ސައީދު ގެއްލިގެން ހޯދަމުންދާ ސަރަހައްދުން ޑައިވް ބެލްޓެއް ފެނިއްޖެ

ސައީދު ޑައިވް ކުރުމަށް ފޭބި ސަރަހައްދު. ފޮޓޯ: ފައިލް

ސައީދު ޑައިވް ކުރުމަށް ފޭބި ސަރަހައްދު. ފޮޓޯ: ފައިލް

މިދިޔަ ހޯމަ ދުވަހު ފުވައްމުލައް ސިޓީ ކައިރިން ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު "ސައިއްޓޭ" ސައީދު ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން މިއަދު ކަނޑުގެ 68 މީޓަރު އަޑިން ޑައިވް ބެލްޓެއް ހޯދިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ސިފައިން ބުނީ، ސައީދު ހޯދުމުގެ މަސައްކަތުގައި ބަލާ ސަރަހައްދުގެ ކަނޑުގެ 68 މީޓަރު އަޑިން މިއަދު ޑައިވް ބެލްޓެއް ފެނިފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން މިއަދު ވެސް ހަތަރު ޑައިވްއެއް ސިފައިން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް ސައީދު ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ފުވައްމުލަކު ނެރު ކައިރިއަށް ގެއްލުނު ސައީދު ހޯދުމުގެ އެ އޮޕަރޭޝަނުގައި އިއްޔެ މަސް ބާނަން ގެންގުޅުނު ކަމަށް ބެލެވޭ އާލާތެއް ވެސް ވަނީ ހޯދައިފަ އެވެ. ސައީދު ގެންގުޅުނު ކަމަށް ބެލެވޭ އެ އާލާތް ހޯދިފައިވަނީ 59 މީޓަރު އަޑިންނެވެ.

ސައީދު ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ޑޯނިއާ އާއި ހެލިކޮޕްޓަރު ވެސް ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ވިއްސަކަށް އަހަރުގެ ޑައިވިން ތަޖުރިބާހުރި ސައީދު ފީނަން ފޭބީ ހޯމަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ފީނަން ފޭބިއިރު އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ޑައިވިން ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި ކަޅުކުލައިގެ މާސްކެއް ކަމަށާއި އަދި އޭނާގެ އަތުގައި ރީނދުލާއި އޮރެންޖު ކުލައިގެ ބެލޫނެއް އޮތް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޑައިވް ބެލްޓަކީ އާންމު ގޮތެއްގައި ޑައިވްކުރާއިރު ބަރުދަން ހިފަހައްޓައި އަޑީގައި އޮތުމަށް ބޭނުންކުރާ ބެލްޓެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox