ޔޫރޮޕާ ލީގު ފައިނަލުގައި ފްރޭންކްފާޓާއި ރޭންޖާސް، ކޮންފަރެންސް ލީގު ފައިނަލްގައި ރޯމާ އާއި ފެޔަނޫޑް

May 5, 2022, 9:31 PM
ލަނޑު ޖެހުމަށް ފަހު ރޯމާގެ އަބްރަހަމް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރޯމާގެ އަބްރަހަމް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޯމް (މެއި 5) - ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި ސްކޮޓްލެންޑްގެ ރޭންޖާސް އާއި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ކުޅެން ޖެހުނުއިރު، ޔުއެފާ އިން މުޅިން އަލަށް މި ސީޒަނުގައި ފެށި ބައްރުގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ކޮންފަރެންސް ލީގުގެ ފައިނަލުން އިޓަލީގެ ރޯމާ އާއި ނެދަލެންޑްސްގެ ފެޔަނޫޑް ފުރުސަތު ހޯދައިފި އެވެ.

ފްރޭންކްފާޓުން ވަނީ މިރޭ އަމިއްލަ ދަނޑުގައި ކުޅުނު ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ވެސް އިންގްލެންޑްގެ ވެސްޓް ހޭމް ޔުނައިޓެޑް 1-0 އިން ބަލިކޮށް، އެގްރިގޭޓަށް ބަލާއިރު، 3-1 އިން ކުރިހޯދައިފަ އެވެ. ޔޫރޮޕާ ލީގުގެ އަނެއް ސެމީގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގު މޮޅުވި ނަމަވެސް ރޭންޖާސް އިން ވަނީ މިރޭ އަމިއްލަ ދަނޑުގައި 3-1 އިން މޮޅުވެ، 14 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފައިނަލަކުން ފުރުސަތު ހޯދައިފަ އެވެ. ރޭންޖާސް އެންމެ ފަހުން ކުޅުނީ 2008 ވަނަ އަހަރުގެ ޔުއެފާ ކަޕް ފައިނަލް އެވެ.

ވެސްޓް ހޭމަށް މިރޭ އެންމެ ބޮޑު މައްސަލައެއް ދިމާވީ 19 ވަނަ މިނިޓްގައި އެ ޓީމުގެ އާރޮން ކްރެސްވެލް އަށް ރަތް ކާޑެއް ދެއްކުމެވެ. އެއީ ފްރޭންކްފާޓްގެ ޖެންސް ހޯގާ އަށް ފައުލުކުރުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދެއްކި ރަތް ކާޑެކެވެ.

ވެސްޓް ހޭމްގެ ކުޅުންތެރިއަކު މަދުވިތާ ހަތް މިނިޓް ފަހުން ފްރޭންްކްފާޓުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރި އެވެ. މިއީ މެޗުގެ 26 ވަނަ މިނިޓްގައި އަންގްސްޓާ ކެނައުފް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައަކުން ރަފައެލް ބޯރޭ ޖެހި ގޯލެކެވެ.

ފްރޭންކްފާޓްގެ ސަބެސްޓިއަން ރޯޑް (ވ) ވެސްޓް ހޭމްގެ ބޮވެން އަތުން ބޯޅަ ހޯދަން ޓެކަލްކުރަނީ.

ރޭންޖާސް އިން ވަނީ މިރޭ އަމިއްލަ ދަނޑުގައި 24 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި ގޯލުތައް ޖެހީ ޖޭމްސް ޓަވެނިއާ އާއި ގްލެން ކަމަރާ އެވެ. މެޗުގެ 70 ވަނަ މިނިޓްގައި ލައިޕްޒިގުގެ އެންޖެލީނިއޯ ދިން ބޯޅައަކުން ކްރިސްޓޮފާ އެންކުންކޫ ވަނީ ގޯލެއް ޖަހައި، އެ ޓީމަށް އެގްރިގޭޓް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، މެޗު ނިމެން 10 މިނިޓަށް ވެފައި ވަނިކޮށް ޖޯން ލުންޑްސްޓްރަމް ވަނީ ރޭންޖާސް އަށް ގޯލެއް ޖަހައިދީ، އެ ޓީމަށް ފައިނަލުން ޖާގަ ހޯދައިދީފަ އެވެ.

ކޮންފަރެންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި މިރޭ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅޭ ރޯމާ އިން ވަނީ 1-0 އިން އިންގްލެންޑްގެ ލެސްޓާ ސިޓީ ބަލިކޮށްފަ އެވެ. އެގްރިގޭޓަށް ބަލާއިރު، ރޯމާ ކުރިހޯދީ 2-1 އިންނެވެ. ކޮންފަރެންސް ލީގުގެ އަނެއް ސެމީގައި ފްރާންސްގެ މާސޭ ދަނޑުގައި އެ ޓީމު ވަނީ ފެޔަނޫޑާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ފެޔަނޫޑަށް އެގްރިގޭޓުން ކުރި ލިބުނީ މިދިޔަ ހަފްތާގައި އެ ޓީމު ދަނޑުގައި 3-2 އިން މޮޅުވެފައި އޮތުމުންނެވެ.

ލެސްޓާ ކޮޅަށް މިރޭ ރޯމާގެ ހަމައެކަނި ގޯލު ޖެހީ އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އެވެ. ކޮންފަރެންސް ލީގުގައި އަބްރަހަމް ވަނީ ނުވަ ގޯލު ޖަހައިފަ އެވެ. ކޯނަރަކުން ރޯމާގެ ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީ ނެގި ހުރަސް އަބްރަހަމް ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.

ލެސްޓާ އިން ގޯލެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ރޯމާގެ ގޯލުގައި ހުރި ޕޯޗުގީސް ކީޕަރު ރުއީ ޕެޓްރީޝިއޯ ހާސްކޮށްލެވޭ ވަރުގެ ހަމަލާއެއް ލެސްޓާ ކުޅުންތެރިންނަށް ފޮނުވާނުލެވުނެވެ.

ރޯމާ ގޮވައިގެން ކޮންފަރެންސް ލީގުގެ ފައިނަލަށް ގޮސް މޮރީނިއޯ ވަނީ ރެކޯޑެއް ގާއިމްކޮށްފަ އެވެ. އޭނާ އަކީ ތަފާތު ހަތަރު ކްލަބެއް ޔޫރަޕްގެ ފައިނަލަށް ގެންގޮސްދިން ފުރަތަމަ ކޯޗެވެ.

މޮރީނިއޯ ވަނީ ޕޯޓޯ ގޮވައިގެން ޔުއެފާ ކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އިންޓަ މިލާނާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅުނުއިރު، މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ފައިނަލަކަށް ގެންގޮސްދިނެވެ. އަދި މިހާރު މި ވަނީ ރޯމާ ގޮވައިގެން ކޮންފަރެންސް ލީގު ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ފެޔަނޫޑާއި ރޯމާ ކުޅޭ ކޮންފަރެންސް ލީގު ފައިނަލް އޮންނާނީ މި މަހު 25 ވަނަ ދުވަހު އަލްބޭނިއާގެ ޓިރާނާގަ އެވެ. ޔޫރޮޕާ ލީގުގެ ފައިނަލްގައި ރޭންޖާސް އާއި ފްރޭންކްފާޓް ކުޅޭ މެޗު އޮންނާނީ މި މަހު 18 ވަނަ ދުވަހު ސްޕެއިންގެ ސެވިލްގަ އެވެ. އަދި މި މަހު 28 ވަަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅޭއިރު، ބައްދަލުކުރާނީ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox