ރޯދައަށް ފަހު ބާޒާރުގައި ކަރާ މަދުވެ، އަގު ދެ ގުނައަށް އުފުލިއްޖެ

މަޖީދީ މަގުގައި ހުންނަ މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި އުފެއްދުންތަކެއް: ބާޒާރުގައި މިވަގުތު ކަރާ ވަރަށް މަދު-- އަދަދު ފޮޓޯ އަހުމަދު ސައީދު

މަޖީދީ މަގުގައި ހުންނަ މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި އުފެއްދުންތަކެއް: ބާޒާރުގައި މިވަގުތު ކަރާ ވަރަށް މަދު-- އަދަދު ފޮޓޯ އަހުމަދު ސައީދު

ރޯދަމަސް ނިމުމާއެކު ބާޒާރުން ގާތްގަނޑަކަށް ކަރާ ހުސްވެ، އަގު ދެ ގުނައަށް އުފުލިއްޖެ އެެވެ.

ރޯދަ މަހުގެ ތެރޭގައި އއ. ތޮއްޑޫގެ އިތުން ބައެއް އެހެން ރަށް ރަށުންނާއި އިންޑިއާ އިން ވެސް ގިނަ އަދަދަކަށް ކަރާ އެތެރެ ކުރި އެވެ. ރޯދަމަހު ބާޒާރުގައި ކަރާ ކިލޯ އެއްގެ އަގު އެވަރެޖްކޮށް ހުރީ 25ރ. އަށެވެ.

މާރުކޭޓުގެ ވަރަށް މަދު ގޮޅިއަކުން ނޫނީ މިހާރު ކަރާ ލިބޭކަށް ނެތެވެ. ކަރާ ކިލޯ އެއްގެ އަގު ވަނީ 45ރ. އަށް އުފުލިފަ އެެވެ. މިވަގުތު ލިބެން ހުރީ ވެސް އިންޑިއާ ކަރާ އެކަންޏެވެ. ރޯދަމަސް ނިމުނުއިރު ތޮއްޑޫގެ ދަނޑުތަކުން ވަނީ ކަރާ ހުސްވެފަ އެވެ.

"މިހާރު ކަރާ ގަންނަން ވެސް ލިބެނީ 38ރ. އަށް ކިލޯ އެއް، 45ރ. އަށް މި ވިއްކަނީ، ބާޒާރުގައި ހަމަ އެއްގޮތަކަށް ވެސް މިވަގުތު ކަރާ ނެތީމަ އަގު ބޮޑުވެގެން މިއުޅެނީ، އިންޑިޔާ އިން ކަރާ އައިހާ އަވަހަކަށް އަގު ދަށަށްދާނެ،" މަޖީދީމަގުގައި ހުންނަ މާރުކޭޓުގެ ގޮޅިއަކުން ވާހަކަ ދެއްކި މީހަކު ބުންނެވެ.

މަޖީ
މަޖީ

މަޖީދީމަހުގައި ހުންނަ މާރުކޭޓުން މީހުން ވިޔަފާރި ކުރަނީ: ރޯދަމަހު އެންމެ ޑިމާންޑް ބޮޑުވީ ކުއްޅަފިލާ ފަތަށް-- އަދަދު ފޮޓޯ އަހުމަދު ސައީދު

މިއަހަރުގެ ރޯދަމަހު އެންމެ ގިނައިން ވިކުނީ ކުއްޅަފިލާ ފަތް

ބާޒާރުމަތީގައި ހުންނަ އެންމެ ބޮޑު ލޯކަލް މާރުކޭޓުގެ ބައެއް ގޮޅިތަކުން ބުނި ގޮތުގައި މި އަހަރުގެ ރޯދަ މަހަކީ އެމީހުންނަށް އެންމެ ރަނގަޅު ރޯދަމަހަކަށް ނުވި އެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ، ކޮޑިވް-19 ގެ ތެރޭގައި އުފެދުނު ގޭދޮށު މާރުކޭޓު ތަކެވެ.

"މި ރޯދައަށް ވެސް ހަތަރު މާރުކޭޓު އެއްގަމު ތެރޭގައި ހުޅުވައިފި، އެހެން ވީމަ، މި މާރުކޭޓަށް އަންނަ މީހުން ވަރަށް މަދުވޭ އެބަ،" ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ކުރުނބާ ވިއްކާ މުހައްމަދު ބުންޏެވެ.

ގޮޅިތަކުން ބުނާ ގޮތުގައި ފާއިތުވި ރޯދަމަހު، އެންމެ ބާރަށް ވިކުނު އެއްޗަކީ ކުއްޅަފިލާފަތެވެ. މާރުކޭޓަށް ކުއްޅަފިލާ ފަތް ގެންނަނީ ހުޅުމާލެ އިންނާއި ރަށް ރަށުންނެވެ. ދެ އިނގިލި ވަށާ ޖެހޭ ވަރުގެ ދެ ބޮނޑި ކުއްޅަފިލާ ފަތް ރޯދަ މަހު ވިއްކަން ހުރީ، 25ރ. އަށެެވެ.

"ރޯދަމަހުގެ އެންމެ ފަހު ދުވަހު އެކަނި ވެސް 140 ބޮޑި ފަތް ވިކުނު، އޮންނަނީ ހަމަ ނުގެނެވިފައި،" ގޮޅިއެއްގައި ފަތް ވިއްކާ ބިދެސީއެއް ކަމަށްވާ ކަރީމް ބުނެންޏެވެ.

ގިތެޔޮ މިރުހުގެ އަގު ވެއްޓިއްޖެ

ރޯދަމަސް ފެށުނުއިރު، ގިތެޔޮ މިރުހާއި ލުނބޯގެ އަގު ހުރީ އިންތިހާ އަށް މަތިގަ އެވެ.

ބާޒާތުގައި އޭރު މަދުވެފައިވާ އެ ދެ ބާވަތުގެ ތެރެއިން، ލުނބޯގެ އަގު އޭރު ހުރީ 140ރ. އަށް ކިލޯ އެކެވެ. ގިތެޔޮ މިރުސް ކިލޯ އެއް ވިއްކީ 700ރ. އަށެެވެ.

މިހާރު ބާޒާރުގައި ލިނބޯ ކިލޯއެއްގެ އަގު 50ރ. އަށްވުރެ ދަށަށް ގޮސްފައިވާއިރު، ގިތެޔޮ މިރުހުގެ އަގު ވަނީ ކިލޯ އެއް 240ރ. އަށް ވެއްޓިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox