ކްލޮޕް، އިތުރު ހަތަރު އަހަރަށް ލިވަޕޫލްގައި މަޑުކުރަން އެއްބަސްވެއްޖެ

Apr 28, 2022, 4:15 PM
ކްލޮޕް، އިތުރު ހަތަރު އަހަރަށް ލިވަޕޫލްގައި މަޑުކުރަން އެއްބަސްވެއްޖެ

ލިވަޕޫލް (އޭޕްރީލް 28) - އިނގިރޭސި ގަދަބާރު ލިވަޕޫލްގެ ކޯޗުގެ މަގާމުގައި އިތުރު ހަތަރު އަހަރަށް މަޑުކުރަން ޖަރުމަނުގެ ކޯޗު ޔާގެން ކްލޮޕް ނިންމައިފި އެވެ.

ލިވަޕޫލާ އެކު ކްލޮޕް ކުރިން ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ. އެކަމަކު، މިއަދު މި ސޮއިކުރި ކޮންޓްރެކްޓްގައިވާ ގޮތުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކްލޮޕް ލިވަޕޫލްގައި މަޑުކުރާނެ އެވެ. އަދި ކްލޮޕްގެ ކޯޗިން ޓީމުގެ ކޮންޓްރެކްޓް ވެސް ވަނީ އާ ކޮށްފަ އެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން، ކްލޮޕް، 2015 ވަނަ އަހަރު އޮކްޓޫބަރު މަހު ލިވަޕޫލް ކޯޗުކަމާ ހަވާލުވިއިރު، އޭނާ އަކީ މި ވަގުތު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ކްލަބްތަކުގެ ތެރެއިން އެއް ޓީމެއްގައި އެންމެ ގިނަ ދުވަސްވީ ކޯޗެކެވެ.

ލިވަޕޫލް ހިންގަމުން އަންނަ އެެމެރިކާގެ ކުންފުނި، އެފްއެސްޖީން ކްލޮޕަށް އާ ކޮންޓްރެކްޓެއް ދޭން ނިންމީ އޭނާ އެ ކްލަބްގައި ކުރަމުން އަންނަ މަސައްކަތް ރަނގަޅުވުމުންނެވެ.

ކްލޮޕް ބުނީ ލިވަޕޫލުން ކޮންޓްރެކްޓް އާ ކުރަން ހުށަހެޅުން ވަގުތުން އެ ޕްރޮޕޯސަލް ބަލައިގަންނަން ނިންމީ ދެ ވަަނަ ވިސްނުމެއް ނެތި ކަމަށެވެ. އެއީ ލިވަޕޫލަކީ އޭނާ ހިތުގައި ހާއްސަ މަގާމެއް ދެވިފައި އޮތް ކްލަބަކަށްވާއިރު، އެ ޓީމާ އެކު އިތުރު ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް ކްލޮޕް ބުނެ އެެވެ.

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި ލީގު ކަޕް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ތެރެއިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދީ 30 އަހަރު ފަހުންނެވެ. އަދި ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލީ ލިވަޕޫލް ތާރީހުގައި ފުރަތަަމަ ފަހަރަށެވެ.

ކްލޮޕްގެ ކޯޗުކަމުގައި މި ސީޒަނުގައި ލިވަޕޫލުން ވަނީ ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ. އޭގެ އިތުރުން މި ސީޒަނުގައި ބާކީ އޮތް ތިން މުބާރާތުގެ ތަށްޓަށް ވެސް ލިވަޕޫލުން ވާދަކުރެ އެވެ.

އަންނަ މަހު 14 ވަނަ ދުވަހު އެފްއޭ ކަޕްގެ ފައިނަލުގައި ޗެލްސީއާ ކުޅޭނެ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ވިޔަރެއާލް އަތުން ލިވަޕޫލް ވަނީ 2-0 އިން މޮޅުވެފަ އެވެ. ޕްރިމިއާ ލީގުގެ ފަހު މެޗުތަކަށް ނުކުންނައިރު، ލިވަޕޫލް ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox