ތަމްރީނު ފުރުސަތާއި އެކު އެމްޓީސީސީއަށް 87 މުވައްޒަފަކު ހޯދަނީ

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ކުންފުނީގައި މިހާރު 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރޭ. އޭގެ ތެރެއިން ގިނައީ ދިވެހިން. ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: އެ ކުންފުނީގައި މިހާރު 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރޭ. އޭގެ ތެރެއިން ގިނައީ ދިވެހިން. ފޮޓޯ: އެމްޓީސީސީ

ބިންހިއްކުމުގެ މަަސައްކަތާއި ބަސް ދަތުރުގެ ހިދުމަތުގެ ދާއިރާގެ ވަޒީފާތަކުގެ 87 ފުރުސަތެއް އެމްޓީސީސީން ހުޅުވާލައިފި އެވެ.

ފުޅާދާއިރާއެއްގައި މުޅި ރާއްޖޭގައި ބޮޑެތި މަސައްކަތްތަކެއްކުރާ އެމްޓީސީސީން އެ ފުރުސަތުތައް ހުޅުވާލީ އެ ކުންފުނީގެ "ހުނަވަރު ޓްރެއިނިން ޕްރޮގްރާމް" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުންނެވެ. އެމްޓީސީސީން ބުނީ އެއީ ވަޒީފާގެ ފުރުސަތުތަކަކީ ދިވެހިން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ވަޒީފާއަށް ހުޅުވާލަނީ، އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޝަނާއި މެރިން ޓްރާންސްޕޯޓު ޑިވިޝަނުންނެވެ. އަލަށް ހުޅުވައިލި ގިނަ އަދަދެއްގެ ވަޒީފާއަ ބެހޭ މައުލޫމާތު ދޭން އެމްޓީސީސީން މިއަދު ބޭއްވި ނޫސްްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ޑްރެޖަރުތަކުގައި މަސައްކަތްކުރުމަށް ޖުމްލަ 11 މަގާމަކަށް 65 ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި ޑްރެޖް މާސްޓަރުން، ޑްރެޖް އޮޕަރޭޓަރުން، ޑްރެޖް އޮޕަރޭޓަރު ޓްރެއިނީ، ޑްރެޖް މެނޭކްނިކް، ޑްރެޖް މެކޭނިކް ޓްރެއިނީ ހިމެނޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެެ ހުރިހާ މަގާމުތަކަކީ ވެސް ބޮޑު މުސާރައިގައި ދިވެހިންނަށް މަސައްކަތްކުރަން ލިބޭ ރަނގަޅު ފުރުސަތުތަކެއްކަމަށެވެ. ޑްރެޖުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް 15،000-30،000ރ. މުސާރައެއް ލިބޭނެކަމަށް އާޒިމް ވިދާޅުވި އެވެ.

titledesc

އޭނާ ވިދާޅުވިގޮތުގައި އެ ވަޒީފާގެ ފުރުސަތުތަކުގައި އެމްޓިސީސީގައި މިހާރު ހުރި ޑްރެޖަރުތަކާއި ޖުލއި މަސް ތެރޭ ގެންނަ އާ ޑްރެޖަރުތަކުގައި ވެސް މަސައްކަތްކުރެވޭނެ އެވެ.

އެމްޓީސީސީން ދޭ ބަސްދަތުރުގެ ހިދުމަތަށް ބޭނުންވާ ޑްރައިވަރުން ހޯދުން ވެސް މިފަހަރުގެ އިންޓޭކްގައި ހިމެނެ އެވެ. އެހެންވެ، އައްޑޫ ސިޓީގެ ފޭދޫއާއި ހުޅުމީދޫ، ފުވައްމުލައް ސިޓީ، ލ. ގަން އަދި ލ. އިސްދޫގައި 34 ބަހެއް ދުއްވާނެ ޑްރައިވަރުން ތަމްރީނުކުރުން ވެސް ހަނަވަރު ޕްރޮގްރާމްގައި އެބަ އޮތެވެ.

ބަސް ދުއްވަން ހޮވޭ ފަރާތްތަކަށް ވެސް ތިން މަސް ދުވަހުގެ ތަމްރީނެއް ދޭނެކަމަށް އާޒިމް މިއަދު ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެ ފަރާތްތަކަށް ލައިސަންސް ވެސް ލިބޭނެ އެވެ.

titledesc

ބަސް ޑްރައިވަރުންގެ ގޮތުގައި ވެސް މަސައްކަތް ކުރާ މީހުންނަށް 14،000-18،000ރ. ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. އެމްޓީސީސީން އެ މަގާމުތަކަށް މީހުން ހޮވުމަށްޓަކައި ޖުމްލަ 11 ރަށެއްގައި އޯޕަން ޑޭ ބާއްވަން ވަނީ ހަމަޖެހިފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox