އުނދަގޫ ހާލަތެއްގައި ޓީޓީ ޓީމު ހޯދި ކުރިއެރުމަށް ކޯޗު ކޮސްޓޯގެ ތައުރީފު

May 5, 2022, 5:16 AM
ގައުމީ ޓީމްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގައުމީ ޓީމްގެ ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) - ފޮޓޯ: އަބްދުالله އިޔާން / އަދަދު

އަންނަ ހަފްތާގައި މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޖޫނިއާ ޓޭބަލް ޓެނިސް ޓީމު މި މުބާރާތަށް ކުރި ބުރަ މަސައްކަތް ފާހަގަކޮށް ކޯޗު ކޮންސްޓަންޓީނޯސް ކޮސްޓޮޕޮލޮސް (ކޮސްޓޯ) ކުޅުންތެރިންނަށް ތައުރީފުކޮށްފި އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ހަ ގައުމަކުން 85 ކުޅުންތެރިން ވާދަކުރާ ސަރަހައްދީ މުބާރާތަށް ގައުމީ ޓީމުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ހުންނަ ޓީޓީ ހޯލުގައި ޕްރެކްޓިސްތައް ކުރިއަށް ގެންދިޔުމަށް ފަހު މިހާރު ގައުމީ ޓީމު ތަމްރީންތައް ކުރިއަށް ގެންދަނީ މުބާރާތް ބާއްވާ ހޯލު ކަމަށްވާ މާފަންނު ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގަ އެވެ. އަދި މި މުބާރާތަށް ގައުމީ ޓީމުން ވަނީ ބީހައިވް ހޮޓަލުގަ ކޭމްޕްވެސް ކޮށްފަ އެވެ.

ގައުމީ ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން "އަދަދު" އަށް މައުލޫމާތު ދެމުން ގައުމީ ޓީމުގެ ކޯޗު ކޮސްޓޯ ބުނީ ހުރިހާ ކުޅުންތެރިން ވެސް މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. އެ ގޮތުން މި އަހަރު ފެށުނީ ސުރެ މި މުބާރާތަށް ވަކިން ޖޫނިއާ ޓީމުން ތައްޔާރުވަމުން އައިސް މިވީ ދުވަސްތަކުގައި ވަކި ވަކި ކުޅުންތެރިންނަށް ބެލިޔަސް ކުރިއެރުން ހޯދާފައިވާ ކަން ކޯޗު ފާހަގަކުރި އެވެ.

އޭނާ ބުނީ މިދިޔަ މަހެއްހާ ދުވަހު އެންމެ ބޭނުންވި ގޮތަށް ތަމްރީންތައް ނުގެންދެވުނު އެންމެ ބޮޑު ސަބަބަކީ ރޯދަ މަހު ދުވާލު ޕްރެކްޓިސް ނުކުރެވުން ކަމަށެވެ. ނަމަވެސް މި ގޮންޖެހުންތަކާ ކުރިމަތިލައިގެން ކުޅުންތެރިންގެ ހިތްވަރާ އެކު ރޭގަނޑު އެކަނި ކުރެވުނު ޕްރެކްޓިސްތަކުން ވެސް ތަފާތު ފެންނަ ކަމަށް ކޮސްޓޯ ބުންޏެވެ.

"އަހަރެން އަސްލު ވަރަށް ފަހުރުވެރިވޭ މި ކުޅުންތެރިންގެ ހިތްވަރަށް. ރޯދަމަހު ކޮންމެ ރެއަކު ޕްރެކްޓިސްކުރީ މިދިޔަ މަހެއްހާ ދުވަހު. އޭގެ ކުރިން ކުރި ޕްރެކްޓިސްތަކުގައި ވެސް ކުޅުންތެރިން އަމިއްލަ އަށް އިތުރަށް މަސައްކަތް ކުރިތަން ފެނުނު." އަހަރެއްހާ ދުވަހު ރާއްޖޭގެ ގައުމީ ޓީމުތަކާ އެކު މަސައްކަތް ކޮށްފައިވާ ކޯޗު ބުންޏެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުވުމަށް މިދިޔަ މަހުގެ މެދުތެރޭގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިއަކާއި، ކޯޗެއް ގައުމީ ޓީމާ އެކު ބައިވެރިވި އެވެ. މި ދެ ކުޅުންތެރިންނާ އެކު ކުޅުންތެރިން ޕްރެކްޓިސްތައް މެޗު ކުޅެ ތަޖުރިބާ ހޯދާފައިވާއިރު، ކޯޗު ވަނީ ކުޅުންތެރިންނަށް އިރުޝާދު ދިނުމުގައި ހެޑް ކޯޗު ކޮސްޓޯއާ އެކު މަސައްކަތްކޮށްފަ އެވެ. ތަމްރީންތަކަށް ފަހު ދެ ކުޅުންތެރިން ފުރާފައިވީ ނަމަވެސް ކްރޮއޭޝިއާގެ ކޯޗު އަދި ވެސް ހުރީ ޓީމާ އެކު އެވެ.

ކޯޗު ކޮސްޓޯ ބުނީ މުބާރާތަށް ގާތްވެފައިވަނިކޮށް ބޭރުގެ ދެ ކުޅުންތެރިން އައިސް ޓީމާ އެކު ކުޅުމަކީ ޓީމަށް އިތުރު ކުރިއެރުން އައިކަމެއް ކަމަށެވެ. އެހެން ނަމަވެސް އޭނާ ބޭނުންވި ވަރަށް އެ ދުވަސްތަކުގައި އެ ކުޅުންތެރިންގެ ބޭނުން ނުކުރެވުނު ކަމަށާއި އޭގެ ސަބަބަކީ ޕްރެކްޓިސް ކުރާނެ ވަގުތު މަދުވުމެވެ. އެކަމަކު، ކޮސްޓޯ ވަނީ ޖޫނިއާ ކުޅުންތެރިންނަށް ބޭރުގެ ކުޅުންތެރިންނާއި ދެކޮޅަށް ކުޅެ ލިބުނީ މި މުބާރާތުގައި ބޭނުން ހިފޭނެ މުހިންމު ތަޖުރިބާއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

"ބޭރު ކުޅުންތެރިންގެ ބޭނުން އަހަރެން އެންމެ ބޭނުންވި ވަރަށް ނުކުރެވުނު. އެކަމަކު ވެސް ލިބުނު ވަގުތާއި ބަލާ ރަނގަޅު. ކޮންމެ ގޮތެއް ވިޔަސް އެ ގޮތަށް އަންނަ ކުޅުންތެރިންތަކަކާ އެކު ވީހާ ވެސް ގިނައިން ކުޅުން ވަރަށް މުހިންމު. އެކަމަކު، ރޯދަ މަސް ވީމަ ހަމައެކަނި ރޭގަނޑު އެންމެ ތިން ގަނޑިއިރު މި ކުޅެން ލިބުނީ" ކޯޗު ކޮސްޓޯ ބުންޏެވެ.

ކްރޮއޭޝިއާގެ ދެ ކުޅުންތެރިންގެ އިތުރުން އެ ގައުމުން އައި ކޯޗު ހުރުމުން ވެސް އެކަމުގެ ހިތްހަމަޖެހުން ކޯޗު ކޮސްޓޯ ފާހަގަކުރި އެވެ. އޭނާ ބުނީ ތަޖުރިބާކާރު ކޯޗެއްގެ ފަރާތުން ޓީމަށް ގިނަ ކަންކަން އެނގިފައިވާ ކަމަށެވެ. އަދި ކްރޮއޭޝިއާ ކޯޗާ އެކު ކުޅުންތެރިންގެ ވަކި ވަކި ކަންކަން ރަނގަޅު ކުރުމަށް ސެޝަންތަކެއް ކުރިއަށް ގެންދެވުނުކަން ފާހަގަކޮށް އެކަމުގެ ސަބަބުން ވެސް ފައިދާތަކެއް ކުރިކަމަށް ކޮސްޓޯ ވަނީ ބުނެފަ އެވެ .

ސައުތު އޭޝިއާ މުބާރާތަށް ގައުމީ ޓީމު ތައްޔާރުވަމުން އަންނައިރު، ރާއްޖޭގެ ޓީޓީ އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީ އިން ވެސް އަންނަނީ މުބާރާތް ޕްރޮމޯޓްކުރުމާއި އިންތިޒާމްގެ ކަންކަން ކުރަމުންނެވެ. އެ ގޮތުން މުބާރާތުގެ މެޗުތައް ކުރިއަށްދާ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު އޭސީ ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ މިއީ 30 އަހަރު ތެރޭ ޒުވާނުންގެ މަރުކަޒު އޭސީ ހަރުކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox