އިދިކޮޅު ލީޑަރު ޔާމީން ޓްވިޓާއަށް: "ދިވެއްސަކަށްވީތީ ފަހުރުވެރިވަން"

އިދިކޮޅު ލީޑަރު ޔާމީން: އެމަނިކުފާނު މިރޭ ވަނީ ފުރަތަމަ ޓްވީޓް ކުރައްވާފައި

އިދިކޮޅު ލީޑަރު ޔާމީން: އެމަނިކުފާނު މިރޭ ވަނީ ފުރަތަމަ ޓްވީޓް ކުރައްވާފައި

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ޓްވިޓާ ބޭނުން ކުރައްވަން ފައްޓަވައިފި އެވެ. މިރޭ އެމަނިކުފާނު ވަނީ ފުރަތަމަ ފަހަރަށް ޓްވީޓް ވެސް ކުރައްވާފަ އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު މި ނޫހަށް ވިދާޅުވި ގޮތުގައި, "އަބްދުالله ޔާމީން"ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކީ ރައީސް ޔާމީންގެ އަމިއްލަފުޅު ރަސްމީ ޓްވިޓާ އެކައުންޓެވެ. ހީނާ ފާހަގަ ކުރެއްވި ގޮތުގައި, މިއީ ރައީސް ޔާމީން ޓްވިޓާ ބޭނުން ކުރައްވާ ފުރަތަމަ ފަހަރެވެ.

ޔާމީން މިރޭ ފުރަތަމަ ކުރެއްވި ޓްވީޓްގައި ގައުމީ ދިދައާއެކު ވިދާޅުވެފައިވަނީ ދިވެއްސަކަށްވީތީ ފަހުރުވެރިވާ ވާހަކަ އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އަދި ވެރިކަމުގައި ހުންނެވިއިރު ވެސް ޔާމީން އަމިއްލަ ޓްވިޓާ އެކައުންޓެއް ނުގެންގުޅުއްވަ އެވެ. ނަމަވެސް, އެމަނިކުފާނުގެ ނަމުގައި ތަފާތު ޓްވިޓާ އެކައުންޓްތައް ޕާޓީންނާއި އޭރުގެ ސަރުކާރުން ހިންގާފައިވެ އެވެ.

ޔާމީން ޓްވިޓާއަށް ވަދެވަޑައިގެންނެވިއިރު, ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމް އަދި މުހައްމަދު ނަޝީދަކީ އާންމުކޮށް ޓްވީޓް ކުރައްވާ ދެ ބޭފުޅުންނެވެ. ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެސް ޓްވިޓާ ބޭނުން ކުރައްވާއިރު, މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ޓްވީޓް ކުރައްވަ އެވެ.

ޓްވިޓާގައި ޔާމީންގެ އެކައުންޓެއް ހުޅުވިއިރު, އެމަނިކުފާނު މިހާރު ހުންނެވީ ޖަލު ހުކުމުން މިނިވަންވެ ގެކޮޅުގަ އެވެ. ނަމަވެސް, މަނީ ލޯންޑްރިންގެ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކޯޓުގައި ކުރިއަށްދެ އެވެ.

ސިޔާސީ ގޮތުން ޔާމީން މިހާރު އެންމެ ބޮޑަށް ކުރައްވަމުން ގެންދަވާ ކަމަކީ, އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހިންގަވާ "އިންޑިއާ އައުޓް" ކެމްޕެއިންނެވެ. އެ ކެމްޕެއިންގައި ގިނަ ރަށްރަށަށް ވަޑައިގެން ޔާމީން ޝުއޫރު ފާޅުކުރައްވާފައިވާއިރު, ޓްވިޓާ އެކައުންޓްގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެ ކެމްޕެއިން ފުޅާ ކުރުން ކަމުގައި ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox