ތޭރަ އަހަރުގައި އިމާމަކަށް: ހަންނަތު ދަރިފުޅަށް ދިން އެންމެ އަގުހުރި ހަދިޔާ އަކީ ދީނީ ތަރުބިއްޔަތު

ތޭރަ އަހަރުގައި އިމާމަކަށް: ހަންނަތު ދަރިފުޅަށް ދިން އެންމެ އަގުހުރި ހަދިޔާ އަކީ ދީނީ ތަރުބިއްޔަތު

ޅ ނައިފަރުގެ މަސްޖިދުލް ހާދީގައި ފަހު ދިހައިގެ ފުރަތަމަ ރޭއްސުރެ އިމާމުވެ ދަމު ނަމާދު ކުރަމުން އަންނަ ތޭރަ އަހަރުގެ ދަރިފުޅު، މިރުއާޝް ހުސައިން މިރުޒާގެ ތައުރީފުގައި ހައްނަތު މުހައްމަދަށް ތަކުރާރުކޮށް ބުނެވުނީ އެންމެ ޖުމްލަ އެކެވެ. "ދަރިފުޅަށް ދިނީ ހެޔޮ ތަރުބިއްޔަތެއް ކަން ބޮޑުވަމުން އަންނަ ވަރަކަށް މިރުއާޝް ސާބިތުކޮށްދެ" އޭ އެވެ. ކޮންމެވެސް ދުވަހަކުން އިމާމެއްގެ ގޮތުގައި ދަރިފުޅު ފެންނަން ކުރި އުންމީދު ޅަ އުމުރުގައި ހަގީގަތަކަށް ހަދައިދިނީތީ އެވެ. ހަގު އުމުރުއްސުރެ ގުރުއާން ކިޔެވުމަށް އުފެއްދި ޝައުގުގައި ބޮޑުވަމުން އައި އިރުވެސް ދޫ ނުކޮށް ހިފަހައްޓާތީ އެވެ. ކިޔެވުމާއި ސްކޫލުގެ ކާމިޔާބީ އަށް މަސައްކަތް ކުރާތީ އެވެ.

ހަންނަތު ގަބޫލުކުރާ ގޮތުގައި މިރުއާޝް 'ހިތް އަލި' ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައި ބޮޑުވުމުގެ އެންމެ މައިގަނޑު އަސްލަކީ ކުޑަ އިރުއްސުރެ ދެވުނު ދީނީ ތަރުބިއްޔަތެވެ. މިޒާޖުގައި ހުންނަ ކިޔަމަންތެރިކަމާއި ކިޔަވާ ތަކެތި ފަސޭހައިން ދަސްކުރުމުގެ ހުނަރާއި އޭގެ ސިއްރަކީ އެއީ އެވެ.

"އުމުރުން ތިން އަހަރުން ފެށިގެން ސޫރަތްތައް ދަސްކޮށްދޭން ފަށައިފިން. މިރުއާޝް ގެ ގާބިލިއްޔަތުކަން ހުރި ވަރަކުން. އެންމެ ކުޑަ އިރުއްސުރެ ވެސް އަޅުގަނޑާއި ދަރިފުޅު އެކުގައި ހޭދަކުރާ ހާއްސަ ވަގުތުކޮޅަށް ހެދީ ދެ ނަމާދު ދޭތެރޭގައި އެ އަންނަ ވަގުތުކޮޅު. އެ ގަޑީގައި އެކުގައި ގުރުއާން ކިޔަވާނީ. މިހާރު ވެސް އެވަގުތަކީ މިރުއާޝް އާއި ހަގު ދަރިފުޅާއެކު ގުރުއާން ކިޔެވުމުގައި ހޭދަކުރާ ވަގުތުކޮޅެއް،" އެކަނި ދެ ދަރިން ބަލަމުން، ޕާޓް ޓައިމްކޮށް ކޭކް އެޅުމާއި ބެޑްމިންޓަން ކޯޗުކަން ވެސް ކޮށްދޭ ހަންނަތު ބުންޏެވެ.

Advertisement

މިރުއާޝް އަކީ ނައިފަރުގެ ތިން މިސްކިތެއްގައި ރޯދަ މަހުގެ ފަހު ދިހައިގެ ދަމު ނަމާދުތައް ކުރުމަށް އެރަށުގައި ހިންގާ ހިފްޒު ކުލާހުން ހޮވައިގެން ފުރުސަތު ދިން ފަސް ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. އެއީ ކުޑަކުދިން ދީނަށް ހިތް ޖައްސުވައި، އިތުރު ކުދިން ދީނީ ކަންތައްތަކަށް ޝައުގުވެރިކުރުވުމުގެ މަގްސަދުގައި އެރަށުން އެއްބާރުލުން ދިން ނިންމުމެކެވެ. ބައެއް އެހެން ރަށްރަށުގައި ވެސް މި މަގްސަދުގައި 18 އަހަރުން ދަށުގެ ކުދިން ލައްވައި ދޭތެރެ ދޭތެރެއިން އިމާމުކަން ކުރުވައެވެ. ހުޅުމާލެ އާއި މާލޭގެ މިސްކިތްތަކުގައި ވެސް މަދުމަދުން ކުޑަކުދިން އިމާމުވެ ނަމާދު ކުރެ އެވެ.

ހަންނަތު ގަބޫލުކުރާ ގޮތުގައި މިފަދަ ފުރުސަތުތައް ދިނުމުން ދީނާ މެދު ކުދިން ހިތުގައި ލޯބި އިތުރުމަށް ޖާގަ އުފެދޭނެ އެވެ.

"މިރުއާޝް އަށް ގުރުއާނުގެ ވަރަށް ބޮޑު ބައި ހިތު ދަސްވެފައި ހުންނާތީ ލޮކްޑައުންގައި ހޭދަވި ރޯދަމަހު އިމާމެއްގެ ގޮތުގައި ބޭބެގެ އާއިލާ އާއި ގޭގެ މީހުން ހިމަނައިގެން ގޭތެރޭގައި ތަރާވީހާއި ދަމު ނަމާދުވެސް ކޮށްދިން. އެއީ ވަރަށް ކުރާ ހިތުން ކުރި ކަމެއް،" ހަންނަތު ބުންޏެވެ.

ދީނީ ކަންކަމަށް ކުދިން އަހުލުވެރިކުރުވުމާއި ސައިންސް

ކުޑަކުދިންނަށް ދީނީ ތަރުބިއްޔަތު ދިނުމާ ގުޅިގެން ގިނަ ދިރާސާތަކެއް ހެދިފައިވެ އެވެ.

ޓެކްސަސްގެ ސަން އެންޓޯނިއޯ ޔުނިވަސިޓީ އިން 2019 ވަނަ އަހަރު އެކުލަވައިލި ދިރާސާ ރިޕޯޓު 'މިކްސްޑް ބްލެސިންގް: ދަ ބެނެފިޝަލް އެންޑް ޑެޓްރިމެންޓަލް އިފެކްޓްސް އޮފް ރިލިޖަން އޮން ޗައިލްޑް ޑިވޮލޮޕްމަންޓް' ގައި ދީނީ ތަރުބިއްޔަތު ކުދިންނަށް ދިނުމާއި ދީންވެރި މައިންބަފައިންގެ ފަރާތުން ކުދިންގެ ހެދިބޮޑުވުމާއި ނަފްސާނީ ސިއްހަތަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ތަފްސީލީ ބަހުސެއް ގެނެސްދީފައިވެ އެވެ. ދިރާސާ އެކުލަވާލުމުގައި މައިގަނޑުކޮށް ބަލާފައިވަނީ، ކުދިންގެ ކިބައިގައި ހުންނަ މީހުންނާ މުއާމަލާތްކުރުމުގެ ހުނަރާއި، އަހުލާގީ މައްސަލަތަކަށާއި، ޖަޒުބާތުތައް ކޮންޓްރޯލް ކުރުމުގެ ގާބިލިއްޔަތުކަމާއި ބައެއް ކަހަލަ މާއްދާތަކުގެ ޓެސްޓު ނަތީޖާގެ މައްޗަށެވެ.

ނުވަ އަހަރުގެ ގިނަ އަދަދެއްގެ ކުދިން ހިމަނައިގެން ކުރި އެ ދިރާސާގެ އަލީގައި ދެނެގަނެވުނީ ދީނީ ތަރުބިއްޔަތުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށާއި އަހުލާގަށް ރަނގަޅު ނުފޫޒު އަންނަ ކަމަށެވެ. އެހެން ނަމަވެސް މައިންބަފައިން ގެންގުޅޭ ދީނީ އަގީދާގެ ސަބަބުން، ކުދިންގެ ކިޔެވުމަށް، ހާއްސަކޮށް ސައިންސާއި ހިސާބު ފަދަ މާއްދާތަކަށް ކުރަނީ ކިހާ ވަރެއްގެ އަސަރެއްކަން ދެނެގަނެވިފައެއް ނުވެ އެވެ.

އެކަމަކު ޔަގީންކޮށްފައިވާ ކަމަކީ، ދީނީ ތަރުބިއްޔަތުގެ ސަބަބުން ކުދިންގެ އިޖުތިމާއީ އަހުލާގަށް ރަނގަޅު ބަދަލު އަންނަ ކަމެވެ. ނަފްސާނީ ގޮތުން ވެސް ދުޅަހެޔޮ ކުދިންނަށް ވުމަށް އެހީތެރިވެދޭ ކަމެވެ.

މި ދިރާސާގެ ނަތީޖާ އާއި 2008 ވަނަ އަހަރު ހަމަ އެ ޔުނިވަސިޓީ އިން ނާސަރީ އުމުރުގެ ކުދިން ހިމަނައިގެން ކުރި ދިރާސާގެ ނަތީޖާ އާ ވެސް ދިމާވެ އެވެ.

އެހެން ނަމަވެސް، ދިރާސާގައި ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް ނުކުތާ އަކީ، ނަފްސާނީ ގޮތުން ދުޅަހެޔޮ ކުއްޖަކު ބިނާކުރުމަށް "ގަބީލާ" އެއްގެ އެހީތެރިކަން ބޭނުންވާ އިރު، ދީނަކީ ވެސް އޭގެ އެއް 'ޑިޕާޓްމަންޓް' އެވެ. ހެޔޮ ތަރުބިއްޔަތެއް ފުރިހަމަވާނީ މީގެ ތެރެއަށް އަދި އެތައް ކަމެއް ހިމެނިގެންނެވެ.

ށ ފީވަކަށް އުފަން އުމުރުން 19 އަހަރުގެ މުހައްމަދު އިނާން އަކީ ވެސް ހަގު އުމުރުއްސުރެ ދީނީ ކަންތައްތަކަށް އިސްކަންދޭ އާއިލާއެއްގެ ތެރޭގައި އުޅެ ބޮޑުވި ކުއްޖެކެވެ. ފުރާވަރަށް އެޅީއްސުރެ ދޭތެރެ ދޭތެރެއިން އެކި ނަމާދު ގަޑިތަކުގައި މިސްކިތްތަކުގައި އިމާމުވެ ނަމާދުކޮށްދެ އެވެ.

މިހާރު، ސަރުކާރު އޮފީހެއްގެ ވަޒީފާގައި އުޅޭ އިނާން އަކީ ސްކޫލުގައި އުޅުނުއިރު ކިޔެވުމުގައި ފާހަގަ ކޮށްލެވުނު މޮޅު ދަރިވަރެކެވެ. ބޮޑުވަމުން އައި އިރު ދޫފަރިތަ، އަހުލާގީ ގޮތުން ރަނގަޅު ސިފަތަކެއް ހުރި ކުއްޖެކެވެ.

"އެކަން ވާ ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ދީނީ ކަންކަމާ އުޅޭނަމަ ގުރުއާން ކިޔެވުމާއި ދީނީ ކަންކަން ދަސްކުރުމުގައި ވެސް ވަގުތު ތަކެއް އެބަ ހޭދަވޭ. އެހެންވީމަ ބޭކާރު ކަންތައްތަކަށް ދޭނެ ގިނަ ވަގުތު ނުހުރޭ. ދެން ގުރުއާން ކިޔެވުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހިތުދަސްކުރުމުގެ ބާރު ގަދަވާ ކަމެއް. އަޅުގަނޑަށް ހަމަ ގައިމުވެސް ވަރަށް ފަސޭހަވޭ ފިލާވަޅުތަކާ އެއްޗެހި ނަގައިގަންނަން ނުވަތަ ދަސްކުރަން." އިނާން ބުންޏެވެ.

އިނާން ފާހަގަކުރީ ހަރުކަށި ނުވެ، މައިންބަފައިންގެ ބައިވެރިވުމާއެކު ދީނީ ތަރުބިއްޔަތު ލިބޭނަމަ އެކަމުގައި ފޫހި ނުވެ ދެމިހުރުމުގައި ހިތްވަރު ލިބޭ ކަމަށެވެ.

މި މައުލޫމާތުތަކަށް ބަލާއިރު، ދީނީ ތަރުބިއްޔަތު ކުދިންނަށް ދީގެން ކުދިންގެ ކިބައިން ހެޔޮ ނަތީޖާތަކެއް ނެރެވިދާނެ އެވެ. އެކަމަކު ހުސްވަގުތުގައި ކުރާނެ އެތައް ކަމެއް ފަހިވެފައިވާ މިޒަމާނުގައި ކުދިންގެ ދީނީ ކަންތައްތަކަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ތަފާތު ޝައުގުވެރި ހިޔާލުތައް ގެންގުޅުމަކީ މުހިއްމު ކަމެކެވެ. އިހުގައި ގެންގުޅުނު ވިސްނުން މިހާރުގެ ކުދިންނަށް ބޭނުން ނުހިފިދާނެ އެވެ. މިސާލަކަށް، އިމާމުވެ ނަމާދުކުރުމަށް ދޭތެރެއަކުން ހުޅުވައިލި ފުރުސަތުތަކުން 13 އަހަރުގެ މިރުއާޝް އަށް ވެސް ލިބުނީ ބޮޑު ހިތްވަރެކެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox