ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދު ގެއްލިއްޖެ: ރަންގްނިކް

Apr 24, 2022, 8:01 AM
ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދު ގެއްލިއްޖެ: ރަންގްނިކް

މެންޗެސްޓާ (އޭޕްރީލް 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަތުން 3-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު، ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ޔުނައިޓެޑުން ކުރަމުންދާ އުންމީދު ގެއްލިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ރާލްފް ރަންގްނިކް ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ، އާސެނަލް އިން ވަނީ ލީގު ތާވަލްގެ ހަތަރު ވަނައިގެ ކޮންޓްރޯލް ހޯދައިފަ އެވެ. ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާގެ މައްޗަށް ދެ ޕޮއިންޓް ލީޑެއް އާސެނަލް އިން ހޯދާފައިވާއިރު، ހަ ވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ވަނީ ހަ ޕޮއިންޓަށް އިތުރުވެފަ އެވެ.

"މި މެޗުގެ ކުރިން ވެސް އަހަރަމެންނަށް (ގަދަ ހަތަރަކަށް އެރުމަށް) އޮތީ ކުޑަ ފުރުސަތެއް. އެކަމަކު، މި ނަތީޖާއެކު އެ ފުރުސަތު ގެއްލިއްޖެ،" މި ސީޒަންގެ ނިޔަލަށް ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެގެން ހުރި ރަންގްނިކް ބުންޏެވެ.

ހުސްވި ހަފުތާގައި ޔުނައިޓެޑް ވަނީ ލިވަޕޫލް އަތުން 4-0 އިން ރަށުން ބޭރުގައި ބަލިވެފަ އެވެ. މި މެޗަށް ފަހު ރަންގްނިކް ބުނީ މި ނަތީޖާއާ މެދު ޔުނައިޓެޑުން "ލަދުގަންނަންޖެހޭ" ކަމަށެވެ.

އަންނަ ސީޒަން އިން ފެށިގެން ޔުނައިޓެޑްގެ ކޯޗުކަމާ އަޔަކްސްގެ އެރިކް ޓެން ހާގް ހަވާލުވާނެ ކަމަށް ޔުނައިޓެޑް އިން އިއުލާންކުރީ އެ މެޗަށް ފަހު އެވެ.

ޔުނައިޓެޑްގެ މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ ބުނީ ޔުނައިޓެޑް ކޮޅަށް އާސެނަލް އިން ތިން ލަނޑު ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބާކީ އޮތް ހަތަރު މެޗުން މޮޅުވެ، ސީޒަން ނިންމާލުމަކީ މިހާރު އެންމެ މުހިންމު ކަންތައް ކަމަށެވެ.

"ފަހު ހަތަރު މެޗުގައި އަހަރަމެންގެ އަގު ހިފަހައްޓަންޖެހޭ،" މެކްޓޮމިނޭ ބުންޏެވެ.

އާސެނަލް އަތުން ބަލިވުމާ އެކު ޔުނައިޓެޑަށް ވަނީ އިތުުރު ދަށް ރެކޯޑަކާ ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، މިއީ 1981 ވަނަ އަހަރުގެ ފަހުން ޔުނައިޓެޑް ލީގުގައި ރަށުންބޭރުގައި ކުޅުނު މެޗުތަކުން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox