10 އަހަރު ފަހުން ފިރާ އެނބުރި "ގެ" އަށް، މިއީ އާ ޗެލެންޖެއް!

ފިރާ ޓީރެކްސްގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ޓީރެކްސް

ފިރާ ޓީރެކްސްގެ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ޓީރެކްސް

އެއީ މީގެ 13 އަހަރު ކުރި އެވެ. ބާސްކެޓްބޯޅައިގެ އޭރުގެ އެންމެ ކާމިޔާބު ޓީމު ވިކްޓްރީ ސްޕޯޓްސް ކުލަބަށް މާލީ އެކި އެކި ދަތިތައް ދިމާވެ، އެ ކުޅިވަރަށް ދިން އަހައްމިއްޔަތުކަން ކުޑަކޮށް އެހެން ކުޅިވަރަށް އިސްކަން ދޭން ފެށި އެވެ. އަދި ފުރަތަމަ ޑިވިޝަންގައި ބޮޑު ހޭދައެއް ކުރަން އުޒުރުވެރިވި އެވެ. ކުލަބުގައި ތިބި ކުޅުންތެރިން ނިންމީ އަމިއްލަ އަށް ކުލަބެއް އުފައްދައި، ހުރިހާ ކުޅުންތެރިން އެކުގައި ކުޅެވޭނެ މަގެއް ހޯދާށެވެ. ބާސްކެޓްބޯޅައިގައި މިވަގުތު އޮތް އެންމެ ވަރުގަދަ ބްރޭންޑް ކަމަށްވާ "ޓީރެކްސް ބާސްކެޓްބޯޅަ ކުލަބު" އުފެދުނީ މިހާ ހިސާބުންނެވެ.

އޭރު ޓީރެކްސް އުފެއްދުމުގައި ތިބި އެކުވެރި ކުދިންތަކުގެ އެއް ބައިވެރިއަކީ އަހުމަދު ފިރާޝް (ފިރާ) އެވެ. ބާސްކެޓްގެ ކުލަބު ވާދަވެރިކަން އެ ދުވަސްވަރު އިތުރުވީ ޓީރެކްސްގެ ބައެއް ކުޅުންތެރިން ރެޑް ލައިން ކުލަބު (އާރު.އެލް.ސީ) އިން ގެންދިޔަ ހިސާބުންނެވެ. އޭގެ ފަހުން 2012 ގައި ޓީރެކްސް ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި ފިރާވެސް ހިމެނެ އެވެ.

ކުލަބު ދޫކޮށްލިތާ 10 އަހަރު ފަހުން ފިރާ މިހާރު އެނބުރި އައިސް އެހުރީ އޭނާގެ "ހޯމް"ގަ އެވެ. ކެރިއަރުގެ އެންމެ ފަހު ދުވަސްތައް އޭނާ ބޭނުން ވަނީ އެ ކުލަބަކަށް އެންމެ ބޮޑަށް އިހުތިރާމާއި ލޯބި އޮތް ޓީރެކްސްއާ އެކު ހޭދަކުރާށެވެ.

"ޓީރެކްސް އަށް ބަދަލުވި މައިގަނޑު ބޭނުމަކީ ކެރިއަރު ފެށި ތަނުން ކެރިއަރު ނިންމާލުން. އަސްލު ފެށީ ވިކްޓްރީގައި. އޭގެ ފަހުން ވިކްޓްރީ އަށް ކުޅުނު އެންމެން އުފެއްދި ކުލަބެއްތާ ޓީރެކްސް މީ. އެހެންވެ، މި ކުލަބަށް މިއައީ. ކުޅުން ހުއްޓާލުމުގެ ކުރިން ކުލަބަށް އަދި ކަމެއް ކޮށްދޭން ބޭނުންވާތީ މިއައީ" ޓީރެކްސްއާ ގުޅުނު ސަބަބު ކިޔައިދެމުން ފިރާ ބުންޏެވެ.

ޓީރެކްސް އަށް މި ފަަހަރު ގެނައި ކުޅުންތެރިން ޖޯޒީ ދައްކާލަނީ: ހުވޭ (ކ.1)، ފިރާ (ކ.2) އަދި އަންޓެ (ވ.1)

ފިރާ، ޓީރެކްސް އަށް އެނބުރި މި އައީ އެކުލަބަށް އޭނާގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. ޓީރެކްސްގެ 13 އަހަރުވީ ތާރީހުގައި ކުލަބު އެންމެ އުނދަގޫ ހާލަތުގައި އޮތް ދަނޑިވަޅަކީ މިއީ އެވެ. ފާއިތުވެދިޔަ ސީޒަންގައި ދިމާވި އެކި އެކި ކަންކަމާއި ނެރުނު ނަތީޖާތަކަށް ބަލާއިރު ކުލަބު އާ ހިތްވަރަކާ އެކު ނުކުންނަން ތައްޔާރުވަނީ އެވެ. މި ދަނޑިވަޅުގައި ޓީމުގެ ހަގީގީ އުސޫލުތަކާއި ވިސްނުންތައް ހުރި ސީނިއާ ކުޅުންތެރިއެއް އެ ކުލަބާ ގުޅުމަކީ ކުލަބަށް ލިބުނު ބޮޑު ހިތްހަމަ ޖެހުމެކެވެ.

ފިރާގެ އިތުރުން ޓީރެކްސް އިން ވަނީ ތަޖުރިބާކާރު ދެ ކުޅުންތެރިންކަމަށްވާ މުހައްމަދު ހުވައިލިދު އަލީ (ހުވޭ) އާއި އިބްރާހިމް އަންފާލް ޝަރީފް (އަންޓެ) ވެސް އެކުލަބަށް ގެނެސްފަ އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން އަންޓެ އަކީ ކުރިން ޓީރެކްސް އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. ހުވޭ ފުރަތަމަ ފަހަރަށް އެ ކުލަބަށް ސޮޮއިކުރި ނަމަވެސް ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު ގައުމީ ޓީމަށް ކުޅެފައިވެ އެވެ.

ފިރާ ބުނީ ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނީ ކެރިއަރު ނިންމާލާއިރު ރަނގަޅު ކާމިޔާބީތަކަކާ އެކު ކުޅުން ހުއްޓާލަން ކަމަށެވެ. އަދި ޓީރެކްސްގައި މިހާރު މި އޮތީ އެ ކާމިޔާބީ ހޯދޭނެ ފެންވަރުގެ ވަރުގަދަ ސްކޮޑެއް ކަމަށް ފިރާ ގަބޫލުކުރެ އެެވެ.

"އަސްލު ފުރަތަމަ އަންނަން ބެލިއިރު ނުވިސްނަން ހުވޭ އާއި އަންޓެ އަންނާނެ ކަމަށް. ޓީމު ވަރުގަދަވުމަކީ ބޮޑު ހިތްހަމަޖެހުމެއް. ވަރުގަދަ ސްކޮޑެއް މި އޮތީ މިހާރު. އެހެންވީމަ ރަނގަޅު އެޗީވްމަންޓް ތަކަކާ އެކު ކެރިއާ ނިންމާލަން ފުރުސަތު ލިބިފައި މިއޮތީ. ތައްޓަށް ރަނގަޅަށް ވާދަކުރެވޭނެ މި ޓީމަށް." ޓީރެކްސްގައި މިވަގުތު އޮތް ސްކޮޑާއި ގުޅޭގޮތުން ފިރާ ބުންޏެވެ.

މިދިޔަ ދެ ތިން ސީޒަނަށް ބަލާއިރު ފިރާ އަށް ކުލަބު ލެވެލްގައާ ގައުމީ ޓީމުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. މައިގަނޑު ސަބަބަކީ އަނިޔާގެ މައްސަލަ އެވެ. އަނިޔާތަކަށް ފަރުވާ ހޯދައި ކުޅުމާއި ދުރުގަައި އޭނާ ގިނަ ދުވަސްތަކެއްވެސް ހޭދަކޮށްފި އެވެ. މި އަހަރު ކުރީކޮޅު ނިމުނު ގައުމީ ލީގާއި ގައުމީ މުބާރާތުގައި ފިރާ ކުޅުނީ އެންމެ ތިން މެޗުގަ އެވެ. މި ވަގުތު ހުރި ހާލަތަށް ބަލާއިރު ފިރާގެ އުއްމީދަކީ އަދި ދެ ތިން އަހަރު ޓޮޕް ލެވެލްގައި ކުޅުމެވެ. އަދި ގައުމީ ޓީމާ އެކު ކުރިއަށް ހުރި މުބާރާތްތަކުގައި ވެސް ބައިވެރިވުމެވެ.

ބާސްކެޓް މެޗެއްގެ ތެރެއިން ފިރާ ބޯޅަ ހިފައިގެން.-- ފޮޓޯ: ބާސްކެޓްބޯޅަ އެސޯސިއޭޝަން

"ގިނަ އަނިޔާތަކެއްވެއްޖެ. ގިނަ ސާޖަރީތަކެއް ވެސް ހެދިއްޖެ. އެކަމަކު ވެސް އަދި ދެ ތިން އަހަރު ހަމަ ޓޮޕްގައި ކުޅެވޭނެ ކަމަށް މި އުއްމީދުކުރަނީ. ވިސްނަނީ އަބަދުވެސް ގިނަ ދުވަހު ކުޅެލަން. ސާފް ގޭމްސް ވެސް ކުޅެވޭތޯ އުއްމީދުކުރަނީ. ބޭނުންވަނީ އެންމެ ފަހު އަހަރު ތަކުގައިވެސް ގައުމީ ޓީމަށް ހިދުމަތް ކުރަން." ފިރާ ބުންޏެވެ.

ކުޅުމުގެ ކެރިއަރުގެ އެންމެ ފަހު އަހަރުތައް ކުރީގައި އޮތް ނަމަވެސް ފިރާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހުނަރުވެރި ޒުވާން ގިނަ ކުޅުންތެރިންތަކެއް މިވަގުތު ރާއްޖޭގައި ތިބުމެވެ. އެ ކުދިންނަށް ފިރާ ދޭން އޮތް މެސެޖަކީ ކުޅިވަރުގެ ރަނގަޅު އަހުލާގެއް ދަމަހައްޓައިގެން ކުރިއަށް ދިޔުމެވެ.

"ވަރަށް ޓެލެންޓެޑް ކުދިން މިހާރު އެބައުޅޭ. މީގަ އަސްލު އެންމެ ބޮޑު އެއްޗަކީ ޑިސިޕްލިން. އެބައި އެބަޖެހޭ ވަރަށް ބޮޑަށް ރަނގަޅުވާން. ޔަންގް ޖަނަރޭޝަނަށް އެކަން އެބަ އިނގެންޖެހޭ. އެމީހުންނަށް އެބަ ކިޔައިދޭން ޖެހޭ. އަސްލު ޑިސިޕްލިންއާ ހެދި ކަންނޭނގެ އަހަރުންނަށް ކުޅިވަރުގައި މިހާ ދުވަހު މި ކުޅެވުނީ." ޒުވާން ކުޅުންތެރިންނަށް މެސެޖެއް ދިނުމާއި ކެރިއަރަށް ފޯކަސް ކޮށްގެން ކުރިއަށްދާން އެދި ފިރާ ބުންޏެވެ.

ކުލަބު ކެރިއަރުގައި ފިރާ އެންމެ ފަހުން ކުޅުނު ކިންގްސް އުފެދި އެ ކުލަބު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ހުރިހާ މުބާރާތެއްގައި ވެސް ފިރާ އަކީ މުހިންމު ނަމަކެވެ. އޭނާ އަކީ އެކުލަބުގެ ކެޕްޓަނެއް ވެސް މެ އެވެ. ފިރާ އެ ކުލަބަށް ކޮށްދިން ހިދުމަތަށް ކުލަބުން ޝުކުރު އަދާ ކުރާއިރު، ފިރާ ވެސް ވަނީ ކިންގްސް އިން އޭނާއަށް ކުރި އިތުބާރަށް ޝުކުރު އަދާކޮށްފަ އެވެ.

ކެރިއަރުގެ ފަހު ކޮޅު ނަމަވެސް ފިރާ މިހާރު އެ ހުރީ ތަފާތު ޗެލެންޖެއް ނަގައިގެންނެވެ. ކުޅިވަރު ހަޔާތުގެ މުހިންމު ޗެޕްޓަރެއް ލިޔުމުގެ ވިސްނުމުގަ އެވެ. ޓީރެކްސް ދޫކޮށްލިއިރު، އޭނާ ހުރި ހާލަތާއި، ކުލަބުގެ ހާލަތާއި މިހާރުގެ ހާލަތު ތަފާތެވެ. މި ވަގުތު ޓީމުގައި އޭނާ ކަހަލަ "ދުވަސްވީ" ކުޅުންތެރިން ގިނަ ނަމަވެސް ޒުވާން ކުޅުންތެރިން ވެސް އެ ތިބީ ޓީމުގެ ޖާގަ އަކަށް ވިއްދައިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ދަތުރަކީ އެންމެ އުނދަގޫ އަދި ބުރަ ދަތުރަށް ވާނެކަމަށް ފިރާ ވެސް ގަބޫލުކުރެ އެވެ. އޭނާ ހުރީ އެ ކަމަށް ހުރިހާ ގޮތަކުން ތައްޔާރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox