ތުރުކީއިން މިލިއަނަކަށް ވުރެ ގިނަ ސީރިއާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލަނީ

ތުރުކީގައި ދިރިއުޅޭ ސީރިއާގެ ކުދިންތަކެއް. -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

ތުރުކީގައި ދިރިއުޅޭ ސީރިއާގެ ކުދިންތަކެއް. -- ފޮޓޯ: ނިއު ޔޯކް ޓައިމްސް

އިސްތަންބޫލް، ތުރުކީ (މޭ 3) - ސީރިއާގައި ގެދޮރާއި އެހެނިހެން އިންފްރާސްޓްރަކްޗާ ބިނާކޮށް، މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވަން މަސައްކަތް ކުރައްވާނެ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ދެކުނުގައި އޮންނަ ސީރިއާގައި 2011 ވަނަ އަހަރު ފެށި ދާހިލީ ހަނގުރާމައާ ހެދި، 3.6 މިލިއަން ސީރިއާ ރައްޔިތުން ދިރިއުޅެނީ ތުރުކީގައި ރެފިއުޖީންގެ ގޮތުގަ އެވެ.

ރެފިއުޖީންގެ މައްސަލައާ ހެދި ތުރުކީ ރައްޔިތުން ހިތްހަމަނުޖެހޭ އިރު، އަންނަ އަހަރު އޮންނަ ރިޔާސީ އަދި މަޖިލިސް އިންތިހާބުގެ ކުރިން އެކަން ހައްލު ކުރުމަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

"ސީރިއާގެ އެއް މިލިއަން މީހުން އަނބުރާ ގައުމަށް ދެވޭނެ ގޮތް ހެދުމަށް ބޮޑު މަޝްރޫއެއް އަޅުގަނޑުމެން އެބަ ރާވަން،" ވީޑިއޯ މެދުވެރިކޮށް އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ ތުރުކީ އާއި ބޭރުގެ އަމިއްލަ ޖަމާއަތްތަކާ އެކުގައި އެއް މިލިއަން ރެފިއުޖީން އަނބުރާ ސީރިއާއަށް ފޮނުވުމުގެ އަޒުމުގައި ކަމަށެވެ.

އުރުދުގާންގެ ވީޑިއޯ އާއްމު ކުރީ ހުޅަނގު އުތުރު ސީރިއާގެ އިދްލިބްގަ އެވެ. އެއީ އެ ތަނުގައި ތުރުކީއިން އެޅި ގެތަކުގެ ތަޅުދަނޑި ސީރިއާ ރައްޔިތުންނަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އުރުދުގާން ވިދާޅުވީ 2016 ވަނަ އަހަރަށް ފަހު ތުރުކީ އާއި ސީރިއާގެ ބޯޑަރު ދެމެދުގައިވާ "ރައްކާތެރި ޒޯނަށް" 500،000 ރެފިއުޖީން ބަދަލުވެފައިވާ ކަމަށެވެ.

ތުރުކީ ސަރުކާރުގެ ވިސްނުމަކޯ ސީރިއާގައި އިތުރު ގެތައް އަޅައި، ގިނަ އަދަދެއްގެ ރައްޔިތުން އަނބުރާ ގައުމަށް ދިޔުމަށް ބާރު އެޅުމެވެ.

އޭގެ އިތުރުން ސްކޫލަކާޢި ހޮސްޕިޓަލެއް އެޅުމުގެ އިތުރުން، ސަރަހައްދީ އިގްތިސާދަށް ބޭނުންވާ އެހެން އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް ވެސް ތުރުކީއިން އެހީވާނެ އެވެ.

ތުރުކީގައި ޖުމްލަ ފަސް މިލިއަން ރެފިއުޖީން ދިރިއުޅޭ އިރު، އޭގެ ތެރޭގައި ގިނައިން ހިމެނެނީ ސީރިއާ އާއި އަފްގާނިސްތާނުގެ ރައްޔިތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox