ޝައުނާގެ ތާއިދު ފައްޔާޒަށް: "ޗެއާޕާސަންކަން ކުރެވޭނެ ބޭފުޅަކީ ފަޔާ"

މިނިސްޓަރު ޝައުނާ: ފައްޔާޒަށް ތާއިދު ކުރައްވާކަން ވަނީ ހާމަ ކުރައްވާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިނިސްޓަރު ޝައުނާ: ފައްޔާޒަށް ތާއިދު ކުރައްވާކަން ވަނީ ހާމަ ކުރައްވާފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ފޯރިގަދަވެފައިވާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ތާއިދު ކުރެއްވުމަށް އެންވަޔަރަމެންޓް މިނިސްޓަރު އައިޝަތު ޝައުނާ ނިންމަވައި, އެކަން ހާމަކުރައްވައިފި އެވެ.

"ހިނގާލަން" ނަމުގައި ރަށްރަށަށް ވަޑައިގެން ފައްޔާޒު, ޗެއާޕާސަން ކަމަށް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު, އޭނާގެ އެންމެ ބޮޑު ވައުދަކީ ޕާޓީގެ އާންމު މެންބަރުންނާ ޕާޓީއާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމާއި ރަށްރަށުގެ ދާއިރާ ޖަގަހަތައް ހަރަކާތްތެރިކުރުވުމެވެ.

ޗެއާޕާސަންގެ ގޮނޑިއަށް ފައްޔާޒާއެކު ވާދަކުރައްވާ އިމްތިޔާޒު ފަހުމީ, "ތިލަފަތުގެ ރަމްޒު"ގެ ޝިއާރުގެ ދަށުން ކުރައްވާ ކެމްޕެއިންގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ އެމްޑީޕީގެ އަސާސްތައް އަލުން ނެގެހެއްޓުމެވެ. އޭނާ ޕްރޮމޯޓް ކުރަނީ ނަޒާހަތްތެރިކަމެވެ. މި ދެ ޝިއާރުގެ ދަށުން ކުރިއަށްދާ ފޯރިގަދަ ކެމްޕެއިންތަކާއެކު, އެމްޑީޕީ ވަނީ ދެ ފަޅިއަށް ބެހިފަ އެވެ.

Advertisement

އޭގެ ތެރެއިން ފައްޔާޒުގެ ފަޅި ނަންގަވައި, މިއަދު އާންމުކުރި ވީޑިއޯއެއްގައި ޝައުނާ ވިދާޅުވީ, އެމްޑީޕީން ވައުދުވެ ކުރަން ހުރި ކަންކަން ވަރަށް ގިނަ ކަމަށާއި އެ ކަންކަން ކުރުމަށް މި ރިޔާސީ ދައުރުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެ މަސަކަތް ކުރަން ޖެހެނީ ޕާޓީއާއެކު ކަމަށެވެ.

"2023 ވަނަ އަހަރު އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރުމަށް ވެސް ކުރަން ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި, ޕާޓީއާއެކު މި ދެންނެވި މަސައްކަތްތައް ވެސް ކުރަން ޖެހޭނީ, އެހެންވީމަ ޖުމްލަކޮށް ބަލާއިރު މި ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޗެއާޕާސަން ކަމަށް އިންތިހާބު ކުރުމަށް އެންމެ މުހިންމީ އަދި މިކަން ކުރެވޭނެ ބޭފުޅަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި, ފައްޔާ," ޝައުނާ ވިދާޅުވި އެވެ.

ޝައުނާ ވިދާޅުވި ގޮތުގައި, އޭނާ އާއި ފައްޔާޒު އެއްބަސްވާ ކަންކަން ވަރަށް މަދުވާނެ ކަމަށާއި ގިނަ ވާނީ ދެބަސްވާ ކަންކަމެވެ. އެހެން ނަމަވެސް, ޝައުނާ ވިދާޅުވި ގޮތުގައި ދެބަސްވެ ޒުވާބުކޮށް ވާހަކަ ބަދަލުކޮށް ކަންކަން ނިންމަދޭ އަދި ކަންކަން ކޮޅެއްގައި ޖައްސާ މީހެއްގެ ގޮތުގައި ފައްޔާޒު ފާހަގަކުރެވޭ ކަމަށެވެ.

ފައްޔާޒުގެ ފަޅި ޝައުނާ ނެންގެވިއިރު, އޭނާއަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި, އިމްތިޔާޒުގެ ކެމްޕެއިންގައި ވަރަށް އިސްކޮށް އުޅުއްވާ އީވާ އަބްދުاللهގެ ގާތް ބޭފުޅެކެވެ. މީގެކުރިން އެ ދެ ބޭފުޅުންނާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވެސް ވަނީ ފައްޔާޒުގެ ފަޅި އިހްތިޔާރު ކުރައްވާފަ އެވެ.

ސަރުކާރުގެ ގިނަ މިނިސްޓަރުންގެ ތާއިދު އޮތީ ފައްޔާޒަށެވެ. އެގޮތުން, އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެ, ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ ފައްޔާޒަށް ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފަ އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު, ފައްޔާޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވަ އެވެ.

ފައްޔާޒަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއިދު އޮތްއިރު, އިމްތިޔާޒުގެ ކެމްޕެއިން ކުރިއަށް ގެންދަވަނީ ރައީސް ނަޝީދުގެ ތާއިދާއި އެހީތެރިކަމާއެކު އެވެ.

އަންނަ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވެސް އެމްޑީޕީގެ ތެރޭ އޮތީ ހިޔާލު ތަފާތުވުމެވެ. އެގޮތުން, ނަޝީދު ބޭނުން ވަނީ ރިޔާސީ އިންތިހާބު ނުބާއްވައި, ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާށެވެ. އެގޮތަށް ނުވެއްޖެނަމަ, ރިޔާސީ އިންތިހާބުގައި 30 ޕަސެންޓް ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުވާ ގޮތް ހެދުމަށް ވެސް ނަޝީދު ބޭނުންވެ އެވެ.

ރިޔާސީ އިންތިހާބު ބާއްވާނަމަ, އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރައްވާނެކަން ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިނުވީ ނަމަވެސް, އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ އެކަމަށް ކެމްޕެއިން ކުރައްވަމުންނެވެ.

އެގޮތުން, ފައްޔާޒު އިސްމާއިލް ވެސް ވިދާޅުވެފައިވަނީ ޗެއާޕާސަންގެ އިންތިހާބަށް ނުކުންނަވާ ކުރައްވާ މަސައްކަތަކީ ވެސް ރައީސަށް ދެވަނަ ދައުރެއް ޔަގީން ކުރެއްވުމަށް ކުރައްވާ މަސައްކަތެއް ކަމަށެވެ. މި އަހަރަށް އެމްޑީޕީގެ ކޮންގްރެސް ތާވަލުކޮށްފައިވާއިރު, ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހުށަހެޅުމާމެދު ގޮތެއް ނިންމަން އަހާނީ އެ ކޮންގްރެސްގަ އެވެ.

ދެވަނަ 'އުކުޅަސް ކޮންގްރެސް'ގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ އަލަށް އިންތިހާބު ކުރާ ޗެއާޕާސަނަށެވެ. އެމްޑީޕީގެ މި އިންތިހާބު މިހާ ވާދަވެރި, ބޭނުންތެރިވެފައިވަނީ ވެސް މި ސަބަބަށްޓަކަ އެވެ. އިންތިހާބު އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

ހިދުމަތުގެ އެންމެ މަތީ ޝަރަފު މުހައްމަދު ރަޝީދާއި އައްބާސަށް

ދައުލަތަށް ހިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، މުހައްމަދު ރަޝީދު އިބްރާހީމާއި އައްބާސް އިބްރާހީމަށް ވަނީ އަރުވާފައި. މުހައްމަދު ރަޝީދަށް މި ޝަރަފު އެރުވީ ދީނީ ރޮނގުން ކުރެއްވި ހިދުމަތްތަކަށް ކަމަށްވާއިރު، އައްބާސް އިބްރާހީމަށް މި ޝަރަފު އެރުވީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން.

އާންމުންގެ ތަނަވަސްކަން ހުއްޓުވަނީ ރާއްޖެ ނިކަމެތިކުރުން: ނަޝީދު

ރަސްމާލެ މަޝްރޫއު އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަކީ އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވައި ރާއްޖެ ނިކަމެތިކުރުމަށް ޖަހާ މަޅިއެއް ކަމަށް ނަޝީދު ވިދާޅުވި.

ޖޭޕީ، އަދާލަތު، އެމްޑީއޭ އަދި އެމްއެންޕީން މެންބަރުން ވަކިވަނީ

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި ޖޭޕީ، އެމްޑީއޭ، އަދާލަތު އަދި އެމްއެންޕީން ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިވެފައި. މީގެ ބަދަލުގައި ސަރުކާރު ހިންގާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވި. އެންމެ ގިނަ މެންބަރުން ވަކިވީ ޖޭޕީން ކަމަށްވާއިރު، އެންމެ ގިނަ މެންބަރުން އަލަށް ގުޅުނީ ޕީއެންސީއާ

އިސްތިއުނާފު ލަސްވާ މައްސަލައިގައި ޖޭއެސްސީ ހާޒިރުކުރަނީ

ޖަލު ހުކުމް ތަންފީޒުކޮށް ނިމޭއިރުވެސް އިސްތިއުނާފު މަރުހަލާ ނުނިމޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް ޖޭއެސްސީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ވަނީ ފާސްކޮށްފަ. އިސްތިއުނާފު މައްސަލަތައް ނިންމަންޖެހޭ ވަކި މުއްދަތެއް ގާނޫނުގައި ނެތުމުގެ ސަބަބުން ކުށްވެރިންގެ އަސާސީ ހައްގުތައް ގެއްލެމުންދާކަން މެންބަރުން ފާހަގަކުރެއްވި.

"ބިން ދީ ދީނާއި މިނިވަންކަން ގެއްލުވާ ވެރިޔަކު އަދި މި ނޫނީ ނާދޭ"

ބޭރު މީހުންނަށް ބިން މިލްކުކުރެވޭ ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ދީނީ ވަހުދަތާއި މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި މި ނިންމުމުގެ ސަބަބުން ރާއްޖޭގެ ބިންތަކުގެ މިލްކުވެރިކަން އެހެން ދީންތަކުގެ މީހުންނަށް ލިބިދާނެ ކަމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ގައުމު ދިފާއުކުރުމަށް ނުކުތުމަށް ޖަމީލު ގޮވާލައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އޮނަރަބަލް ކިޔަން އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުހާތަބުކުރާއިރު "އޮނަރަބަލް" ކިޔުމަށް ޖޭއެސްސީން ރަސްމީކޮށް އަންގައި ސާކިއުލާއެއް ވަނީ ނެރެފައި. މި ބަދަލާއެކު ފަނޑިޔާރުންގެ ނަމުގެ ކުރިއަށް "އަލްއުސްތާޒް" ބޭނުންކުރުން ހުއްޓާލަން ޖެހޭއިރު، މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ރަސްމީ ބަދަލެއް.

Newsletter

Get the latest news delivered straight to your inbox