އިމާރާތްކުރާ ސާމާނު އެތެރެކުރަން ނުވަތަ އުފައްދަން ހުއްދަ ނަގަން އަންގައިފި

މާލޭގައި އިމާރާތްކުރަމުންދާ ތަނެއްގައި މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ. ރާއްޖެއަށް ސިމެންތިފަދަ އިމާރާތްކުރާ ސާމާނު އެތެރެކުރަން ނުވަތަ ވިއްކަން ހާއްސަ ހުއްދައެއް ނަގަން ޖެހޭ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މާލޭގައި އިމާރާތްކުރަމުންދާ ތަނެއްގައި މުވައްޒަފުންތަކެއް ހަރަކާތްތެރިވަނީ. ރާއްޖެއަށް ސިމެންތިފަދަ އިމާރާތްކުރާ ސާމާނު އެތެރެކުރަން ނުވަތަ ވިއްކަން ހާއްސަ ހުއްދައެއް ނަގަން ޖެހޭ. ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

އިމާރާތްކުރުމަށްޓަކައި ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ އެފަދަ ތަކެއްޗަށް ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އެފަދަ މަސައްކަތްތައް ކުރުމަށް ޕްލޭނިން މިނިސްޓްރީން އަންގައިފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އާންމު އިއުލާނެއްގައި ބުނީ އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ނުވަތަ އުފައްދަންވާނީ އެކަމަށްޓަކައި ނަގަންޖެގޭ ހުއްދަތައް ނަގައިގެންކަމަށް އިމާރާތްކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކަމަށެވެ.

ގަވާއިދުގައި ބަޔާންކުރާ އެފަދަ ތަކެއްޗަކީ:

ސިމެންތި

  • ހިލަ (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ)
  • ވެލި (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި)
  • ދަގަނޑު (ޢިމާރާތް ކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު)
  • ރެޑީމިކްސް ކޮންކްރީޓް (ހުރިހާ ގްރޭޑެއްގެ)
  • ރެޑީމޭޑް ބްލޮކްސް (އިމާރާތް ކުރުމަށް ބޭނުންކުރާ ގާ)

ޕްލޭނިން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ އެފަދަ މަސައްކަތްތައް ކުރުމަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދުގެ ދަށުން SY އަދި CM ކެޓަގަރީގައި ރަޖިސްޓަރީ ވެގެން ކަމަށެވެ.

ޕްލޭނިންއިން ބުނީ އެ އިއުލާންކުރާ ތާރީހުން ފެށިގެން އެއް މަސް ދުވަސްފަހުން އެފަދަ ތަކެތި ރާއްޖެ އެތެރެކޮށް، ނުވަތަ އުފައްދަނީ، ހުއްދަ ނަގައިގެންތޯ އެ މިނިސްޓްރީން ބަލާނެ ކަމަށެވެ. އަދި އެކަމަށްޓަކައި އެތަންތަނަށް ޒިޔާރަތްކުރާނެކަމަށް ޕްލޭނިންއިން ބުނެ އެވެ.

އެފަދަ މަސައްކަތްތަކަށް ބޭނުންވާ ހުއްދައަށް އެދޭ ފޯމު ޕްލޭނިން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް quality.control@planning.gov.mv އަށް ނުވަތަ registration@planning.gov.mv އަށް މެއިލް ވެސް ކުރެވޭނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ. ނުވަތަ ރަސްމީ ގަޑީގައި 4004830 ނުވަތަ 4004828 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެކަމަށް ޕްލޭނިންއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox