ޖޫނިއާ ޓީޓީ މުބާރާތުގެ ކުރިން ރާއްޖޭގެ ޓީމަށް ބައިނަލްއަގުވާމީ މެޗު ތަޖުރިބާ

Apr 21, 2022, 6:59 AM
ކްރޮއޭޝިއާގެ ކުޅުންތެރިއަކާ ދެކޮޅަށް ރާއްޖޭގެ ޓީޓީ ތަރި ރަފާ މެޗެއް ކުޅެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކްރޮއޭޝިއާގެ ކުޅުންތެރިއަކާ ދެކޮޅަށް ރާއްޖޭގެ ޓީޓީ ތަރި ރަފާ މެޗެއް ކުޅެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު 9-11 އަށް މާލޭގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން މާލޭގައި ކްރޮއޭޝިއާގެ ދެ ކުޅުންތެރިންނާ އެކު ޓްރެއިނިން މެޗުތަކެއް ކުޅެން ފަށައިފި އެވެ.

މިއީ ދާދި ފަހުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022ގެ ހާއްސަ މެހެމާނަކަށް ރާއްޖެ އައި، ޓޭބަލް ޓެނިސްގެ ކުރީގެ ދުނިޔޭގެ ޗެމްޕިއަން ކްރޮއޭޝިއާގެ ޒޯރާން ޕްރިމޯރަކްއާ އެކު ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަން (ޓީޓީއޭއެމް) އިން ކުރި މަޝްވަރާގެ އަލީގައި ހަމަޖެހިގެން ދިޔަ ޓްރެއިނިން ސީރީސެއް ނުވަތަ މެޗުތަކެކެވެ.

މި މަހު 29 ގެ ނިޔަލަށް ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ރާއްޖޭގެ ކުޅުންތެރިންނާ އެކު ތަމްރީން މެޗުތައް ކުޅޭނީ ސޯޝަލް ސެންޓަރު އެތެރެ ކޯޓުގެ އިތުރުން ހުޅުމާލެ ޓީޓީ ހޯލުގަ އެވެ. މިއީ، ސައުތު އޭޝިއާ މުބާރާތަށް އަމިއްލަ ގައުމުގައި ތިބެގެން ތައްޔާރުވާން ލިބިގެންދިޔަ ރަނގަޅު ފުރުސަތެކެވެ. އަދި މަތީ ފަންތީގެ ކުޅުންތެރިންނާ ދެކޮޅަށް މުބާރާތުގެ ކުރިން ޓްރެއިނިން މެޗުތަކެއް ކުޅެގެން ކުޅުންތެރިންގެ މެޗު ތަޖުރިބާ ވެސް ރަނގަޅުކުރެވޭނެ އެވެ.

ކްރޮއޭޝިއާގެ ކުޅުންތެރިންނާ އެކު ކުރިއަށްދާ ޓްރެއިނިން މެޗުތަކުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީޓީ އެސޯސިއޭޝަނުން ވަނީ މި ފުރުސަތު ފަހިކޮށްދިނީތީވެ، ޒޯރާން އާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރިމަގުގައި ވެސް ޕާޓްނަރުންގެ ގޮތުގައި މި ފަދަ ކަންކަން ރޭވުމުގެ ވިސްނުން ޓީޓީ އެސޯސިއޭޝަނުން ގެންގުޅެ އެވެ.

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ލޯގޯ ލޯންޗް ކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ރާއްޖޭގައި އަންނަ މަހު ބާއްވާ ޓީޓީ މުބާރާތަށް ސަޕޯޓަރުންގެ އެހީ ބޭނުންވާ ކަމަށާއި އަމިއްލަ ފަސްގަނޑުގައި ކުޅެ ކާމިޔާބީ ހޯދަން ލިބޭނެ ހިތްވަރަކީ ސަޕޯޓަރުން ކަމަށެވެ.

މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާނާއި ބަންގްލަދޭޝް އާއި ޕާކިސްތާން ބައިވެރިވެ އެވެ. މި މުބާރާތަކީ ގައުމުތަކުގެ ޓޭބަލް ޓެނިސްގެ މުސްތަގުބަލު ބިނާކުރަން އިސް ރޯލެއް އަދާކުރާ މުބާރާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox