ތުއްތު ކުދިންނަށް ހާއްސަ ބެލޭ ސްޓޫޑިއޯ "ލިޓްލް ޓޫޓޫސް" ހުޅުވައިފި

Jul 17, 2026, 4:49 PM
ތުއްތު ކުދިންނަށް ހާއްސަ ބެލޭ ސްޓޫޑިއޯ "ލިޓްލް ޓޫޓޫސް"

ތުއްތު ކުދިންނަށް ހާއްސަ ބެލޭ ސްޓޫޑިއޯ "ލިޓްލް ޓޫޓޫސް"

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތުއްތު އަންހެން ކުދިންނަށް ޚާއްޞަކޮށްގެން، ބެލޭ ދަސްކޮށްދޭ ސްޓޫޑިއޯއެއް "ލިޓްލް ޓޫޓޫސް" ގެ ނަމުގައި މާލޭގައި ހުޅުވައިފި އެވެ. މިއީ ރާއްޖޭގައި މިފަދަ ފަންނަކަށް ހާއްސަކޮށްގެން ހުޅުވުނު އެންމެ ފުރަތަމަ ސްޓޫޑިއޯއެވެ.

މިފަދަ ސްޓޫޑިއޯއެއް ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ހެދިބޮޑުވަމުން އަންނަ ކުދިންނަށް އެކުދިންގެ ހަށިގަނޑުގެ ބެލެންސް ހިފަހައްޓަން ދަސްކޮށްދިނުމާއި، ސިކުނޑީގެ ފޯކަސް ރަނގަޅުކޮށްދިނުން ކަމަށް ލިޓްލް ޓޫޓޫސްއިން ބުންޏެވެ. މީގެ އިތުރުން، އަދަބުވެރިކަމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކޮށްދިނުމަކީ ވެސް މި ސްޓޫޑިއޯގެ އަމާޒެކެވެ.

"މި ސްޓޫޑިއޯ ހުޅުވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ތުއްތު އަންހެން ކުދިންނާއި ފުރާވަރަށް އަޅާ ކުދިން، އެކުދިންގެ ހަށިގަނޑާއި ސިކުނޑި ހެދިބޮޑުވުމުގެ ކުރީކޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ހުނަރެއް ދަސްކުރުމުގެ ފުރުސަތު ހޯދައިދިނުން. ހަމަމިއާއެކު ތުއްތު އުމުރުގައި ބެލޭ ދަސްކުރަން ފެށުމަކީ ކުދިންގެ ހަށިގަނޑުގެ ބެލެންސް ހިފެހެއްޓުމާއި، ފްލެކްސިބިލިޓީ ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމެއް. އަޅުގަނޑުމެން ބޭނުންވީ މަންމައިންނާއި އަންހެން ކުދިންނަށް އެކުވެރި، ރައްކާތެރި މާހައުލެއްގައި މި ހުރިހާ ފައިދާތަކެއް ލިއްބައިދޭނެ ފަދަ ޖާގައެއް ތަނަވަސްކޮށްދޭން. އެއީ ލިޓްލް ޓޫޓޫސް އަކީ،" ބުދަ ދުވަހު ހުޅުވި ލިޓްލް ޓޫޓޫސްގެ މެނޭޖަރު ބުންޏެވެ. 

Advertisement

"ލިޓްލް ޓޫޓޫސް" ގެ ކްލާސްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގެ ވަރަށް ތަޖުރިބާކާރު ބެލޭ ޓީޗަރެއްގެ އިރުޝާދުގެ ދަށުންނެވެ. މި ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހޯއްދަވާފައިވާ މި ޓީޗަރަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކްލާސިކަލް ބެލޭ މެތަޑް ކަމަށްވާ "ވެގަނޯވާ މެތަޑް" އިން ހާއްސަވެފައިވާ މީހެކެވެ.

މި ކްލާސްތަކުގައި ކުދިންނަށް ކިޔަވައިދޭނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ "އޮސްޓްރޭލިއަން ކޮންސަވަޓްވަރީ އޮފް ބެލޭ"ގެ ތަމްރީނު މެތަޑްތަކަށް ބަލައިގެން ކަމަށް އެ ސްޓޫޑިއޯއިން މައުލޫމާތުދެ އެވެ.

ކްލާސްތައް ކުރިއަށްދާނެ އުމުރުފުރާތައް

"ލިޓްލް ޓޫޓޫސް" ގެ ކްލާސްތައް ފަރުމާކުރެވިފައިވަނީ ކުދިންގެ އުމުރާއި ހުނަރަށް ބަލައި، ހަތަރު މަރުހަލާއަކަށް ބަހާލައިގެންނެވެ.

  • 4 އަހަރުން ދަށުގެ ކުދިން: މިއީ ކުދިންގެ ހަށިގަނޑުގެ ހަރަކާތްތައް ތަރައްގީކޮށް، ބެލޭގެ އަސާސްތަކަށް އަހުލުވެރިކުރުވާ މަރުހަލާއެކެވެ. މި އުމުރުފުރާގެ ކްލާސްތައް ކުރިއަށްދާއިރު، ކުދިންނަށް ހިތްވަރުދީ އެހީތެރިވުމަށްޓަކައި ބެލެނިވެރިންނަށް ކްލާސްރޫމް އެތެރޭގައި ތިބުމުގެ ފުރުސަތު ލިއްބައިދޭ
  • 4 އަހަރާއި 6 އަހަރާ ދެމެދުގެ ކުދިން: މި ބައިގައި ބެލޭގެ އަސާސީ ހަރަކާތްތަކާއި ބެލެންސް ހިފަހައްޓާނެ ގޮތްތައް ދަސްކޮށްދެވޭނެ
  • 7 އަހަރާއި 9 އަހަރާ ދެމެދުގެ ކުދިން: ކުދިންގެ ފްލެކްސިބިލިޓީ އިތުރުކޮށް، ބެލޭގެ ވަކިވަކި އުކުޅުތައް މި މަރުހަލާގައި ދަސްކޮށްދޭނެ
  • 10 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން: މި އުމުރުފުރާގެ ކުދިންނަށް ބެލޭގެ ރަސްމީ ހުނަރުތައް އިތުރަށް ފުންކޮށް އަދި ކުރިއެރުންތަކާއެކު ދަސްކޮށްދެވޭނެ

ކޮންމެ ލެވެލްއެއް ފުރިހަމަކޮށް ނިމުމުން، ކުދިން ދަސްކުރި ހުނަރުތައް ދައްކާލުމަށްޓަކައި ހާއްސަ ރިސައިޓަލް (ސްޓޭޖް ޝޯ) އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

ނަން ނޯޓުކުރުމާއި ރަޖިސްޓްރޭޝަން

މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް މިހާރު ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ކްލާސްތަކުގައި ބައިވެރިވުމަށްޓަކައި ލިޓްލް ޓޫޓޫސްގެ ހޮޓްލައިން 7466466 މެދުވެރިކޮށް ނަން ނޯޓް ކުރެވޭނެއެވެ. މީގެ އިތުރުން، އެ ސްޓޫޑިއޯގެ ރަސްމީ އިންސްޓަގްރާމް ޕޭޖާއި ސޯޝަލް މީޑިއާ މަންސަތަކުން ވެސް ރެޖިސްޓްރޭޝަން ކުރިއަށް ގެންދެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

Newsletter

Get the latest news delivered straight to your inbox