ކަކުލުގެ އޮޕަރޭޝަނެއްކޮށް ވެލެންސިއާގެ ހަލީލް ކުޅުމާ ދުރަށް

Apr 23, 2022, 9:51 AM
ޕްރެޒިޑެންޓްސް ކަޕްގެ ޕްރެކްޓިހެއްގެ ތެރެއިން ހަލީލް: ކަކުލުގެ އޮޕަރޭޝަނަކާ ހެދި މަހަކަށް ވުރެ ގިނަ ދުވަހު ހަލީލް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ.

ޕްރެޒިޑެންޓްސް ކަޕްގެ ޕްރެކްޓިހެއްގެ ތެރެއިން ހަލީލް: ކަކުލުގެ އޮޕަރޭޝަނަކާ ހެދި މަހަކަށް ވުރެ ގިނަ ދުވަހު ހަލީލް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ.

ކްލަބް ވެލެންސިއާ އަށް ކުޅެމުން އަންނަ މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

ހަލީލް، 29، އެންމެ ފަހުން ކުޅެފައިވަނީ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ.

ވެލެންސިއާ އިން ވަނީ މި މަހު ފަސް ވަނަ ދުވަހު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި މާލޭގައި ބޫޓާންގެ ޕާރޯ އެފްސީއާ ދެކޮޅަށާއި ލީގުގެ ދެ ވަނަ ބުރުގައި މި މަހު އަށް ވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބާ ކުޅުމަށް ފަހު މިދިޔަ ހަފްތާގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ. މީގެއިން އެއްވެސް މެޗެއްގައި އަނިޔާގެ ސަބަބުން ހަލީލް ނުކުޅެ އެވެ.

ކުރިން ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ އަދި ފޯކައިދޫ ފުޓްބޯޅަ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ހަލީލްގެ ކަކުލުގެ އޮޕަރޭޝަން ކުރީ އިއްޔެ އެވެ. ވެލެންސިއާގެ ހެޑް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ހަލީލަށް ކުޅުމަށް އެނބުރި އާދެވޭނީ މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާގެ ހަލީލް (ވ) މެޗެއްގެ ތެރެއިން ބޯޅަ ހިފައިގެން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

"ކަކުލުގެ އެހާ ބޮޑު އޮޕަރޭޝަނެއް ނޫން. މެނިސްކަސް ސާޖަރީއެއް އެއީ. އެހެންވީމަ މި ބަލަނީ މަހެއްހާ ދުވަސް ފަހުން އާދެވޭނެ ކަމަށް،" ފެސްކޯ ބުންޏެވެ.

ހަލީލް އަށް ދެން ކުޅުމަށް އެނބުރި އާދެވޭނީ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުތަކަށެވެ. އެ މެޗުތައް އޮތީ ޖޫން މަހުގެ ތެރޭގަ އެވެ. އަންނަ މަސް ތެރޭގައި އޭއެފްސީ ކަޕާއި އޭޝިއަން ކަޕް ކޮލިފައިން އަށް ލީގު މެދުކަނޑާލާނެ އެވެ.

ކުޅުންތެރިންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަ އާއި ކްލަބްގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ވެލެންސިއާ އޮތީ ފޯމު ގެއްލިފަ އެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަތުން ވަނީ 13-0 އިން ބަލިވެފަ އެވެ. މިއީ ފުރަތަމަ ޑިވިޝަނުގައި ވެލެންސިއާ އެންމެ ތަފާތު ބޮޑުކޮށް ބަލިވި މެޗެވެ.

ވެލެންސިއާ އިން ލީގުގައި މިރޭ ނުކުންނާނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. އެންމެ ފަހުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ކުޅުނު މެޗުގައި ޓީސީ އަތުން މޮޅުވުމުން ވަނީ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އަދި ވެލެންސިއާ ހަތަރަކަށް ވެއްޓިފަ އެވެ.

ތިން ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ 10 މެޗުން 14 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ވެެލެންސިއާ އަށް ނުވަ މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، މިރޭ ގްރީން ސްޓްރީޓްސް އަތުން މޮޅުވެގެން ވެލެންސިއާ އަށް އަލުން ތިން ވަނަ އަށް އެރޭނެ އެވެ. ވެލެންސިއާ އާއި ގްރީން ސްޓްރީޓްސްގެ މެޗު ފަށާނީ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox