ސިޓީ އަލުން އެއް ވަނަ އަށް، އާސެނަލުން ޗެލްސީ ބަލިކޮށް ހިތްވަރު ދައްކާލައިފި

Apr 20, 2022, 9:05 PM
ިސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ިސިޓީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ޗެލްސީ ދަނޑުގައި 4-2 އިން ކުރިހޯދައި، އާސެނަލުން ގަދަ ހަތަރެއްގެ ރޭހުގައި ހިތްވަރު ދައްކައިފި އެވެ.

މިރޭގެ މެޗަށް ސިޓީ ނުކުތްއިރު، އެއް ވަނައިގައި އޮތީ ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން ފަސޭހައިން މޮޅުވި، ލިވަޕޫލް އެވެ. ސިޓީ އަލުން އެއް ވަނަ އަށް އެރީ 32 މެޗުން 77 ޕޮއިންޓާ އެކު އެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 32 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 31 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ފަސް ވަނައިގައި އޮތް އާސެނަލް ވަނީ 32 މެޗުން 57 ޕޮއިންޓް ހަމަކޮށްފަ އެވެ.

ސިޓީން މިރޭ ބްރައިޓަން ކޮޅަށް ތިން ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ. ސިޓީން ލީޑުނެގީ މެޗުގެ 53 ވަނަ މިނިޓްގައި ކައުންޓަ އެޓޭކަކުން ކެވިން ޑިބްރޭނާގެ މަސައްކަތުން ތަނަވަސްވި ފުރުސަތެއްގައި ރިޔާދު މާރޭޒް އެވެ.

މެޗުގެ 65 ވަނަ މިނިޓްގައި މާރޭޒްގެ ކޯނަރަކުން އޭރިއާބޭރުގައި ހުރި ފިލް ފޯޑެން އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ގޯލަށް ވަނީ ބްރައިޓަން ކުޅުންތެރިއަކު ފައިގައި ޖެހިފަ އެވެ. ސިޓީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 82 ވަނަ މިނިޓްގައި ޑިބްރޭނާ ދިން ބޯޅައަކުން ބެނާޑޯ ސިލްވާ އެވެ.

ޗެލްސީ ކޮޅަށް އާސެނަލްގެ ދެ ގޯލު ޖެހި އެންކެޓިއޭ (ކ) މެއިން ބޯޅަ ކޮންޓްރޯލްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޗެލްސީ ދަނޑަށް މިރޭ އާސެނަލް ނުކުތްއިރު ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވަނީ ބަލިވެފަ އެވެ. ޖެހިޖެހިގެން ލީގުގެ ހަތަރު މެޗުން ބަލިނުވުމުގެ އަޒުމުގައި ނުކުމެ، މިރޭ އާސެނަލުން ވަނީ އަމިއްލަ އަތުން މެޗުގެ ލީޑުނުގެއްލި، ރަނގަޅަށް މަސައްކަތް ކޮށްގެން ޗެލްސީ ބަލިކޮށްފަ އެވެ.

މެޗުގެ 13 ވަނަ މިނިޓްގައި އެޑީ އެންކެޓިއޭ އާސެނަލަށް ލީޑުނަގައިދިންއިރު، ހަތަރު މިނިޓް ފަހުން ރުބެން ލޮފްޓަސް-ޗީކް ދިން ބޯޅައަކުން ޓިމޯ ވާނާ ޗެލްސީ އަށް އެއްވަރުކޮށްދިނެވެ. ފަހަތަށް ނުޖެހި އާސެނަލުން އަނެއްކާ ވެސް ލީޑު ނެގި އެވެ. މި ފަހަރު އެ ޓީމަށް ގޯލު ޖަހައިދިނީ 27 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ދިން ބޯޅައަކުން އެމީލް ސްމިތު ރޯވް އެެވެ. އާސެނަލަށް މި ފަހަރު ވެސް މާގިނައިރު ލީޑު ހިފަހައްޓައިނުލެވުނެވެ. ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާ ވަނީ 32 ވަނަ މިނިޓްގައި އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ.

އާސެނަލް މޮޅުވީ ދެ ވަނަ ހާފުގައި ރަނގަޅަށް ޑިފެންސްކޮށް، އެންކެޓިއޭ އާއި ބުކާޔޯ ސަކާ ޖެހި ގޯލުތަކުންނެވެ. މެޗުގެ 57 ވަނަ މިނިޓްގައި ޗެލްސީގެ ދެ ޑިފެންޑަރުން ކަމަށްވާ މަލަންގް ސާ އާއި ތިއާގޯ ސިލްވާ ކައިރިން ލިބުނު ބޯޅަ އެންކެޓިއޭ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އިތުރު ވަގުތުގައި އަޒްޕިލިކުއޭޓާ ކުރި ފައުލަކަށް އާސެނަލަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް ސަކާ ވަނީ އެ ޓީމަށް ތިން ޕޮއިންޓް ކަށަަވަރުކޮށްދީފަ އެވެ. މި ފަހަރު ލީގުގައި ސަކާ ވަނީ 10 ގޯލު ޖަހައިފަ އެވެ.

މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، އެވަޓަން އާއި ލެސްޓާ ސިޓީ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ހާވީ ބާންސް ލެސްޓާ އަށް ލީޑުނަގައިދިން ނަމަވެސް ދެ ވަނަ ހާފުގައި ޑެލެ އަލީ ވަނީ އެވަޓަން އަށް އެއްވަރުކޮށްދީފަ އެވެ. ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ނިއުކާސަލް ޔުނައިޓެޑް ވަނީ މިރޭ އަމިއްލަ ދަނޑުގައި މިގޭލް އަލްމިރޯން ޖެހި ހަމައެކަނި ގޯލުން 1-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފަ އެވެ. މި މޮޅާ އެކު ނިއުކާސަލް ވަނީ ލީގުގެ 11 ވަނަ އަށް ޖެހިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox