އަގްސާގައި ނަމާދަށް ތިބި މީހުންގެ ތެރެއަށް ޑްރޯންގެ އެހީގައި ކަރުނަ ގޭސް ޖަހައިފި

އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ނަމާދަށް ތިބި މީހުންގެ ކައިރިއަށް އިޒްރޭލް ފުލުހުން ޖަމާވެފައި. -- ފޮޓޯ: ރޮއިޓާޒް

އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ނަމާދަށް ތިބި މީހުންގެ ކައިރިއަށް އިޒްރޭލް ފުލުހުން ޖަމާވެފައި. -- ފޮޓޯ: ރޮއިޓާޒް

ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތި ތެރޭގައި ގިނަ ބަޔަކު ނަމާދަށް ތިބި ވަގުތު، ޑްރޯންގެ އެހީގައި އިޒްރޭލް ފުލުހުން ކަރުނަ ގޭސް ޖަހައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އޭގެ ސަބަބުން ނަމާދަށް ތިބި ގިނަ ބަޔަކަށް ކަރުނަ ގޭހުގެ އަސަރުކޮށް، ނޭވާ ހާސްވާން މެދުވެރިވި އެވެ. އެ މީހުންނަށް އެހީވީ ފަލަސްތީން ރެޑް ކްރެސެންޓުންނެވެ.

ހުކުރު ނަމާދުގެ ޖަމާއަތަށް 150،000 މީހުން އަލް އަގްސާ މިސްކިތަށް ދިޔަ އެވެ. އެ ޖަމާއަތަށް ކަރުނަ ގޭސް ޖެހުމުގެ ކުރިން، ހުކުރު ދުވަހުގެ ހެނދުނު ވެސް ހަމަނުޖެހުން ހިނގި އެވެ.

އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ޔަހޫދީން ވެއްދުން ވަގުތީ ގޮތުން މެދުކަނޑާލަން މިސްކިތް ބަލަހައްޓާ ފަރާތުން ނިންމާފައި އޮތް ނަމަވެސް، އިޒްރޭލުން އެކަމަށް އިހްތިރާމެއް ނުކުރެ އެވެ.

އެގޮތުން ފަހަކަށް އައިސް ގިނަ އަދަދެއްގެ ޔަހޫދީން އަންނަނީ އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ޒިޔާރަތް ކުރަމުންނެވެ. އެކަމަކީ ފަލަސްތީނު މީހުން ނުރުހޭ ކަމެކެވެ.

އެ މައްސަލަ ހޫނުވެ، ހުކުރު ދުވަހު ހެނދުނު ފަލަސްތީނުގެ ޒުވާނުންނާއި އިޒްރޭލް ފުލުހުންނާ ދެމެދު ކުރިމަތިލުން ހިނގި އެވެ. ހުކުރު ނަމާދަށް ފަހު ވެސް ކުރިމަތިލުންތައް ހިނގި އެވެ.

ހުޅަނގު އައްސޭރީގެ ނަބްލޫސްގައި ހިނގި ހަމަނުޖެހުންތަކުގައި އިޒްރޭލް ފުލުހުން ރަބަރު ބުލެޓާއި، ސްޓަން ގްރެނޭޑް އަދި ކަރުނަ ގޭސް ބޭނުންކުރި އެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިޒްރޭލް ފުލުހުން އަލް އަގްސާ މިސްކިތުގެ ގޯތި ތެރެއަށް ވަދެ، ހިންގި ހަމަނުޖެހުމުގައި ފަލަސްތީނުގެ 152 މީހުންނަށް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox