ޗެމްޕިއަން ބަޔާންގެ އިތުރުން ޑޯޓްމަންޑަށް ވެސް ނާކާމިޔާބު

May 1, 2022, 12:05 AM
މައިންޒާއި ބަޔާން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މައިންޒާއި ބަޔާން ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (މެއި 1) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން 10 ވަަނަ ފަހަރަށް ހޯދި ބަޔާން މިއުނިކާއި ލީގުގެ ދެ ވަނައިގައި އޮތް ޑޯޓްމަންޑް ބަލިވެއްޖެ އެވެ.

މައިންޒް ދަނޑުގައި އެ ޓީމުގެ އަތުން ބަޔާން ބަލިވީ 3-1 އިންނެވެ. އަދި ޑޯޓްމަންޑް ވަނީ އަމިއްލަ ދަނޑުގައި ބޮކުމް އަތުން 4-3 އިން ބަލިވެފަ އެވެ. މި ނަތީޖާތަކަށް ފަހު ބަޔާން އެއް ވަނައިގައި އޮތީ 32 މެޗުން 75 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 32 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 10 ފަހަރު ލީގު ހޯދި ޓީމުގެ ޝަރަފް ބަޔާނުން ހޯދީ މީގެ ހަފްތާއެއް ކުރިންނެވެ.

ރޭ ކުޅުނު މެޗުގައި މައިންޒުން ވަނީ ބަޔާން ކައިރީގައި މޮޅަށް ކުޅެ، ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. ތިން ގޯލު ޖެހުމުގެ އިތުރުން މައިންޒުން ފޮނުވާލި ހަތަރު ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް ވެސް އަމާޒުވެފަ އެވެ.

މެޗުގެ ފުރަތަމަ 27 މިނިޓް ތެރޭ މައިންޒުން ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ގޯލުތައް ޖެހީ 18 ވަނަ މިނިޓްގައި ޖޮނަތަން ބުރްކާޑްޓާއި 27 ވަނަ މިނިޓްގައި މޫސާ ނިއަކާޓޭ އެވެ. މައިންޒުން ދެ ގޯލުގެ ލީޑެއް ނެތިތާ ފަސް މިނިޓް ފަހުން، މެޗުގެ 33 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ބަޔާނަށް އިތުރު ގޯލެއް ނުޖެހި، މެޗުގެ 57 ވަނަ މިނިޓްގައި މައިންޒްގެ ލެއަންޑްރޯ ބަރިއޭރޯ ޖެހި ގޯލުން އެ ޓީމު މޮޅުވީ އެވެ.

މިއީ ބަޔާން ލީގުގައި މި ފަަހަރު ބަލިވި ފަސް ވަނަ މެޗެވެ. މެޗަަށް ފަހު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ލީގު ޔަގީންވުމާ އެކު ފަސޭހަކޮށްލެވިގެން ނުވާނެ ކަމަށެވެ. އަދި ބަޔާން މި މެޗުން ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ މެޗުން މޮޅުވުމުގެ ރޫހުގައި ޓީމުގެ ކުޅުން ނުފެނުން ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެެވެ.

ރޭ ޑޯޓްމަންޑް ދަނޑުގައި އަށް މިނިޓް ތެރޭ ބޮކުމް އިން ދެ ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ސެބަސްޓިއަން ޕޮލްޓާ އާއި ގެރިޓް ހޯލްޓްމަން އެވެ. އެކަމަކު، ފުރަތަމަ ހާފުގައި ދެ ޕެނަލްޓީ ޖަހައި، ހާލަންޑް ވަނީ ޑޯޓްމަންޑަށް އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 62 ވަނަ މިނިޓްގައި މާކޯ ރެއުސް ދިން ބޯޅައަކުން ހާލަންޑް ވަނީ ހެޓްރިކް ފުރިހަމަކޮށް، މެޗުގައި ފުރަތަމަ ފަހަރަށް ޑޯޓްމަންޑަށް ލީޑުނަގައިދީފަ އެވެ. ބޮކުމް މޮޅުވީ މެޗުގެ ފަހު 10 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން 81 ވަނަ މިނިޓްގައި ބޮކުމް އަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޔާގެން ލޮކާޑިއާ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން ޕެނަލްޓީ އަކުން މިލޯސް ޕެންޓޮވިކް ޖެހި ގޯލުން ބޮކުމް ވަނީ މެޗުން މޮޅުވެފަ އެވެ.

ބޮކުމް އަތްދަށުވެ، ޑޯޓްމަންޑުން ކުރިމަތިލާން ޖެހުނީ މި ފަހަރު ލީގުގައި އެ ޓީމުގެ ނުވަ ވަަނަ ބައްޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox