އާސެނަލުން ޖީސޫސް އަށް ފާރަލަނީ

Apr 23, 2022, 6:53 AM
އާސެނަލުން ޖީސޫސް އަށް ފާރަލަނީ

ލަންޑަން (އޭޕްރީލް 23) - މެންޗެސްޓާ ސިޓީގެ ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް އަށް އާސެނަލުން ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ދި އެތުލެޓިކް އިން ރިޕޯޓްކުރާ ގޮތުގައި އުމުރުން 25 އަހަރުގެ ޖީސޫސް ގަންނަން އާސެނަލްގެ ޗީފް ޑިރެކްޓަރު އޭޑޫ އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ސިޓީއާ އެކު ރަސްމީކޮށް މި ސީޒަނަށް ފަހު ޖީސޫސްގެ ޑީލާ ގުޅޭގޮތުން މަޝްވަރާކުރާނެ އެވެ. މިއީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އެދުމުގެ މަތިން އާސެނަލުން ފުރިހަމަ ކުރަން ބޭނުންވާ ޓްރާންސްފާ އެކެވެ.

ޖީސޫސް މި ވަގުތު ސިޓީގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީއާ އެކު ޖީސޫސް ހަދާފައިވާ އެއްބަސްވުން އާ ކުރުމުގެ މަޝްވަރާތައް ނުފެށި އޮތީ، މި ވަގުތަށް ޖީސޫސް އެ ގޮތަށް ބޭނުންނުވާތީ ކަމަށް ބްރެޒިލްގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެއީ ސިޓީގެ ފުރަތަމަ އެގާރައިގައި ކުޅެލަން ލިބޭ މެޗުގެ އަދަދު ފަަހަކަށް އައިސް މަދުވަމުން އަންނާތީ އެވެ.

ޔޫރޯ ސްޕޯޓްސް އިން ރިޕޯޓްކުރާ ގޮތުގައި ސިޓީން ބޮރުޝީއާ ޑޯޓްމަންޑަށް ކުޅޭ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ގެންގޮސްފިނަަމަ، ޖީސޫސް ކްލަބް ބަދަލުކުރަން ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ. އެއީ ފުރަތަމަ އެގާރައިން ކުޅެލަން ލިބޭ ޓީމަކަށް ބަދަލުވުމުގެ ގޮތުންނެވެ. އަދި ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ ސްކޮޑުން ޖާގައެއް ބޭނުންވާތީއާ އެކުގަ އެވެ.

ބްރެޒިލްގެ ޕަލްމެއިރާސް ދޫކޮށް 2016 ވަނަ އަހަރު ސިޓީ އަށް ސޮއިކުރި ޖީސޫސް މި ސީޒަނުގައި މިހާތަނަށް ޕްރިމިއާ ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ 16 މެޗުގަ އެވެ. އެ މެޗުތަކުން ޖެހުނީ އެންމެ ތިން ގޯލެވެ.

އާސެނަލުން މިދިޔަ ޖެނުއަރީ މަހު ކޮންޓްރެކްޓް ކެންސަލްކޮށް، އެ ޓީމުގެ އެއް ވަނަ ފޯވާޑް، ޕިއޭ އެމެރިކް އޮބާމަޔަން ބާސެލޯނާ އަށް ދޫކޮށްލިއިރު، އަލެކްސަންޑަ ލަކަޒޭޓް މި ސީޒަނަށް ފަހު އާސެނަލް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.

ލަަކަޒޭޓް އާސެނަލްގައި މަޑުކުރުން ބަރޯސާވެފައި އޮތީ އާސެނަލް މި ފަހަރު ލީގުގެ ގަދަ ހަތަރެއްގައި ނިންމުމުގެ މައްޗަށެވެ. އަދި އާސެނަލުން ޖީސޫސް ހޯދަން ބާރު ލިބޭނީ ވެސް ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެގެންނެވެ.

ގަދަ ހަތަރެއްގެ ރޭހުގައި އާސެނަލުން މިއަދު މުހިންމު މެޗެއްގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެ އެވެ. މި މެޗުން މޮޅުވެއްޖެނަމަ އާސެނަލަށް ހަތަރު ވަނަ އަށް ޖެހިލެވޭނެ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox