ރާއްޖޭގެ ލީގަށް ގޮސް، ރުށްދަށުގައި އުޅެލަން އަރާމްވާނެ: ގާޑިއޯލާ

Apr 30, 2022, 11:34 AM
ރާއްޖޭގެ ލީގަށް ގޮސް، ރުށްދަށުގައި އުޅެލަން އަރާމްވާނެ: ގާޑިއޯލާ

މެންޗެސްޓާ (އޭޕްރީލް 30) - އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުގެ ޝެޑިއުލްގެ ޝަކުވާ ކުރުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށާއި އެކަން ކުރުމަށް ވުރެ، ދިވެހި ރާއްޖޭގެ ލީގަށް ގޮސް ރުށްދަށުގައި އުޅެލަން އަރާމްވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ހަފްތާގައި ލިވަޕޫލުން ދެ މެޗު ކުޅެން ޖެހޭތީ ސިޓީއާ އެކު ލީގަށް ވާދަކުރަމުން އަންނަ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޝަކުވާކޮށްފަ އެވެ. ޕްރިމިއާ ލީގުގެ މެޗުތައް ހަމަޖައްސަނީ ޓީވީ ޝެޑިއުލަށް ފަސޭހަވާނެ ގޮތަށް، ކްލަބްތަކާ މާބޮޑު މަޝްވަރާއެއް ނުކޮށް ކަމަށް މީގެ ކުރިން ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ސިޓީ މި ވަގުތު ލީގުގެ އެއް ވަަނައިގައި އޮތީ ދެ ވަނައިގައި އޮތް ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ގާޑިއޯލާ ބުނީ މީގެ ކުރިން ޕްރިމިއާ ލީގުގައި މަސައްކަތްކުރި ގިނަ ކޯޗުން ވަނީ ލީގުގެ ޝެޑިއުލަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން އެކަށީގެންވާ ވަރަށް މަޝްވަރާނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފައި ކަމަށެވެ. ގާޑިއޯލާ މި ފަހަރު އެ ވާހަކަ ދެއްކީ މަޖާޒީ ގޮތަކަށެވެ. އޭނާ މިސާލު ޖެހީ އަބަދުވެސް އެ ފަދަ ކަންކަމުގައި ބޭނުންކުރާ ރާއްޖޭގެ ވާހަކަ ހިމަނައިގެންނެވެ.

"އެ މީހުން (ލީގުން) ހޮނިހިރު ދުވަހު ކުޅެން ބުނެފިއްޔާ އެ ދުވަހު ކުޅޭނަން. އެ މީހުން (ލީގުން) އަންގާރަ ދުވަހު ކުޅެން ބުނެފިއްޔާ އަންގާރަ ދުވަހު ވެސް ކުޅޭނަން. ބުރާސްފަތި ދުވަހު ވެސް ކުޅެފާނަން. އަހަރެން އެކަމާ ނުރުހުނަސް މައްސަލައެއް ނޯންނާނެ. މާ ގޯސްވިއްޔާ އަހަރެން ސިޓީގެ ކޯޗަކަށް ނުހުންނާނެ. އަހަރެން ދާނަން ރާއްޖޭގެ ލީގަށް، އޭރުން ހަފްތާ އަކު އެއް މެޗު ކުޅެން ޖެހޭނީ،" ގާޑިއޯލާ ބުންޏެވެ.

"އަހަރެން ވަރަށް ގަޔޭވޭ (ރާއްޖޭގައި) ރުށްދަށުގައި އަރާމްކުރަން ހުންނަން. އެއީ އެންމެ ހިތްހަމަޖެހޭ އެއް ކަންތައް،"

ގާޑިއޯލާ ވަނީ މި އަހަރުގެ ޖެނުއަރީ މަހުގައި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ވެސް ރާއްޖޭގެ ވާހަކަ ދައްކައިފަ އެވެ. އެ ފަހަރު ގާޑިއޯލާ ބުނީ ލީގުގެ އެއް ވަނައިގައި ސިޓީން އޭރު 11 ޕޮއިންޓަށް ލީޑުފުޅާކުރުމުން އެ ޓީމަށް ލީގުގެ ޗެމްޕިއަންކަން ލިބުނީ ކަމަށް ޕްރިމިއާ ލީގުގެ ޓީމުތަކުން ނިންމައި ތަށި ހަވާލުކޮށްފިނަމަ ދިވެހި ރާއްޖެ އަށް ޗުއްޓީ އަކަށް ދާނެ ކަމަށެވެ.

އޭގެ ކުރިން، ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާޑިއޯލާ ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކޮށްދިނުމަށް ވުރެ، ރާއްޖޭގެ ކްލަބަކާ ހަވާލުވާން ނޫނީ ގޮލްފް ކުޅެން މާ ޝައުގުވެރިވާނެ ކަމަށް ވެސް ބުނެފަ އެވެ. ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗަކަށް ހުރިއިރު، ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ގާޑިއޯލާ ބުނީ ފުޓްބޯޅައިގެ މާހައުލުން ދުރުވެލަން އޭނާ އަށް އެންމެ ހިތްގައިމީ ރާއްޖެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox