހަމް މި ވަގުތަށް ބަލާއިރު ފެންނަނީ ވަރަށް ފޯމުގައި ކުޅެމުން އަންނަތަން. ހާއްސަ ގޮތެއްގައި ރަށުންބޭރުގައި އެ މީހުން ވަރަށް މޮޅަށް އެބަކުޅޭ. އެ މީހުން ޓީމަށް ބަލާއިރު ކޭން އާއި ސޮން ފަދަ ތަރިން އެބަތިބި،" ކްލޮޕް ބުންޏެވެ.

"އަހަރެންގެ ނަޒަރުގައި ޓޮޓެންހަމަކީ މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އޮތް އެންމެ މޮޅު އެއް ކައުންޓަ އެޓޭކް ފުޓްބޯޅަ ޓީމު، މިއީ އަހަރެމެންނަށް މި ހުރިހާ ގޮތަކުން ޓެސްޓެއް،"

ޗެމްޕިއަންސް ލީގުން މެންޗެސްޓާ ސިޓީ ކެޓުމުން ލީގު ހޯދުމުގެ ރޭހުގައި އެ ޓީމަށް އަސަރުކޮށްފާނެތޯ އެހުމުން ކްލޮޕް ބުނީ ސިޓީ އަކީ މޮޅު ޓީމެއް ކަމަށާއި ފޯކަސް ނަގައިނުލައި ކުޅެން އެ ޓީމަށް އެނގޭނެ ކަމަށެވެ.

ލިވަޕޫލުން ވިސްނާނީ އަމިއްލަ އަތުގައި އޮތް ކޮންޓްރޯލްގެ ބޭނުންހިފައި މެޗުން މޮޅުވުމަށް ކަމަށް ކްލޮޕް ވަނީ ބުނެފަ އެެވެ.

ލީގުގައި އެންމެ ފަހުން ޓޮޓެންހަމާ ދެކޮޅަށް ލިވަޕޫލް ކުޅުނު 18 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ ފަހަރަކު އެވެ. ލިވަޕޫލަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާ އިން ރަނގަޅުވެގެން ރޮބާޓޯ ފިރްމީނޯ މިރޭގެ މެޗަށް ފިޓްވެފައިވުމެވެ.

ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ: ޓީމު ރާވާނީ ލިވަޕޫލް އަތުން މޮޅުވާން ކަމަށް ވަނީ ބުނެފައި.

ލިވަޕޫލް ބަލިކުރުން ނޫން ގޮތެއް ޓޮޓެންހަމަށް ނެތް

ގަދަ ހަތަރަކަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ޓޮޓެންހަމް މި ވަގުތު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ހަތަރެއްގައި އޮތް އާސެނަލަށް 34 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމަށް ވަނީ 34 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ.

ބާކީ އޮތް ހަތަރު މެޗުން މޮޅުވެގެން ނޫން ގޮތަކަށް ޓޮޓެންހަމަށް ގަދަ ހަތަރަކަށް ނުވަދެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ބުނެފަ އެވެ.

"އަހަރެމެން މި ތިބީ ޗެމްޕިއަންސް ލީގުގެ ރޭހުގައި. ސީޒަނުގެ މިހާ ހިސާބުން އަހަރެމެންނަށް ކޮންމެ މެޗެއްގެ ޕޮއިންޓް ވެސް މުހިންމުވާނެ. ކޮންމެ މެޗަކީ ވެސް ލީގު ތާވަލުން ކުރިއަށް ޖެހިލަން ލިބިފައި އޮންނަ ފުރުސަތެއް. އެހެންވީމަ މި މެޗަށް ނުކުންނައިރު އަހަރެމެންގެ ވިސްނުމުގައި އޮންނަން ޖެހޭނީ ލިވަޕޫލް ބަލިކުރުން،" ކޮންޓޭ ބުންޏެވެ.

ލިވަޕޫލުން ސީޒަނުގެ ހުރިހާ މުބާރާތަކަށް ވާދަކުރަމުން އަންނައިރު، ގާތްގާތުގައި ގިނަ މެޗުތަކެއް ވަނީ ކުޅެފަ އެވެ. ލިވަޕޫލް ކުޅުންތެރިންނަށް ވަރުބަލިކަން އިހުސާސްވާނެ ކަމަށް ބެލުމަށް ފަހު، ޓޮޓެންހަމަށް މި މެޗުގައި އެޑްވާންޓޭޖެއް އެބައޮތްތޯ އެހުމުން ކޮންޓޭ ބުނީ ހުރިހާ ތަށްޓަކަށް ވާދަކުރުމުގެ ރޫހުގައި އޮތް ޓީމެއްގެ ކިބައިން ވަރުބަލިކަން ފެނުމަށް ފުރުސަތު ކުޑަވާނެ ކަމަށެވެ.

"އަހަރެން މި ޓީމު (ޓޮޓެންހަމް)ގެ ކުޅުންތެރިން ގާތުގައި މި ބުނަނީ ޕްރެޝަރުގައި ގޯސްތަކެއް ނުހަދަން. ބޯޅަ ލިބުނީމަ ވިސްނުންތެރިކަމާ އެކު ކުޅެން. އެއީ މީގެ މޮޅެއް ލިބެން އޮތް ގޮތަކީ،" ކޮންޓޭ ބުންޏެވެ.

ލިވަޕޫލް އަތުން ޖެހިޖެހިގެން ހަތް މެޗުން ބަލިވުމަށް ފަހު ޓޮޓެންހަމް ވަނީ މިދިޔަ ޑިސެމްބަރު މަހު ކުޅުނު މެޗުގައި ލިވަޕޫލާ 2-2 އިން އެއްވަރުކޮށްފަ އެވެ. ލިވަޕޫލް ވަނީ އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު 12 މެޗުން މޮޅުވެފަ އެވެ. އަނެއްކޮޅުން ޓޮޓެންހަމް އެންމެ ފަހުން ރަށުންބޭރުގައި ކުޅުނު ތިން މެޗު ނިންމާލީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

ޕްރިމިއާ ލީގުގައި މިރޭ ހުރި ފާހަގަކޮށްލެވޭ މެޗުތައް:

ޗެލްސީ - ވުލްވްސް (ރާއްޖެ ގަޑިން 19:00 ގައި)

ބްރައިޓަން - މެންޗެސްޓާ ޔުނައިޓެޑް (ރާއްޖެ ގަޑިން 21:30)

ލިވަޕޫލް - ޓޮޓެންހަމް (ރާއްޖެ ގަޑިން 23:45)

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox