ހިތަދޫ ގޮނޑުދޮށް ކޮނެ، އެ ސަރަހައްދު ހަލާކުކޮށްލި މައްސަލަ އީޕީއޭއިން ބަލަނީ

ހިތަދޫ ދެކުނު ފަރާތުގެ ގޮނޑުދޮށް. ސިޓި ކައުންސިލުން ބުނި އެތަން ތަރައްގީކުރަނީ ޕަބްލިކް ބީޗެއް ގޮތުގައި ކަމަށް. ފޮޓޯ: އީޕީއޭ

ހިތަދޫ ދެކުނު ފަރާތުގެ ގޮނޑުދޮށް. ސިޓި ކައުންސިލުން ބުނި އެތަން ތަރައްގީކުރަނީ ޕަބްލިކް ބީޗެއް ގޮތުގައި ކަމަށް. ފޮޓޯ: އީޕީއޭ

އައްޑޫ ސިޓީގެ ހިތަދޫގެ ގޮނޑުދޮށަށް ގެއްލުންތަކެއް ދީފައިވާ މައްސަލައެއް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފި އެވެ.

އީޕީއޭ އިން ބުނީ ހިތަދޫ ކުނިކޮށީގެ ދެކުނުން އޮންނަ ސަރަހައްދުގެ އެއްގަމާއި މޫދު ކޮނެ، ހޭޅި ފަށުން ގަސްނަގައި، އަދި އާނުގަނޑު ނަގައި ހަލާކުކޮށްލާފައިވާ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތް ހިނގާފައިވާ ގޮތުގެ ހުރިހާ ތަފްސީލެއް އަންނަ ބުދަ ދުވަހުގެ 12:00 ގެ ކުރިން ފޯރުކޮށް ދިނުމަށް އައްޑޫ ސިޓީ ކައުންސިލަށް އީޕީއޭއިން ވަނީ އަންގައިފަ އެވެ.

ހިތަދޫ ދެކުނު އަތިރިމަތީގެ އާނުގަނޑު ނަގާފައިވާ ފޮޓޯތަކެއް. ފޮޓޯ: އީޕީއޭ
ހިތަދޫ ދެކުނު އަތިރިމަތީގެ އާނުގަނޑު ނަގާފައިވާ ފޮޓޯތަކެއް. ފޮޓޯ: އީޕީއޭ

ހިތަދޫ ދެކުނު އަތިރިމަތީގެ އާނުގަނޑު ނަގާފައިވާ ފޮޓޯތަކެއް. ފޮޓޯ: އީޕީއޭ

އީޕީއޭއަށް ފޮނުވަންޖެހޭ މައުލޫމާތުގެ ތެރޭގައި މަސައްކަތުގެ ތަފްސީލާއި ބޭނުން، މަސައްކަތްކޮށްފައިވާ ތާރީހު އަދި އެ މަސައްކަތުގައި އިސްކޮށް އުޅުނު ފަރާތްތަކުގެ މައުލޫމާތު ހިމެނެ އެވެ.

އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އީޕީއޭގެ ހުއްދަ ނުނެގީ އެ ސަރަހައްދުގައި ސިޓީ ކައުންސިލުން ކުރި މަސައްކަތްތަކަކީ އެފަދަ ހުއްދައެއް ބޭނުންވާވަރުގެ މަސައްކަތެއް ކަމަށް ފާހަގަ ނުކުރެވޭތީ ކަމަށެވެ.

އަޅުގަނޑުމެން ކުރީ އެތަން ބޮޑަށް ސާފުކުރުމުގެ މަސައްކަތްތަކެއް. އާންމު ބީޗެއްގެ ގޮތަށް ތަރައްގީކުރަން. ގަސް ކެނޑުން ރުއް ކެނޑުން ކަހަލަ ކަމެއް ނުކުރަން އެތަނުގައި. އެހެންވެ ހުއްދައެއް ނުނެގީ،" ނިޒާރު ވިދާޅުވި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ "ހުއްދަ ބޭނުންވޭތޯ ނިންމާނީ ކައުންސިލަކުން ނޫން" ކަމަށެވެ. އެފަދަ މަސައްކަތްތަކެއް ކުރާއިރު ކަންކުރަންވީ ގޮތާއި ހުއްދަ ހޯދަންޖެހޭ ގޮތް ލިޔެފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.

"ޝައްކެއް އުޅެންޏާ އެހެން ދޫކޮށްލުމަށްވުރެ، އަހައި އޮޅުންފިލުވުން އޮންނަ ގޮތަކީ،" ނައީމް ވިދާޅުވި އެވެ.

ހިތަދޫގެ ގޮނޑުދޮށް ހަލާކު ކޮށްލި ކަމަށް ބުނާ ސަރަހައްދަށް އީޕީއޭ އާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ޓީމެއް ގޮސް ބެލި ބެލުމުން، ބިން ކޮނެ، މޫދު ކޮނެ، ޕޮންޑް ހަދައި، ރުއްގަސް ކަނޑައި، އަދި އާނުގަނޑު ނަގާފައި ހުރި ތަން ފެންނަން ހުރި ކަމަށް ނައީމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox