އޭ އެންމެހައި މީސްތަކުންނޭ އެވެ!

އޭ އެންމެހައި މީސްތަކުންނޭ އެވެ!

މުޅި އިންސާނިއްޔަތާ މުހާތަބުކުރެވުނު އާޔަތްތަކުން ލިބިދޭ މެސެޖްތަކަށް ފާއިތުވި ހުކުރު ދުވަސްތަކުގައި ބަލާލާފައިވާނެ އެވެ. އަދި ކޮންމެ މެސެޖަކަށް ތަފުސީލުކޮށް އަލިއަޅުވާލައި، އެ މެސެޖަކާ ހާއްސަކުރެވިފައިވާ ގުރުއާނުގެ އާޔަތްތައް އެ މެސެޖެއްގެ މައުޟޫގައި ފާހަގަކޮށްލާފައި ވާނެ އެވެ. ކުރިންވެސް ފާހަގަކޮށްލި ފަދައިން، މުޅި އިންސާނިއްޔަތާ މުހާތަބުކުރެވިފައިވާ 19 އާޔަތެއް ގުރުއާނުގައި ވެ އެވެ. ވިހި އާޔަތެއްގައި "އޭ އެންމެހާ މީސްތަކުންނޭ އެވެ!" މި ކަލިމަ އޮތް ނަމަވެސް އެ އާޔަތުގައި މުޅި އިންސާނިއްޔަތަށް މުހާތަބު ނުވާ ވާހަކަ ވެސް ދެންނެވިފައިވާނެ އެވެ. އެއީ އަންނަމްލު ސޫރަތުގެ 16 ވަނަ އާޔަތެވެ.

ފުރަތަމަ މެސެޖަކީ ހެއްދެވި ފަރާތް ބުނެދިނުމެވެ. ހެއްދެވި ފަރާތް ބުނެދީފައިވާ އާޔަތްތަކުގައި ހެއްދެވި ފަރާތް ވޮޑިގެންވާކަން ބަޔާންކޮށްދީ އަންގައިދިނުމަށް މިސާލުޖައްސަވައި ބުއްދީގެ ހަމަ ދައްކަވާފައިވެ އެވެ. ބުއްދިން ވިސްނުމަށް ދައުވަތު ދެއްވައި، ސުވާލު ކުރިމަތިކުރުމުގެ މޭރުން ގެންނަވާފައިވެ އެވެ. ހެއްދެވި ފަރާތް ދެނެގަނެވިއްޖެނަމަ އަޅުކަންކުރަންވީ ފަރާތާމެދު ސުވާލެއް ނެތްކަން އާޔަތްތަކުން ދައްކުވައިދީފައިވެ އެވެ. މާތް ﷲގެ އެންމެ މުހިންމު ސިފަފުޅުތައް ބަޔާންކޮށްދެއްވާފައިވެ އެވެ. ހެއްދެވި ހާލިގުވަންތަ ފަރާތްކަމެވެ. ރިޒުގު ދެއްވާ ފަރާތްކަމެވެ. ބައްލަވާ ވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ފަރާތްކަމެވެ. އަޅުކަން ހައްގުވެގެންވާ ތަގުވާވެރިވުން ހައްގުވެގެންވާ ފަރާތްކަމެވެ.

ދެވަނަ މެސެޖަކީ، ރަސޫލާއާއި ރިސާލަތު ބުނެދިނުމެވެ. މާތް ﷲ އެކަލާނގެ މެސެޖްތަކައިގެން ރަސޫލަކު ފޮނުއްވިކަމަށް މިއާޔަތްތަކުގައި އަންގަވަ އެވެ. އެރަސޫލާއަކީ އޭގެ ޒާތުގައި އެރިސާލަތުގެ ތެދުކަންމައްޗަށް ހެކިދޭ ހުއްޖަތެއްކަމުގައި ސިފަކުރައްވާފައިވެ އެވެ. ދިމާ ހާމަޔަށް ނަބީކަމުގެ ސިފަތައް އިތުރު އެކަލޭގެފާނުގެ ކިބައިން ފާޅުވާތީ އެވެ. ލިޔަންކަން އެނގިވަޑައިގަތުމަކާ ނުލައި ވަހީގެ ޒަރީއާއިން މުޅި އިންސާނިއްޔަތަށް ދެއްކެވި ކީރިތި ގުރުއާނަކީ އެކަމުގެ އެންމެ ބޮޑު މުއުޖިޒާތެވެ.

އިތުރު އެކަލޭގެފާނުގެ ސިފަފުޅުތަކުގެ އިތުރުން އެކަލޭގެފާނުގެ ދައުވަތުގެ އަސާސްތައް ބައްޓަންކުރަންވީ މަންހަޖު އާޔަތްތަކުގައި ބަޔާންވެފައިވެ އެވެ. އެގޮތުން ބަޔާންކުރެވުނު ހަތް އަސާސް ރަސޫލާއާއި ރިސާލަތު އަންގައިދިނުމުގެ މައުޟޫގައި ބަޔާންކޮށްފައިވާނެ އެވެ.

މިއާޔަތްތަކުގައި ބަޔާންވި އަނެއް ކަމަކީ، އެކަލޭގެފާނު ގެންނެވި ރިސާލަތު ނުވަތަ ގުރުއާނުގެ ހަގީގަތްތަކެވެ. ބައެއް ޢިލްމުވެރިން އެއީ ގުރުއާނުގެ ސިފަތަކެއް ކަމަށް ބަޔާންކުރެއްވިޔަސް އަޅުގަނޑު ބަޔާންކުރާ ހިތް އޮތީ ގުރުއާނުގެ ހަގީގަތްތައް ކަމަށެވެ. އެއީ ގުރުއާނަކީ މަގުތައް އަލިކުރާ ނޫރެއްކަމެވެ. ގުރުއާނަކީ ނަސޭހަތާއި ވައުޒެއްކަމެވެ. ގުރުއާނަކީ ފިކުރީ އެތައް ބަލިތަކެއްގެ ޝިފާކަމެވެ. ގުރުއާނަކީ ރަހުމަތެއްކަމެވެ.

ތިންވަނަ މެސެޖަކީ، ގިޔާމަތްވާނެކަމާއި މަރުވާނެކަން ބުނެދިނުމެވެ. އޭގެ ތެރޭގައި ގިޔާމަތް ދުވަހުގެ ވާހަކައާއި މަރުވާނެކަން އަންގައިދިނުން ހިމެނެ އެވެ. އަދި އެނބުރިދިއުންވަނީ ﷲ ގެ ހަޒުރަތަށްކަން ބަޔާންކޮށްދިނުން ހިމެނެ އެވެ. މިއާޔަތްތަކުގައި ގިޔާމަތްދުވަހުގެ ބިރުވެރިކަން ސިފަކޮށްދެއްވާފައި ވެއެވެ. އެދުވަކީ އެހެން މީހަކަށް އޭނާ ނޫން އަނެކާއަށް އެހީތެރިކަމެއް ދެވޭނެ ދުވަހެއް ނޫންކަން ބަޔާންކޮށްދެއްވާފައި ވެއެވެ.

މަރު ހަނދާން ކޮށްދިނުމާއި މަރާމެދު ވިސްނުމަށް ދައުވަތުދެއްވާފައިވަނީ، ޝައްކުގެ ނަޒަރުން ބަލައި އުޅޭ ޝައްކުވެރިންނަށެވެ. އެމީހުންނަށް މިއާޔަތްތަކުގައި މަރުގަންނަވާ މާތް ﷲ އާ މެދު ވިސްނުމަށް ދައުވަތުދީފައި ވެއެވެ. ދުނިޔޭގެ ދިރިއުޅުން ރީތި މިސާލުން ކިޔައިދެއްވާފައި ވެއެވެ. ޔޫނުސް ސޫރަތުގެ 24،25 އަދި ޙައްޖު ސޫރަތުގެ 5 ވަނަ އާޔަތް ދުނިޔޭގެ ދިރިއުޅުމުގެ ހަގީގަތް ދެނެގަތުމަށް ފުދި އިތުރެވެ.

ހަތަރުވަނަ މެސެޖަކީ ޝައިތާނާއަކީ ފާޅުވެގެންވާ އަދާވާތްތެރިއެއްކަން އަންގައިދިނުމެވެ. އެގޮތުން އޭނާއަކީ އަހަރެމެން އިންސާނުން ހެއްލުންތެރިކުރާ އެއްޗެއްކަމަށް ބަޔާންކޮށް އޭނާގެ ފިޔަވަޅުތަކުން ނުހިނގުމަށް އަންގަވާފައި ވެއެވެ. ޝައިތާނާއަކީ މަކަރުވެރި އެއްޗެއްކަން ބަޔާންކޮށްދެއްވާފައި ވެއެވެ. އަދި އޭނާގެ ދަންތުރަތަކުން ސަލާމަތްވެވޭނެ އެންމެ ސާފު މަގު ދައްކުވައިދީފައި ވެއެވެ. އެއީ "ހަލާލް އަދި ރަނގަޅު" މި ކޮންސެޕްޓެވެ. މީގެ ތަފުސީލެއް ޝައިތާނާ ބުނެދިނުމާ ގުޅޭ މަޒުމޫނުގައި ގެނެސްދީފައި ވާނެ އެވެ. ހަރާން އެއްޗެއްސާ ދުރުވެގަތުމުގެ އިތުރުން ހަލާލު ކޮންމެ އެއްޗެއް ކޮންމެ ކަމެއް ކޮންމެ މިނަކަށް ގެނެސް ނުގަތުމެވެ. ހަލާލު އެއްޗެއްސާއި ކަންކަމުގައި ރަނގަޅު މިންވަރުތަކާއި ރަނގަޅު މިންގަނޑުތައް އިހުތިޔާރުކުރުމެވެ. ޝައިތާނީ ދައުވަތަކީ ކޮންމެހެން ހަރާން އެއްޗެއްގެ ނުވަތަ ކަމެއްގެ މައްޗަށް ބިނާވެފައިވާ ދައުވަތަކަށްވުން ލާޒިމްނުވާކަމާއި، ހަލާލު އަދި ރަނގަޅު ކޮންސެޕްޓުން އެއްކިބާވެފައިވާ އެއްޗެއްސާއި ކަންކަން ހިމެނޭ ދައުވަތުތައް އެއީ މަކަރުވެރި ޝައިތާނާގެ ގޮވާލުންތައްކަމަށް ސަމާލުކުރުވާފައި ވެއެވެ.

މިދެންނެވުނީ މައިގަނޑު މެސެޖްތަކެވެ. ހެއްދެވި ފަރާތް ބަޔާންކޮށްދެއްވުމަށް ހަ އާޔަތް ހާއްސަކުރެވުނު ފަދައިން ރަސޫލާއާއި ރިސާލަތު ބަޔާންކޮށްދެއްވުމަށް ހަ އާޔަތް ހާއްސަކުރެވިފައި ވެއެވެ. އެކަމުގެ ސަބަބަކީ، ޝަހާދަތުގެ ދެކަލިމައިގައި ހިމެނޭ ދެބައިގެ ގުޅުމުގެ ވަރުގަދަކަންމައްޗަށް ކީރިތި ގުރުއާނުން ލިބޭ އަލިގަދަ ދަލީލެއްގެ ގޮތުގަ އެވެ.

ޝައިތާނާއާ ގުޅޭ އާޔަތްތަކުގައި އިބްލީސްގެ ލަފުޒު ބޭނުންކުރެވިފައިނުވާކަން ފާހަގަވެފައި ވެއެވެ. އިންޒާރުދެއްވުމުގައި ނަރަކައިގެ އަޒާބުގެ ވާހަކައިގެ ބަދަލުގައި ގިޔާމަތް ދުވަހުގެ ވާހަކައިން ކުރުކުރައްވާފައި ވެއެވެ. އަދި މަރާމެދު ވިސްނާފިކުރުކުރުމަށް ދައުވަތު ދެއްވާފައި ވެއެވެ.

މިމެސެޖްތައް ލިބި ކާފަރުވާ މީހުންނަށް ހާއްސަ މެސެޖްތަކެއް ވެސް ދެއްވާފައި ވެއެވެ. އެބައިމީހުން ކާފަރުވިޔަސް ﷲ ފުދިވޮޑިގެންވާކަމާއި، އަދި މުސްލިމުން ވެސް ފުދިގެންވާކަން ބަޔާންކޮށްދެއްވުމެވެ. ކުރެވޭ ކަމެއްގެ ނަތީޖާގެ ބަދަލުގައި ތި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން އަންގައިދިނުމެވެ. އަދި އިސްލާމްދީނުގެ ދައުވަތަށް އިޖާބަ ނުދިނުމަކީ އެދައުވަތު ދޭ މީހާއަށް ގެއްލުމެއް ހުރި ކަމެއް ނޫންކަން މީސްތަކުންނަށް ބަޔާންކޮށްދެއްވުމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox