ބާސެލޯނާގެ މޮޅާ އެކު ޒަވީ އަށް ހަމަޖެހުމެއް ލިބިއްޖެ

May 2, 2022, 9:14 AM
ރޭގެ މެޗުގެ ތެރެއިން ޒަވީ: މިއީ މުހިންމު މޮޅެއް ކަމަށް ވަނީ ބުނެފައި.

ރޭގެ މެޗުގެ ތެރެއިން ޒަވީ: މިއީ މުހިންމު މޮޅެއް ކަމަށް ވަނީ ބުނެފައި.

ބާސެލޯނާ (މެއި 2) - ސްޕެނިޝް ލީގުގައި ރޭ ރެއާލް މަޔޯކާ އަތުން 2-1 އިން މޮޅުވެ، ބާސެލޯނާ އަށް ލީގުގެ ދެ ވަނަ އަށް އެރުމުން މި ވަގުތަށް ހަމަޖެހުމެއް ލިބިފައިވާ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ބާސެލޯނާ ރޭގެ މެޗަށް ނުކުތްއިރު މި ހަފްތާގައި ކުޅުނު މެޗުން މޮޅުވެގެން، ރެއާލް މެޑްރިޑް ވަނީ 35 ވަނަ ފަހަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ހުކުރު ދުވަހުގެރޭ ސެވިއްޔާ އިން ހޯދި ޕޮއިންޓާ އެކު އެ ޓީމު އޮތީ ދެ ވަނައިގަ އެވެ. ރޭ ބާސެލޯނާ އިން ހޯދި މޮޅާ އެކު ދެ ވަނަ އަށް ވަނީ އަލުން އަރައިފަ އެވެ. އެއް ވަަނައިގައި އޮތް ރެއާލަށް 34 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ދެ ވަނައިގައި އޮތީ 34 މެޗުން 66 ޕޮއިންޓާ އެކު އެވެ. ސެވިއްޔާ ތިން ވަަނައިގައި އޮތީ 34 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވަނީ 34 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ.

ޒަވީ ބުނީ ރެއާލަށް ޗެމްޕިއަންކަން ހައްގުވާ ކަމަށާއި މިހާރު ބާސެލޯނާ އިން ވިސްނަންވީ ދެ ވަަނަ ހޯދުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި މަޔޯކާ އަތުން ލިބުނު މޮޅާ އެކު އަމިއްލަ އަތުގައި ކޮންޓްރޯލް ދެމެހެއްޓިފައިވާތީ ހަމަޖެހިލެވޭނެ ކަމަށް ޒަވީ ބުންޏެވެ.

"ދެ ވަނައިގައި ނިންމަން ބޭނުން. އަނެއްކޮޅުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅެން ބޭނުންނަމަ މިއީ މި ވަގުތަށް ޕްރެޝަރު ކަނޑުވާލަން އަހަރެމެންނަށް ވަރަށް މުހިންމު މޮޅެއް، މީގެ ބޭނުން ހިފޭނެެ، މި ނަތީޖާ އިން މި ވަގުތަށް ހަމަޖެހިލެވޭނެ،" ޒަވީ ބުންޏެވެ.

މަޔޯކާގެ އަރައިއޯ (ކ) ކައިރިން ބާސެލޯނާގެ އަންސޫ ފާޓީ (ވ) ބޯޅަ ހިފައިގެންދަނީ: މިއީ އަނިޔާއިން ރަނގަޅުވެގެން އެނބުރި އައިސް ފާޓީ މި ފަހުން ކުޅުނު ފުރަތަމަ މެޗު.

ބާސެލޯނާ ދަނޑުގައި ރޭ އެ ޓީމަށް 25 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ޖޯޑީ އަލްބާ ދިން ބޯޅައަކުން މެމްފިސް ޑިޕާއި އެވެ. މިއީ މި ފަހަރު ލީގުގައި ޑިޕާއި ޖެހި 11 ވަނަ ގޯލެވެ.

ލީޑުފުޅާކުރަން ބާސެލޯނާ އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ދެ ވަނަ ހާފްގަ އެވެ. މެޗުގެ 54 ވަނަ މިނިޓްގައި ބާސެލޯނާގެ ކެޕްޓަން ސާޖީ ބުސްކެޓްސް އޭރިއާރޮނގުކައިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަަަނަށެވެ. ބާސެލޯނާގެ ފޯވާޑް ފެރާން ޓޮރޭޒް ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، ބަލައިނުގަންނަން ނިންމައިފަ އެވެ.

މި މެޗުގައި މަޔޯކާގެ ގޯލު ޖެހީ އެ ޓީމުގެ ކެޕްޓަން އެންޓޯނިއޯ ރައީއޯ އެވެ. މެޗުގެ 79 ވަނަ މިނިޓްގައި އޭނާ މި ގޯލު ޖެހީ ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުންނެވެ. ފަހުން އިތުރު ގޯލެއް ޖަހަައި ނަތީޖާ ހަމަހަމަކުރަން، މަޔޯކާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox