ހިޓްލަރަކީ ޔަހޫދީއެއް ކަމަށް ސިފަ ކުރުމުން ޕުޓިން މައާފަށް އެދިއްޖެ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭޕީ

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން. -- ފޮޓޯ: އޭޕީ

ގުދުސް (މޭ 5) - ޖަރުމަނުވިލާތުގެ ކުރީގެ ޑިކްޓޭޓަރު އެޑޯލްފް ހިޓްލަރަކީ ޔަހޫދީއެއް ކަމަށް ސިފަކޮށްފައި ވާތީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން މައާފަށް އެދިވަޑައިގެންފި އެވެ.

މި ހަފްތާގައި އިޓަލީގެ ޓީވީ ޗެނަލަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސާގެއި ލެވްރޯވް ދެއްވި އިންޓަވިއުގައި ވިދާޅުވީ "ހިޓްލަރުގެ ގައިގައި ވެސް ޔަހޫދީ ލޭ ދައުރުވި" ކަމަށެވެ.

އެކަމާ ގުޅިގެން އިޒްރޭލުން ނުރުހުން ފާޅުކޮށް، ރަޝިއާގެ ސަފީރު ހާޒިރު ކުރި އެވެ. އިޒްރޭލްގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ބުރާސްފަތި ދުވަހު ވިދާޅުވީ ޕުޓިން މައާފަށް އެދިވަޑައިގެންނެވި ކަމަށެވެ.

"ބޮޑު ވަޒީރު ވަނީ ރައީސް ޕުޓިންގެ ވާހަކަތައް ބަލައިގަނެ، ޝުކުރު އަދާ ކުރައްވާފައި،" ބެނެޓްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ޕުޓިން އާއި ބެނެޓް ފޯނުން ވާހަކަ ދެއްކެވި ކަމަށް ބުނެ، ރަޝިއާ ސަރުކާރުން ނެރުނު ބަޔާނުގައި ޕުޓިން މައާފަށް އެދިވަޑައިގެންނެވިކަން ހާމަކޮށްފައެއް ނުވެ އެވެ.

މީގެ ކުރިން އިޒްރޭލްގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް ނެރުއްވި ބަޔާނެއްގައި ލެވްރޯވްގެ ވާހަކަ ކުށްވެރި ކުރައްވައި، އެއީ މައާފް ނުކުރެވޭނެ އަދި ތާރީހީ ގޮތުން ކުށް މައުލޫމާތު ހިމެނޭ ވާހަކައެއް ކަމަށް ވިދާޅުވި އެވެ.

ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން އިޒްރޭލުން މަސައްކަތް ކުރަނީ ވަކި އަތަކަށް ނުޖެހި އޮތުމަށެވެ.

އަސްކަރީ އެހީތެރިކަމަށް ޔޫކްރެއިނުން އެދުނު ނަމަވެސް، އިޒްރޭލުން މިހާތަނަށް އަސްކަރީ އެހީ ފޯރުކޮށްދީފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި އިޒްރޭލުން ފޯރުކޮށްދިނީ ސިއްހީ މަސައްކަތްތެރިންނަށް ބުލެޓް ޕްރޫފް ޖެކެޓާއި ހެލްމެޓް އަދި ފީލްޑް ހޮސްޕިޓަލެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox