އާޖެންޓިނާ މެޗަށް ފަހު ކިއެލީނީ އިޓަލީ ޓީމުން ރިޓަޔާ ކުރަނީ

Apr 26, 2022, 7:35 AM
އާޖެންޓިނާ މެޗަށް ފަހު ކިއެލީނީ އިޓަލީ ޓީމުން ރިޓަޔާ ކުރަނީ

މިލާން (އޭޕްރީލް 26) - ޖޫން މަހުގެ އެއް ވަނަ ދުވަހު ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް އިޓަލީ ކުޅޭ މެޗަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކެޕްޓަން ޖިއޮޖިއޯ ކިއެލީނީ ނިންމައިފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީ އާއި އާޖެންޓީނާ ވާދަކުރާ މެޗަކީ 2020 ވަނަ އަހަރު ދެކުނު އެމެރިކާގެ ފުޓްބޯޅަ އިދާރާ އާއި ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން ވެވުނު އެއްބަސްވުމެއްގެ ދަށުން ކުޅޭ މެޗެކެވެ. ދެ ބައްރުގެ ޗެމްޕިއަން ވާދަކުރާ މި މެޗަށް ކިޔަނީ "ފިނަލިއްސިމާ" ނުވަތަ "ގްރޭންޑް ފައިނަލް" އެވެ.

އިޓަލީގެ ކެޕްޓަން ކިއެލީނީ ގައުމީ ޓީމުން ރިޓަަޔާ ކުރަން ނިންމިކަން ހާމަކުރަމުން ބުނީ މި ވަގުތާއި ހާލަތަކީ ގައުމީ ޓީމުން ރިޓަޔާކުރަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ. އަދި މި ކަހަލަ ހާއްސަ މެޗަކަށް ފަހު ރިޓަޔާކުރަން ފުރުސަތު ލިބުމަކީ ވެސް ބޮޑު އުފަލެއް ކަމަށް ކިއެލީނީ ބުނެފައިވެ އެވެ.

"އާޖެންޓީނާއާ ދެކޮޅަށް ކުޅޭ ހާއްސަ މެޗަށްފަހު ރިޓަޔާކުރަން ލިބުމަކީ ބޮޑު އުފަލެއް. ގައުމީ ޓީމަށް ހިދުމަތްކޮށްދެވިއްޖެ ކަމަށް މި ބަލަނީ. އަހަރެން ފިޓުކޮށް ހުރެއްޖެއްޔާ މިއީ ގައުމީ ޓީމަށް އަހަރެންގެ ފަހު މެޗު" 37 އަހަރުގެ ޑިފެންޑަރު ބުންޏެވެ.

ކިއެލީނީ އުއްމީދުކޮށްގެން ހުރީ މިއަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާ ކުރާށެވެ. ނަމަވެސް ޕްލޭ އޮފް ބުރުގައި ނޯތު މެސެޑޯނިއާ އަތުން ބަލިވެ އިޓަލީ ވަނީ ޖެހިޖެހިގެން ދެ ވަނަ ވޯލްޑްކަޕަށް ކޮލިފައި ނުވެ ކަޓައިފަ އެވެ.

އިޓަލީއާ އެކު ކިއެލީނީ ހޯދި އެންމެ ބޮޑު ކާމިޔާބީ އަކީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމެވެ. މިއީ 2012 ގެ ޔޫރޯގައި ސްޕެއިން އަތުން ބަލިވުމަށް ފަހު އިޓަލީގެ ކެޕްޓަންކަމާއި ހަވާލުވިފަހުން ކިއެލީނީގެ އެންމެ ބޮޑު ކާމިޔާބީ އެވެ.

އޭނާ އަކީ ހަތަރު ވަނަ އަށް އިޓަލީގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. އެ ގޮތުން 2004 އިން ފެށިގެން މިއަދާ ހަމައަށް 116 މެޗު އިޓަލީގެ ގައުމީ ޓީމަށް ކުޅެދިންއިރު، ފަހުގެ ތާރީހުގައި އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ އުނދަގޫ ހާލަތްތަކުގައި ޓީމުގައި ދެމިހުރެ އެހެން ކުޅުންތެރިންނަށް ނަމޫނާ ދެއްކި އެއް ކުޅުންތެރިއަކީ ކިއެލީނީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox