ޒުވާން ޓީޓީ ތަރިންގެ އަގުވަޒަންކޮށް ހިތްވަރުދޭން އެންމެންގެ އެހީ ބޭނުންވޭ: މިނިސްޓަރު

ޔޫތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔޫތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު މަހުލޫފް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ މިވަގުތު ދިވެހި ކުޅުންތެރިންނަށް ޓީޓީގެ "ވޯލްޑް ކަޕް" ކަމަށާއި، ހުރިހާ ރައްޔިތުން ވެސް މި ކުޅުންތެރިންނަށް ސަޕޯޓްކޮށްދިނުމަށް ތިން ދުވަސް ހުސްކޮށްލައި ދިނުމަށް ކުޅިވަރާބެހޭ ވަޒީރު، އަހުމަދު މަހުލޫފު އެދިވަޑައިގެންފި އެވެ.

ސަރަހައްދީ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް މާލޭގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށްދާއިރު، މި މުބާރާތުގެ ފޯރިގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވުމުންނެވެ. އަދި ސަޕޯޓަރުންނަށް މި މުބާރާތާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީ ދިވެހި ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލަށް ސަޕޯޓަރުން ވެއްދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ޓޭބަލް ޓެނިހުން ރާއްޖެ އަށް ހޯދައިދިން ކާމިޔާބީގެ އަގުވަޒަންކުރުމުގެ ގޮތުން ވެސް މި މުބާރާތުގައި އެ ކުޅުންތެރިންނަށް ސަޕޯޓްދިނުން ވަރަށް މުހިންމު ކަމަށެވެ.

މި މުބާރާތް ރާއްޖޭގައި ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ކުޅުންތެރިންނާއި، ޓީމުތަކުން އަދި އެސޯސިއޭޝަނުން ޓީޓީގެ ކުރިއެރުމަށް ކުރި މަސައްކަތް ފާހަގަކޮށް އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ އެހީއާއިއެކު އެކަމަށް ހިތްވަރުދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ރަފާ ދީމާ މެން، ހާއްސަކޮށް އަންހެން ގައުމީ ޓީމު އަދި އެސޯސިއޭޝަނުން ކުރި މަސައްކަތްތަކުގެ ނަތީޖާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ. ޓީޓީ އިން ރީތި ނަންތަކެއް ވަނަ ތަކެއް ހޯދައިދީފި. އެހެންވެ، އަޅުގަނޑުމެން ބޭނުންވީ އަޅުގަނޑުމެންގެ ފަސްގަނޑުގައި އެ ކުދިންގެ މަސައްކަތަށް ހިތްވަރުދީ އެ ސަޕޯޓު ދިނުން،" މަހުލޫފް ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: (ކ.ވ) ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސް ޝިއުރީ، ޓީޓީ އެސޯސިއޭޝަންގެ ރައީސް އައްޔަ، ކުޅިވަރާ ބެހޭ ވަޒީރު މަހުލޫފް އަދި ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިޔާ ރަފާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ޓީޓީގެ ކުރިއެރުމަށް މުހިންމު މުބާރާތެކެވެ. ރާއްޖޭގައި މިވަގުތު ތިބި ސީނިއާ ކުޅުންތެރިންގެ ކާމިޔާބީތަކުގެ ފެށުން ވެސް އައިސްފައިވަނީ މި މުބާރާތުންނެވެ.

އެ ގޮތުން ސީނިއީ ފިރިހެން ޓީމްގައި ހިމެނޭ ބައެއް ކުޅުންތެރިންވަނީ މި މުބާރާތުން މީގެ ކުރިން މެޑަލްތަކެއް ހޯދާފަ އެވެ. އަދި މިހާރު އަންހެން ސީނިއީ އާއި ޖޫނިއާ ޓީމްގައިވެސް ހިމެނޭ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ވަނީ މި މުބާރާތުގައި މީގެ ކުރިން ރަނގަޅު ނަތީޖާތަކެއް ނެރެ މެޑަލްތަކެއް ހޯދައިފަ އެވެ.

މުބާރާތުގެ މުހިންމުކަން ސިފަކުރައްވަައި، މަހުލޫފް ވިދާޅުވީ، މިއީ ރާއްޖެއަށް ޓީޓީގެ "ވޯލްޑްކަޕް" ކަމަށެވެ. އެހެންކަމުން މިވަރުގެ މުބާރާތަކަށް ގައުމީ ޓީމު ބުރަކޮށް ތައްޔާރުވެ، ކާމިޔާބު ހޯދަން މަސައްކަތްކުރާއިރު ހުރިހާ ރައްޔިތުން ވެސް މި ކުޅުންތެރިންނަށް ހިތްވަރު ދެއްވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު މުބާރާތެއް. ގޮތަކަށް ބުނަންޏާ މިއީ އަޅުގަނޑުމެންނަށް ޓީޓީ ވޯލްޑް ކަޕޭ ވެސް ބުނެވިދާނެ. އެ ވަރުގެ މުބާރާތެއް މިއީ. އެންމެ ބޭނުންވި މިންވަރަށް ނުވިޔަސް މުބާރާތަށް ތައްޔާރުވާން ކަންތައްތަކެއް ކުރެވިއްޖެ އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ނެރުމަށް. އަޅުގަނޑު އެދެނީ އަޅުގަނޑުމެންނާ އެކީ ކުޅުންތެރިންނަށް ސަޕޯޓުކުރުމަށް މި ދެ ދުވަސް ހުސްކޮށްލަ ދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި މުބާރާތުގެ ފޯރިގަދަކުރުމަށް ކުރަމުން އަންނަ އެންމެ ބޮޑު މަސައްކަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައްދަލުކޮށް އެ ފަރާތްތައް ވެސް މި މުބާރާތުގައި ބައިވެރިކުރުމެވެ. އެގޮތުން ކުންފުނިތަކުގެ ރެކްރިއޭޝަން ކުލަބުތަކާއި ގުޅިގެން މުބާރާތް ޕްރޮމޯޓްކުރުމާއި ކުޅުންތެރިންނަށް ސަޕޯޓްކުރުމުގައި ކުރެވޭނެ ކަންކަން ފައިނަލްކޮށް އެކަންކަމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.

"ކުންފުނިތަކާއި ބައްދަލުކޮށްފިން، އެކުންފުނިތަކުގެ ކުލަބުތަކާ އެކު މުބާރާތް ފޯރިގަދަކުރުމަށް ކަންކަން މިދަނީ ރާވަމުން. މީގެ ކުރިން މި ކުޅުންތެރިން ހޯދާފައިވާ ރަންވަނަ ތަކުގެ އަގު ވަޒަންކުރުމަށް މިއީ ފެށުމެއް ކަމަށް އަޅުގަނޑު މި ބަލަނީ،" މަހުލޫފް ވިދާޅުވި އެވެ

މި މުބާރާތަށް ފަހު ޓޭބަލް ޓެނިހަށް މި އަހަރު މުހިންމު މުބާރާތްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި އަންނަ ޖުލައި މަހު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ފަށައި، ކޮމަންވެލްތް ގޭމްސް ފާހަގަކޮށްލަން ޖެހެ އެވެ. އަދި އޭގެ ފަހުން އަންނަ އަހަރުގެ އޮންނަ އައިއޯއައިޖީ އާއި ސާފް ގޭމްސް އަށް ތައްޔާރުވުމަށް މިއީ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވި އެވެ.

"ކުރިއަށް އޮތީ ކޮމަންވެލްތް ގޭމްސްގައި. އެ މުބާރާތުގައި ކުޅޭ ކުޅުންތެރިން އެބަތިބި މި ޓީމުގައި. އަދި އަންނަ އަހަރު އައިއޯއައިޖީ އާއި ސާފް ގޭމްސް އަށް ތައްޔާރުވާން ބޮޑު ފުރުސަތެއް،" މަހުލޫފް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ބައިނަލްއަގްވާމީ މުބާރާތް ކަމަށްވާ، ސާފް ޗެމްޕިއަންޝިޕު ފުޓްބޯޅަ މުބާރާތުގައި ނެރުނުވަރުގެ ފޯރިއެއް މި މުބާރާތަށް ނެރުމަކީ އެ މިނިސްޓްރީގެ އަމާޒެވެ. އެ ކަމަށް މިނިސްޓްރީން އެއްވެސް ތަފާތު ކުރުމެއް ނެތި މަސައްކަތް ކުރަން އޮތީ ރާވައިފަ އެވެ.

މީގެ އިތުރުން މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުވެސް މަރާމާތު ކުރެވި ބަދަލުތަކަކާ އެކު ތައްޔާރު ކުރަން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox