ރަށު ނޯޓު: އއ. ފެރިދޫ

އއ. ފެރިދޫ: މި ރަށު ރައްޔިތުން އާމްދަނީ ހޯދުމަށް ކޮށްއުޅޭ އެންމެ ދުވަސްވީ މަސައްކަތަކީ ފަރުމަހު މަސްވެރިކަން. ނަމަވެސް މިހާރު ޓޫރިޒަމްގެ ވިޔަފާރި އަންނަނީ ފުޅާވަމުން. -- ފޮޓޯ: އަދަދު

އއ. ފެރިދޫ: މި ރަށު ރައްޔިތުން އާމްދަނީ ހޯދުމަށް ކޮށްއުޅޭ އެންމެ ދުވަސްވީ މަސައްކަތަކީ ފަރުމަހު މަސްވެރިކަން. ނަމަވެސް މިހާރު ޓޫރިޒަމްގެ ވިޔަފާރި އަންނަނީ ފުޅާވަމުން. -- ފޮޓޯ: އަދަދު

އައްސުލްތާން މުހައްމަދު މުއީނުއްދީން (1) ގެ ރަސްކަމުގެ ދުވަސްވަރު (1799 އިން 1835 އަށް) އެ ރަސްގެފާނު އެފްރިކާއިން ގެންނެވި ތިން ބަބުރުން ދުވަސްކޮޅަކު ގެންގުޅުއްވުމަށްފަހު އަރިއަތޮޅު އުތުރުބުރީ ފެރިދޫއަށާއި، މާޅޮހަށާއި، ހިމަންދޫއަށް ފޮނުވާލެއްވި އެވެ. ހިމަންދޫއަށް ފޮނުވައިލެއްވީ ބަބުރުގެ ނަމަކީ ބިލާލެވެ. މާޅޮހަށް ފޮނުވައިލެއްވި ބަބުރުގެ ނަމަކީ މަރުޖާނެވެ. ފެރިދުއަށް ފޮނުވާލެއްވި ބަބުރުގެ ނަމަކީ ސަންގޯރެވެ. އޭނާ އެރަށުގައި ދިރިއުޅެ، އެރަށުން މީހަކާ އިނދެ ހަ ކުދިން ލިބުނު ކަމަށް ވެ އެވެ. ފެރިދޫގެ ކުރީގެ ކަތީބު ސައުދު އަބްދުލްކަރީމް ލިޔުއްވާފައިވާ ގޮތުގައި ފެރިދޫއަށް ސަންގޯރު ފޮނުއްވާލެއްވި ދުވަސްވަރަކީ ފެރިދޫ ފަޅުވެފައި އޮތުމަށްފަހު އާބާދުވާން ފެށި ދުވަސްވަރެވެ. އެ މަދު އާބާދީގެ ތެރޭގައި ދެމިގެންދިޔައީ ފެރިދޫއަށް ފޮނުވާލެވުނު ސަންގޯރުގެ ދަރިފަސްކޮޅެވެ.

އަރިއަތޮޅު އަރުމާދު ރައިވަރުގައި ބަނޑޭރި ހަސަން މަނިކުފާނު ބަޔާންކުރައްވާފައިވާ ގޮތުން އައްސުލްތާން މުހައްމަދު މުއީނުއްދީން އަރިއަތޮޅު އަރުމާދުގައި ފެރިދޫއަށް ފައިބައިވަޑައިނުގަންނަވަ އެވެ. މިކަމުގެ ސަބަބެއް އަރުމާދު ރައިވަރުން އެނގޭކަށް ނެތެވެ. ތާރީހީ ބައެއް ދިރާސާތަކުގައި މިކަމުގެ ސަބަބަކީ އެރަށުގައި ސަންގޯރުގެ އާއިލާ އާބާދުވެފައި އޮތުން ކަމަށް ބުނެ އެވެ. ރައިވަރުގައި ބުނެފައިވާ ގޮތުން ރަދުން އެ ދަތުރުފުޅު ކުރެއްވީ ހިޖްރައިން ހާހާއި ދުއިސައްތަ އަށާރަ ވަނަ އަހަރުގެ ދެ އީދު ދޭތެރޭ މަހުގަ އެވެ. އެއީ ޒުލްގައިދާ މަހެވެ. މީލާދީ ސަނަތުން ބެލީމާ އެއީ 1804 ވަނަ އަހަރެވެ. އޭރު މާލެއިން ބަބުރުން ފޮނުވާލެއްވިތާ ދުވަސްތަކެއް ވެއްޖެ އެވެ. ރަދުން ފެރިދޫއަށް ފައިބައިވަޑައިނުގަތީ އެރަށުގައި ސަންގޯރުގެ އާއިލާ އާބާދުވެފައި އޮތުމުން ކަމަށް ބުނާ ބުނުމަކީ އެންމެ ނަޒަރިއްޔާ އެކެވެ. އަރިއަތޮޅު އަރުމާދުގައި މަތިވެރި، އުކުޅަސް، ދަނގެތި، ކުނބުރުދޫ އަދި ފޮޅުދޫއަށްވެސް ރަދުން ފައިބައިވަޑައިނުގަންނަވަ އެވެ. އެކަމަކު ހިމަންދޫއަށް ވަޑައިގެންނެވި އެވެ. އެރަށަކީ ބަބުރު ބިލާލު ފޮނުވައިލެއްވި ރަށެވެ. އެހެންވީމާ، ފެރިދޫއަށް ވަޑައިނުގެންނެވީ އެރަށުގައި ސަންގޯރު ދިރިއުޅޭތީ ކަމަށް ބުނެވޭ ބުނުމަކީ ބަލިކަށި ބުނުމެކެވެ.

ފެރުދޫއަކީ ގަސްބޯ، ރީތި ގޮނޑުދޮށެއް އޮންނަ ބިޔަ ރަށެއް -- ފޮޓޯ: އަދަދު
ފެރުދޫއަކީ ގަސްބޯ، ރީތި ގޮނޑުދޮށެއް އޮންނަ ބިޔަ ރަށެއް -- ފޮޓޯ: އަދަދު

ފެރުދޫއަކީ ގަސްބޯ، ރީތި ގޮނޑުދޮށެއް އޮންނަ ބިޔަ ރަށެއް -- ފޮޓޯ: އަދަދު

އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބޮޑުމިނުގައި ހުރީ 44.2 ހެކްޓަރެވެ. ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ ޔޫ-2 އެވެ.

ނަވާރަސަތޭކަ އަށްޑިހަ ފަސްވަނަ އަހަރާ ހަމައަށް ދިޔައިރު ފެރިދޫގެ އާބާދީއަކީ 196 އަންހެނުންނާއި 190 ފިރިހެނުންނާއެކު ޖުމްލަ 308 މީހުންނެވެ. އޭގެ އޮނަތިރީސް އަހަރު ފަހުން، 2014 ވަނަ އަހަރު ހިންގި ބޯހިމެނުމުގައި އެރަށުގައި ތިބި ކަމަށް ދައްކަނީ 196 އަންހެނުންނާއި 217 ފިރިހެނުންނާއެކު ޖުމްލަ 413 މީހުންނެވެ. އޮނަތިރީސް އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 105 މީހުންނެވެ. އެހެންނަމަވެސް 2017 ބޯހިމެނުމަށް ބަލާއިރު ރަށުގެ އާބާދީ އޮތީ ދެގުނަ އިތުރުވެފަ އެވެ. އެފަހަރު އާބާދީގައި 371 އަންހެނުންނާއި 439 ފިރިހެނުންނާއެކު ޖުމްލަ 810 މީހުން ތިއްބެވެ. ފެބުރުއަރީ 2022 ގެ ނިޔަލަށް ބަލާއިރު، މިހާރު ރަށުގެ އާދާބީއަކީ 386 އަންހެނުންނާއި 453 ފިރިހެނުންނާއެކު ޖުމްލަ 839 މީހުންނެވެ. އޭގެ ތެރެއިން ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 500 އެއްހައި މީހުންނެވެ.

މި ރަށު ރައްޔިތުން އާމްދަނީ ހޯދުމަށް ކޮށްއުޅޭ އެންމެ ދުވަސްވީ މަސައްކަތަކީ ފަރުމަހު މަސްވެރިކަމެވެ. މިހާރު އެކި ބާވަތްތަކުގެ ވިޔަފާރިއާއި، ސަރުކާރާއި ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކުން އުފެދޭ ވަޒީފާތަކަކީ މިރަށަށް އާމްދަނީ ވަންނަ މައިގަނޑު މަގެވެ.

އާންމު ވިޔަފާރީގެ ހަތަރު ފިހާރައެއް މިރަށުގައި ހިންގަ އެވެ. ކާބޯތަކެތީގެ ހިދުމަތްދޭ ތިން ތަނެއް ހުރިއިރު ބޭކަރީއަކާއި ފަތުރުވެރިންނަށް އަމާޒުކޮށް އުފައްދާ ތަކެތި ވިއްކާ ފިހާރައެއް ހުރެ އެވެ. ރަށުގައި އަމިއްލަ ފަރާތެއްގެ ބައިވެރިވުމާއެކު މީޑިއާނެޓް މެދުވެރިކޮށް ކޭބަލްޓީވީއާއި އިންޓަނެޓްގެ ހިދުމަތް ލިބެން ހުރެ އެވެ.

ދެހާސް ނަވާރައިގައި އއ. ފެރިދޫގައި "ރަށު ޕިކަޕެއް" ދުއްވާފައި ދާއިރު، ޓޫރިސްޓުންތަކެއް ހިނގާފައި އަންނަނީ. -- ފޮޓޯ: އަދަދު
ދެހާސް ނަވާރައިގައި އއ. ފެރިދޫގައި "ރަށު ޕިކަޕެއް" ދުއްވާފައި ދާއިރު، ޓޫރިސްޓުންތަކެއް ހިނގާފައި އަންނަނީ. -- ފޮޓޯ: އަދަދު

ދެހާސް ނަވާރައިގައި އއ. ފެރިދޫގައި "ރަށު ޕިކަޕެއް" ދުއްވާފައި ދާއިރު، ޓޫރިސްޓުންތަކެއް ހިނގާފައި އަންނަނީ. -- ފޮޓޯ: އަދަދު

ފެރިދޫގެ އިގްތިސާދު މިހާރު ދަނީ ފަތުރުވެރިކަމާ ދިމާއަށް އެނބުރެމުންނެވެ. މިވަގުތު ރަށުގައި އަށް ގެސްޓްހައުސް އެބަހުއްޓެވެ. އިތުރު ގެސްޓްހައުސްތަކެއް ހަދައި، ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށް އެބަ ދެ އެވެ. މިރަށުގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރައިގެން ދަނީ ވަރަށް ބާރަށެވެ.

މިވަގުތު ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ރަނގަޅު ބަނދަރެއް ނެތުމާއި، ރަށް ގިރުމުގެ މައްސަލައާއި ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމެވެ. ފުލުހުންގެ ހިދުމަތް ލިބެން ނެތުމަކީވެސް ރަށު ކައުންސިލުން ފާހަގަކުރި ކަންބޮޑުވުމެކެވެ.

ރަށްގިރުމުގެ މައްސަލަ އޮތީ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ހިސާބުގަ އެވެ. ރަށަށް އުދައަރައި ފަސްގަނޑު ދަމާލުމުން ރަށްވެހިގޭގެ ދެބައިކުޅަ އެއްބައި ވެއްޓުމުގެ ހާދިސާ ކުރިމަތިވީ ނިމިދިޔަ މާޗް މަހު އެވެ.

މިހާރު ރަށުގައި ހިނގަމުންދާ ޕްރޮޖެކްޓްތަކަށް ބަލާއިރު، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އެބަ ދެ އެވެ. ރަށު ކައުންސިލްގެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނި މެނޭޖްކުރެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޮތީ ފެށިފަ އެވެ. ރަށުގައި ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް އެބަ ދެ އެވެ. ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އޮތީ ޕްލޭންކުރެވިފަ އެވެ. ސަރުކާރުގެ މަޝްރޫއުތަކާ ގުޅޭ މައުލޫމާތުދޭ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، ސަރުކާރުން އަމާޒު ހިފާފައި އޮތީ 2023 ގެ ނިޔަލަށް ބަނދަރުގެ މަސައްކަތް ނިންމުމަށެވެ. އެ ޕްރޮޖެކްޓްގެ ތެރެއިން ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ އެވެ.

އަރިއަތޮޅު މިހާރު އޮތީ ފެރީގެ ނިޒާމަކުން ގުޅާލެވިފަ އެވެ. ޖުލައި 1، 2021 ގައި ފެށުނު ދަތުރުފަތުރުގެ ނިޒާމާއެކު، ދެއަތޮޅުގެ ހުރިހާ ރަށްތަކުގެ ގުޅުންތަކަށާއި، އިގްތިސާދަށްވެސް ވަރަށް ބޮޑު ކުރިއެރުންތަށް ލިބިގެންދިޔަކަން ފެރިދޫގެ އިތުރުން އަތޮޅުގެ ހުރިހާ ރަށަކުންވެސް ފާހަގަ ކުރެ އެވެ. ދެން އޮތް މަރުހަލާއަކީ ދަތުރުފަތުރުގެ ނިޒާމު ތަރައްގީވެގެން ދިއުމެވެ.

ދިވެހިންގެ ސަގާފަތުގައި ބޮޑުބެރާއި އޭގެ ހަމަތަކަކީ ފަހުރެކެވެ. މިއީ ފެރިދޫއިން އުފަންވެ ރާއްޖެއަށް ތައާރަފްވި ސަގާފަތެއް ކަމަށް ބައެއް ދިރާސާތައް ބުރަވެ އެވެ. މިހާރުވެސް ފެރިދޫގައި މި ފަންނަށް ކުޅަދާނަ އެތައް ބަޔަކު އެބަތިއްބެވެ. ބޮޑުބެރުގެ އިތުރުން ސަގާފީ އެތައް ކުޅިވަރުތަކެއްގައިވެސް މިރަށަކީ ފާހަގަކޮށްލެވުނު ރަށެވެ. ޒަމާނުގެ އަތުން ބައެއް އާދަތައް ހުއްޓުވާލާފައި އޮތްނަމަވެސް ބުނެދޭން ނޭނގޭ، ތަޖުރިބާއިން މެނުވީ އިހުސާސްނުވާނޭ ތަފާތެއް ފެރިދޫގެ ރައްޔިތުންގެ ކިބައިން ފެންނާނެ އެވެ.

މިރަށުގައި ފައްކާވަމުންދާ ގެސްޓްހައުސްގެ ވިޔަފާރިއަކީ ރަށު ރައްޔިތުންގެ ނަޒަރުގައި ރަށުގެ މުސްތަގުބަލެވެ. ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއިން ނަފާ ހޯދާއިރު އެކަމުގެ ތެރެއިން ރަށުގެ ސަގާފީ އާދަތައް ދިރުވުމަށް އިތުރު ޖޯރެއް ލުމަށް ކައުންސިލުން އޮތީ ނިންމާފަ އެވެ. ފެރިދޫގެ ގުދުރަތީ ރީތިކަމުގެ އިތުރުން، ދިވެހިންގެ ސަފާގީ އާދަތަކުގެ ފުރިހަމަކަމަކީ ވެސް ފެރިދޫއަށް ހިތްކިޔާނޭ ސަބަބެކެވެ. މި އީދު ޗުއްޓީއަށް ފެރިދޫގެ ގެސްޓްހައުސްތައް އޮތީ ފުލްވެފަ އެވެ. ގޭގޭގައި ކުއްޔަށް ދިނުމަށް ހާއްސަކޮށްފައިވާ ކޮޓަރިތަކުން އަދި ޖާގަ އެބަހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox