ޔުއެފާގެ އިތުރު އަދަބުތަކެއް، ރަޝިއާ އަށް ގޮންޖެހުން ބޮޑު!

May 4, 2022, 8:07 AM
ރަޝިއާ ކުޅުންތެރިން މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ރަޝިއާ ކުޅުންތެރިން މެޗެއްގެ ތެރެއިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޒިއުރިކް (މެއި 4) - މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިން އަށް އަރައި ރަޝިއާ އިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޔުއެފާ އިން އެންމެ ފަހުން ރަޝިއާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ އެކު އެ ގައުމަށް ފުޓްބޯޅައިގައި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ބޮޑުވެއްޖެ އެވެ.

މީގެ ކުރިން ވެސް ރަޝިއާއާ ދެކޮޅަށް ޔުއެފާ އާއި ފީފާ އިން ވަނީ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި މި އަހަރު ފަހު ކޮޅު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޕްލޭއޮފުން ރަޝިއާ ބޭރުކޮށްލުމާއި ޗެމްޕިއަންސް ލީގުގެ ފައިނަލް ރަޝިއާގެ ޕީޓާސްބާގްގައި ކުޅެން އޮތްއޮތުން ފްރާންސްގެ ޕެރިހަށް ބަދަލުކުރުން ހިމެނެ އެވެ.

ރަޝިއާއާ ދެކޮޅަށް ޔުއެފާ އިން މީގެ ދުވަސް ކުރިން އެޅި އިތުރު ފިޔަވަޅުތަކަށް ބަލާއިރު، އަންނަ ސީޒަނުގައި ރަޝިއާގެ އެއްވެސް ކްލަބަކަށް ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތެއްގައި ނުުކުޅެވޭނެ އެވެ. ރަޝިއާ އިން 2028 އާއި 2032 ވަނަ އަހަރުގެ ޔޫރޯ ހޯސްޓްކުރަން ކުރި ބިޑް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

މީގެ އިތުރުން ޔުއެފާ އިން ވަނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ ފުޓްބޯޅަ މުބާރާތުގައި ރަޝިއާ ދަށް ޑިވިޝަނަށް ރެލިގޭޓްކޮށްލަން ނިންމައިފަ އެވެ. ރަޝިއާގެ އަންހެން ފުޓްބޯޅަ ޓީމަށް މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ވާދަނުކުރެވޭނެ އެވެ. ރަޝިއާގެ ބަދަލުގައި އަންހެނުންގެ ޔޫރޯގައި ވާދަކުރާނީ އެ ޓީމު އަތުން ޕްލޭއޮފްގައި ބަލިވި ޕޯޗުގަލް އެވެ. އަދި ރަޝިއާ އަށް ޔުއެފާގެ އެއްވެސް ޔޫތު މުބާރާތެއްގައި އަދި ފުޓްސަލް މުބާރާތެއްގައި ވެސް ވާދަނުކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ.

ރަޝިއާ އިން ވަނީ މީގެ ކުރިން ފީފާ އާއި ޔުއެފާ ގޮވައިގެން ކުޅިވަރުތަކުގެ މައްސަލަ ބަލާ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ގޮސްފަ އެވެ. އެކަމަކު، ކޯޓުގައި ރަޝިއާ އަށް އެ މައްްސަލަ ކާމިޔާބެއްނުވި އެވެ.

ޔޫކްރެއިނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރަޝިއާ އަށް ފިޔަވަޅު އަޅާފައިވާ ކުޅިވަރަކީ ހަމައެކަނި ފުޓްބޯޅައެއް ނޫނެވެ. ޓެނިހުގެ ބައެއް މުބާރާތްތަކުގެ އިތުރުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވެސް ވަނީ ރަޝިއާ އަށް ފިޔަވަޅު އަޅައިފަ އެވެ. ޔޫކްރެއިނާ ދެކޮޅަށް ރަޝިއާ އިން ކުރާ ހަނގުރާމަ އަށް ބެލަރޫސް އިން ތާއީދުކުރާތީ ބައެއް ކުޅިވަރުތަކުން ވަނީ ބެލަރޫސް އަށް ވެސް ފިޔަވަޅު އަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox