ބަޔާނުން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކޮށްފި

Apr 23, 2022, 6:37 PM
ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބަޔާން ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (އޭޕްރީލް 23) - ޖަރުމަނު ލީގުގެ ދެ ވަަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް އަތުން 3-1 އިން މިރޭ މޮޅުވެ، ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ހޯދައިފި އެވެ.

މިއީ ބަޔާނުން ޖަރުމަނު ލީގު ހޯދި 31 ވަނަ ފަަހަރެވެ. ބާކީ ތިން މެޗު އޮއްވައި، ބަޔާނުން މި ފަހަރުގެ ލީގު ކަށަވަރުކުރިއިރު، 31 މެޗު ކުޅެގެން އެ ޓީމަށް ވަނީ 75 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 31 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

މިއީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ލީގެއް ޖެހިޖެހިގެން 10 ފަހަރު ޓީމަކުން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން، ޔޫރަޕްގެ މަޝްހޫރު ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އެންމެ ގިނަ ފަަހަރު ޖެހިޖެހިގެން ލީގު ތަށި ހޯދީ ނުވަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކުރި ޔުވެެންޓަސް އެވެ.

އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗުގެ 15 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތަކުން ވޮލީ އަކުން ގޯލު ޖަހައި ސާޖް ގްނަބްރީ ބަޔާނަށް ލީޑުނަގައިދިނެވެ. މެޗުގެ 27 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑް ނަތީޖާ ހަމަހަމަކުރަން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ބަޔާނަށް ލީޑުފުޅާކޮށްދޭން ގްނަބްރީ ޖެހި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެކަމަކު، މެޗުގެ 34 ވަަނަ މިނިޓްގައި ތޯމަސް މުލާ ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާނަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ. މިއީ ޑޯޓްމަންޑް ދޫކޮށް ބަޔާނަށް ބަދަލުވި ފަހުން އެ ޓީމާ ދެކޮޅަށް ކުޅުނު 26 މެޗުން ލެވަންޑޯސްކީ ޖެހި 27 ވަނަ ގޯލެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތް ވަަަނަ މިނިޓްގައި ޕެނަލްޓީ އަކުން އެމްރޭ ޗާން ވަނީ ޑޯޓްމަންޑަށް ލަނޑެއް ޖަހައިދީފަ އެވެ. މިއީ ބަޔާންގެ ޔޯސުއާ ކިމިކް އޭރިއާތެރެއިން ޑޯޓްމަންޑްގެ މާކޯ ރެއުސް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. އޭގެ ފަހުން އޭރިއާތެރެއިން ޑޯޓްމަންޑްގެ ޖޫޑް ބެލިންހަމް އަށް ބަޔާންގެ ބެންޖަމިން ޕަވާޑް ކުރި ފައުލަކަށް ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ. ނަތީޖާ ހަމަހަމަކުރަން ގޯލެއް ޖަހަން ހާލަންޑަށް ލިބުނު ދެ ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ބަޔާނަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ގޯލު ޖެހީ ޒުވާން ފޯވާޑް ޖަމާލް މުސިއާލާ އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވިދިޔަ ބޯޅައެއް މުސިއާލާ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ކައިރީ ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ މި ސީޒަނުގައި ބަޔާންގެ ކޯޗުކަމާ ހަވާލުވި 34 އަހަރުގެ ހޫލިއަން ނާގަލްސްމަންގެ ކޯޗިން ކެރިއަރުގައި ލިބުނު ފުރަތަމަ ލީގު ތަށްޓެވެ. އޭނާ އަކީ ޖަރުމަނު ފުޓްބޯޅައިގެ ތާރީހުގައި ލީގު ޗެމްޕިއަންކަން ހޯދި ދެ ވަނަ އަށް އެންމެ ޒުވާން ކޯޗެވެ. ކުރިން ހޮފެންހައިމް އާއި އާރްބީ ލައިޕްޒިގަށް ކޯޗުކޮށްދިން ނާގަލްސްމަން ބަޔާނާ އެކު ހޯދި ދެ ވަނަ މުބާރާތެވެ. ފުރަތަމަ ތަށްޓަކީ ޖަރުމަނު ސުޕަ ކަޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox