ޝައިތާނާއަކީ އަދާވާތްތެރިއެއްކަން ބުނެދިނުން

ޝައިތާނާއަކީ އަދާވާތްތެރިއެއްކަން ބުނެދިނުން

އެންމެހައި މީސްތަކުންނާ މުޚާތަބުކޮށް ކީރިތި ގުރުއާން ދައްކައިދީފައިވާ ކަންކަމަކީ، ހަމަ ޔަގީނުން އިންސާނެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމައަށް ސަމާލުކަން ދޭންޖެހޭނެ ކަންކަމެވެ. އަދި ޝައްކެތް ނެތް ގޮތުގައި ދީނަށް ދައުވަތުދިނުމުގައި އެންމެ ސަމާލުކަން ދޭންޖެހޭ އެންމެ ފުރަތަމައަށް އަހައްމިއްޔަތުކަން ދޭންޖެހޭ ކަންކަމަކީ މި ގޮވާލުންތައްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. "އޭ އެންމެހާ މީސްތަކުންނޭވެ!" މިގޮތަށް މުޅި އިންސާނިއްޔަތާ މުޚާތަބުކޮށް މާތް ﷲ ވަހީ ކުރައްވާފައިވާ އާޔަތްތަކުގެ ތެރެއިން މިލިޔުން ހާއްސަކުރާނީ، ޝައިތާނާ އަކީ މުޅި އިންސާނިއްޔަތަށް ހުރި އަދާވާތްތެރިއެއްކަން ބުނެދިނުމުގެ މެސެޖަށެވެ.

އެންމެހައި މީސްތަކުންނާ މުހާތަބުކޮށް ބާވާލެއްވިފައިވާ އާޔަތްތަކުގެ ތެރެއިން ތިން އާޔަތެއްގައި ޝައިތާނާގެ ވާހަކަ ބަޔާންވެފައިވެ އެވެ. އަލްބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތުގައި ބަޔާންކުރައްވަ އެވެ. "އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ހަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ޝައިތާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ! ހަމަކަށަވަރުން އެ ޝައިތާނާއަކީ ތިޔަބައިމީހުންނަށް ހުރި ކަނޑައެޅި ބަޔާންވެގެންވާ އަދާވާތްތެރިޔެކެވެ." އަދި ލުޤްމާން ސޫރަތުގެ 33 ވަނަ އާޔަތުގައި އަންގަވަނީ "...ހަމަކަށަވަރުން، ﷲ ގެ ވައުދުފުޅަކީ، ހައްގު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި މަކަރުވެރި ޝައިތާނާ، ތިޔަބައިމީހުން ﷲއާމެދު ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!" ފާޠިރު ސޫރަތުގެ 5 ވަނަ އާޔަތުގައި ވެއެވެ. "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިތާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!

އަލްބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތަށް ނަޒަރެއްދީ ވިސްނާލަމާ ހެއްޔެވެ؟ ޝައިތާނާގެ ވާހަކައިގެ ކުރިން އޮތީ އަމުރުފުޅެކެވެ. އެއާޔަތުގައި އަންގަވަނީ، ހަލާލު އަދި ރަނގަޅު ތަކެތި ކައިބޮއި އުޅުމަށެވެ. މިއާޔަތުން އެނގޭ ގޮތުގައި ކާ އެއްޗަކީ ހަރާން އެއްޗަކަށް ނުވުމަކުން އަދި ނުފުދެ އެވެ. އެއީ ރަނގަޅު އެއްޗަކަށްވެސް ވާންޖެހެ އެވެ. އެހެންވީމާ ހަލާލު ތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާނެ ފައިދާހުރި ވަޒަންހަމަ ކެއުމުގެ މިންގަނޑެއް ގެންގުޅުމަކީ މިއާޔަތުން އަމުރުވެވިފައިވާ ކަމެކެވެ. އަދި ރަނގަޅު ކާނާއާ ދުރުހެލިވުމާއި ކެއުމުގެ ރަނގަޅު މިންގަނޑުތަކާ ދުރުހެލިވުމަކީ، ހަލާލު ތަކެތިން އެއްކިބާވުން ފަދަ ކަމެއްކަމަށް މިއާޔަތުން ދަލީލުލިބެ އެވެ. އެއީ "ހަލާލު" އަދި "ރަނގަޅު" މިދެ ލަފުޒު ހިމަނައިގެން އާޔަތުގައި އަމުރުފުޅު އައިސްފައިވާތީ އެވެ.

ހަލާލު ރަނގަޅު ތަކެތި ކެއުމުގެ އަމުރުފުޅާ ގުޅުވައިގެން ޝައިތާނާގެ ފިޔަވަޅުތަކަށް ތަބާނުވާށޭ އެންގެވުމުން ކުރެވޭ މާނަތަކެއް އެބަހުއްޓެވެ. އާޔަތުގައި އޮތީ ޝައިތާނާގެ ފިޔަވަޅުތަކުގެ ވާހަކަ އެވެ. އާދޭހެވެ. ހަރާން ތަކެތި ކެއުމަކީ ޝައިތާނާގެ ފިޔަވަޅަކަށް ވެވޭ ތަބައެއްކަން މިކަމުން އެނގެ އެވެ. ހަމަ މިއުސޫލުން ފައިދާހުރި ރަނގަޅު ތަކެތި ދޫކޮށްލުމަކީ، ވެސް އެފަދަ ފިޔަވަޅެކެވެ. ގިނައިން ކެއުމަކީ އެފަދަ ފިޔަވަޅެކެވެ. އެފިޔަވަޅުތަކަށް ތަބާނުވާންވީ ސަބަބަކީ، ޝައިތާނާއަކީ އަހަރެމެންގެ އަދާވާތްތެރިއެއްކަމުގައި ވުމެވެ. އޭނާގެ ފިޔަވަޅުމަތީން ހިނގުމުން ދެވޭނީ ހަލާކާއި ގެއްލުމަށެވެ.

މިސާލަކަށް އާޔަތުގައި ބަޔާންވެފައިވާ ހަލާލު އަދި ރަނގަޅު ތަކެތީގެ މިންގަނޑުތައް ދޫކޮށްލައި، ޖެހުނުހައި އެއްޗެއް ޖެހުނުހައި ގޮތަކަށް ބޭނުން މިންވަރަކަށް ކެއުމުން ނުކުންނަ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ތަފާތު ބަލިތައް ޖެހުމެވެ. ދުނިޔަވީ އެހެން ކިތަންމެ އުފަލަކުން މަހުރޫމްވުމެވެ. ވަކީން ހާއްސަކޮށް އިންސާނާއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތްކަމަށްވާ ސިއްހަތުގެ ނިއުމަތް ބީވެގެން ދިއުމެވެ. ގެއްލުންހުރި ތަކެތި ކެއުމުންނާއި ރަނގަޅު ތަކެތި "ރަނގަޅުގެ މިންގަނޑުން" ބޭރުވާ މިންވަރަށް ކެއުމަކީ އޭގެ ނަތީޖާގައި ގެއްލުންހުރި ކަމެއްކަމަކަށް އެކަކު ވެސް ދެބަހެއް ނުވާނެ އެވެ.

އާޔަތުން މަގު ދައްކައިދެނީ ޝައިތާނާގެ އެހެން ފިޔަވަޅުތަކަކީ ވެސް އެފަދަ އެއްޗެއް ކަމެވެ. ޝައިތާނާ ގޮވާ ކޮންމެ ގޮވުމަކީ، އިންސާނާ ބޭނުންވާނެ އިންސާނާއަށް ވަގުތީ އަރާމެއް ލިއްބައިދޭނެ ދައުވަތަކަށްވާނެ ކަމެވެ. އެފަދަ ކޮންމެ ދައުވަތެއް ޝައިތާނާ ދޭ ވަގުތު، ކާބޯތަކެތީގެ ދެންނެވުނު މިސާލު ފަދައިން އެދައުވަތެއްގެ ގެއްލުމާއި ހަލާކު ނުވިސްނިދާނެ އެވެ. އެކަމަކު އެއީ ޝައިތާނާގެ ދައުވަތެއްކަން އެނގުމުން އެމިންވަރުން ފުދެންޖެހެނީ ކީއްވެކަން އެއާޔަތުގައި އެބަ އަންގަވަ އެވެ. "ހަމަކަށަވަރުން އެ ޝައިތާނާއަކީ ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ އަދާވާތްތެރިޔެކެވެ."

މިއާޔަތަށް ފުންކޮށް ނަޒަރުކުރުމުން ވަކި ދައުވަތަކީ ޝައިތާނީ ދައުވަތެއްކަން ދެނެގަންނާނެ މިންގަނޑެއް ވެސް ދޭހަކުރެވޭނެ އެވެ. އެއީ ކާބޯތަކެތީގައި އެންގެވި މިންގަނޑާ އަޅާކިއުމެވެ. "ހަލާލު އަދި ރަނގަޅު" މި މިންގަނޑެވެ. ވަކި ކަމެއް ވަރަށް ކޮށްލާ ހިތްވެދާނެ އެވެ. އެކަމަކީ ކަނޑައެޅިގެން ހަރާންކަމެއް ނަމަ އެއީ ޝައިތާނާގެ ދައުވަތެކެވެ. ހަރާން ނުވުމަކުން އެއީ ޝައިތާނާގެ ދައުވަތަކަށް ނުވީކަމުގައި ނުބެލެވެ އެވެ. އެކަމަކީ ރަނގަޅު ކަމެއްތޯ އަދި ރަނގަޅު ކަމެއްނަމަ، އެކަމެއް ކުރެވެމުން މިދަނީ ރަނގަޅު މިންގަނޑަށްތޯ މި ދެޓެސްޓުން ފާސްވޭތޯ ބަލަންވާނެ އެވެ. މިޓެސްޓްތަކަށް އަޅާބެލުމުން އެކަމަކީ ހަލާލު އަދި ރަނގަޅު ކަމަކަށް ނުވާނަމަ، އެކަމަކަށް އޮންނަ ޝައުގުވެރިކަން ޝައިތާނީ ގޮވާލުމަކާ ގާތެވެ.

ސުވާލަކަށްވެދާނެ ކަމަކީ، ކާފަރުން ހިމެނޭހެން މުޅި އިންސާނިއްޔަތާ މުހާތަބުކޮށް މިވާހަކަ އައީ ކީއްވެގެން ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ކާފަރުންގެ ތެރެއިން ވެސް ތަހުޒީބު އިންސާނުން ބައެއް މުސްލިމުންނަށް ވުރެވެސް ފުރިހަމައަށް މިމިންގަނޑުތަކަށް އުޅޭތީ އެބަ ފެނެއެވެ.

ދެން ލުޤްމާން ސޫރަތުގެ 33 ވަނަ އާޔަތުން އަޅުގަނޑު ނަކަލުކުރި ބަޔާއި، ފާޠިރު ސޫރަތުގެ 5 ވަނަ އާޔަތަށް ބައްލަވާށެވެ! ދެއާޔަތުގައި އެއް ވާހަކައެއް ތަކުރާރުކުރައްވާފައިވަނީ މަގުސަދުތަކެއް ހުރެގެންނެވެ. ހަމަކަށަވަރުން، ﷲ ގެ ވައުދުފުޅަކީ ހައްގު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރި ކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިތާނާ ތިޔަބައިމީހުން ހެއްލުންތެރި ކުރިޔަ ނުދޭހުށިކަމެވެ!

ﷲ އާމެދު އިންސާނުން ހެއްލުންތެރިކޮށް، ﷲ ގެ މަގުން އެއްކިބާކުރުމަށް ޝައިތާނާ ބޭނުންކުރާނެ އެކައްޗަކީ، ދުނިޔޭގެ ދިރިއުޅުމެވެ. އެދިރިއުޅުމުގެ މަޖާކަމެވެ. އާދޭހެވެ! ހުރިހާ ލައްޒަތަކާއި މަޖަލެއް ހުރީ "ހަލާލު އަދި ރަނގަޅު" މިންގަނޑުން ނެއްޓުނީމާކަމަށް އޭނާ ވަސްވާސްދޭނެ އެވެ. އެކަމަކު ދުނިޔޭގައި ދިގު މުއްދަތަކަށް އަރާމާއި ލައްޒަތު ބޭނުންނަމަ އެއީ ބުއްދީގެ ހަމައިން ބަލާއިރު ރަނގަޅު މަގެއް ނޫންކަން ސާފެވެ. ޝައިތާނާ އެގޮތަށް ވިސްނައިދެނީ އެއީ ރަނގަޅު މަގަކަށް ނުވާތީ އެވެ. އެހެނީ އޭނާއަކީ އަހަރެމެންނަށް ހުރި ބޮޑު އަދާވާތްތެރިއެކެވެ. މިއީ ހަގީގަތެކެވެ.

އާޔަތުގެ ފެށުމުގައި އަންގަވަނީ، ﷲ ގެ ވައުދުފުޅަކީ ހައްގު ތެދު ކަމުގަ އެވެ. މާތް ﷲ އެކަން ކަށަވަރުކޮށްދެއްވުމަށްފަހު، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރި ކުރިޔަ ނުދޭހުށިކަމޭ އެންގެވުމުގެ މާނައަށް ވިސްނާށެވެ. ދުނިޔޭގެ ދިރިއުޅުމުގައި "ހަލާލު އަދި ރަނގަޅު" މިންގަނޑުން އެއްކިބާވަނީ، ﷲ ގެ ވައުދުފުޅަކީ ތެދުކަމާމެދު ސުވާލު އުފެދޭތީ އެވެ. "ހަލާލު އަދި ރަނގަޅު" މިންގަނޑުން އެއްކިބާވުމަކީ އީމާންކަމުގެ މައްސަލައެއްކަމަށް މިކަމުން ދަލީލު ލިބެ އެވެ. އަދި ﷲ އަށް އީމާންވުމަކާ ނުލައި "ހަލާލު އަދި ރަނގަޅު" މިންގަނޑުތަކަށް އުޅޭ އީމާން ނުވާ މީހުންނަކީ، ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ދީނަށް ގޮވާލެވެންޖެހޭ ބައެއްކަން ވެސް މިކަމުން އެނގެ އެވެ. އެހެނީ އެބައިމީހުން އެތިބީ ހިދާޔަތާ ދާދި ގާތުގަ އެވެ.

ފާހަގަކުރެވޭނެ އެންމެ ބޮޑު އަނެއް ހަގީގަތަކީ މިއާޔަތްތަކުގައި ޝައިތާނާ ގެ ލަޒުފު އައިސްފައިވާކަމެވެ. އިބްލީސް މި ލަފުޒު ހުރި އާޔަތްތަކާ މުޅިން ހިލާފެވެ. މިއީ ވެސް އިލްމުވެރިން ވިސްނާފައި ތަފުސީލުކޮށް ވާހަކަދައްކަވާފައިވާ މައުޟޫއެކެވެ. މިއާޔަތްތަކުގެ ފެށުމުގައި "އޭ އެންމެހާ މީސްތަކުންނޭވެ!" މިގޮތަށް އޮންނަ އޮތުމާއި، އިބްލީހުގެ ތަފުސީލު ހާދިސާއަކީ ޣައިބިއްޔާތުގެ ޚަބަރެއްކަމުގައިވުމާއި، މިކަމުގައި ގުޅުމެއް ވެއެވެ. މިކުރު ލިޔުން އެތަފުސީލުތަކަށް ޖާގައެއް ނުދެ އެވެ. އަޅުގަނޑުގެ މަގުސަދަކީ، ގުރުއާނާމެދު ވިސްނާފިކުރުކުރުމަށް މަގެއް ހުޅުވާލަދިނުމެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox