ދަރިންނަށް ޓަކައި އެމްއައިބީގެ ހާއްސަ އެކައުންޓްތަކެއް!

May 2, 2022, 11:25 AM
އެމްއައިބީން ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި ކުއްޖަކު ބައިވެރިވަނީ. ދަރިންނަށް ޓަކައި ފައިސާ ރައްކާކުރަން އެބޭންކުން ވަނީ ހާއްސަ އެކައުންޓްތަކެއް ތައާރަފްކޮށްފައި

އެމްއައިބީން ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި ކުއްޖަކު ބައިވެރިވަނީ. ދަރިންނަށް ޓަކައި ފައިސާ ރައްކާކުރަން އެބޭންކުން ވަނީ ހާއްސަ އެކައުންޓްތަކެއް ތައާރަފްކޮށްފައި

ދަރިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދޭން އަމިއްލަ އެކައުންޓަށް ޖަމާކުރާ ފައިސާ ވަކި ހިސާބަކުން ނަގަން ޖެހިދާނެ އެވެ. ނުނަގާ ބެހެއްޓި ނަމަވެސް އާއްމު އެކައުންޓެއްގައި ނަމަ ރައްކާކުރެވެމުން ދާނީ ހަމަ އެކަނި އެ އެކައުންޓަށް ލީ އެއްޗެކެވެ. ބޭންކިންގެ އާއްމު އުސޫލާ އެއްގޮތަށް އެއްޗެއް އިތުރުވެއްޖެ ނަމަ ދީނީ ގޮތުން ހިތްހަމަނުޖެހިދާނެ އެވެ. މޯލްޑިވްސް އިސްލާމިކް ބޭންކުން މިހާރު ވަނީ މިކަމަށް ހަައްލެއް ހޯދައިދީފަ އެވެ.

ދަރިންގެ މުސްތަގްބަލަށް ފައިސާ ރައްކާކުރަން އެ ބޭންކުން ވަނީ ޝަރިއާ ހުއްދަ ކުރާ އުސޫލުން، އެހެން ނަމަވެސް ފައިސާ އިތުރުވާނެ ދެ އެކައުންޓެއް ތައާރަފްކޮށްފަ އެވެ. އެއީ "ކިޑްސް އެކައުންޓް" އަދި "ކާމިޔާބު ކިޑްސް އެކައުންޓް" އެވެ. މި ދެބާވަތުގެ އެކައުންޓަށް ޖަމާކުރާ ފައިސާއިން ވެސް އެމްއައިބީން ކުރާނީ ޝަރީއާ ހުއްދަކުރާ ވިޔަފާރި އެވެ. އެ ވިޔަފާރިން ލިބޭ ފައިދާއިން ރަނގަޅު މިންވަރެއް އެކައުންޓްގެ ވެރިންނަށް ވެސް ލިބޭނެ އެވެ.

ކިޑްސް އެކައުންޓުގެ ފައިދާ ބަހާނީ 30:70 ރޭޝިއޯއިން ( ކަސްޓަމަރަށް 30، ބެންކަށް 70 ) އޮންނަ ގޮތަށެވެ. ކާމިޔާބު ކިޑްސް އެކައުންޓްގެ ފައިދާ ބަހާނީ ރޭޝިއޯއިން 40:60 (ކަސްޓަމަރަށް 40، ބެންކަށް 60) އޮންނަ ގޮތަށެވެ.

ޝަރީއާ ހުއްދަކުރާ ބޭންކިންގެ މާކެޓަށް ބަލާއިރު އެމްއައިބީގެ އެކައުންޓްތަކަކީ ފައިދާ އެންމެ ބޮޑު އެއް އެކައުޓްތަކެކެވެ.

ދަރިންގެ މުސްތަގުބަލަށް ޓަކައި މި ދެބާވަތުގެ އެކައުންޓް ހުޅުވަން ބޭނުންވާ ފަރާތްތަަކަށް އެމްއައިބީގެ ކޮނެމް ބްރާންޗަކުން ވެސް އެ ހިދުމަތް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox