ޖިންސީ ގޯނާގެ ތުހުމަތު ކުރާ އައިމިންދައްތަގެ ބަންދު ހައި ކޯޓުން ދަމަހައްޓައިފި

ޖިންސީ ގޯނާގެ ތުހުމަތު ކުރާ އައިމިންދައްތަގެ ބަންދު ހައި ކޯޓުން ދަމަހައްޓައިފި

އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އައްޑޫ ސިޓީގައި ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރުކުރި އުމުރުން 59 އަހަރުގެ އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއީދު ކޮށްފި އެވެ.

ހައި ކޯޓުގައި އެ އަންހެން މީހާގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި އިސް ފަނޑިޔާރު ހާތިފް ހިލްމީގެ އިތުރަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު ހުސައިން ޝަހީދުއާއި، ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

އިސް ފަނޑިޔާރު ހާތިފް ހިލްމީ ނެރުއްވި ރައުޔުއަށް ދެން ތިއްބެވި ފަނޑިޔާރުން ތާއީދު ކުރެއްވިއިރު، ފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔުގައި ވަނީ އިސްތިއުނާފީ ގިނަ ނުކުތާތައް ބަލައިގަނެވެން ނެތް ކަމުގަ އެވެ.

މި ގޮތުން އެއް ނުކުތާއަކީ ފުލުހުން އެދިގެން ނެރުނު އަމުރަކަށް ވާތީ، އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނާ ހިލާފަށް ނެރުނު އަމުރެއް ކަމުގަ އެވެ.

ފުލުހުން އެދިގެން ނެރުނު އަމުރަކަށް ވިޔަސް، އެ އަޑުއެހުމުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބައިވެރިވެފައިވާތީ ދައުލަތުގެ ބައިވެރިވުން އޮތް ކަމުގައި ބެލެވޭ ކަމަށް ހައި ކޯޓުން ނިންމި އެވެ.

ހެއްކާ ގުޅޭ ގޮތުން ހުށަހެޅި އިސްތިއުނާފީ ނުކުތާއަށް ހައި ކޯޓުން ނިންމެވީ، ކުށުގެ ބާވަތަށް ބެލުމަށް ފަހު، ހެކިންނަށް ނުފޫޒު ފޯރުވުމާއި މުޖުތަމައަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ހާލަތު އޮތް ކަމުގަ އެވެ.

މި މައްސަލާގައި އުމުރުން ދުވަސްވީ އަންހެނަކު ހައްޔަރު ކުރި ނަމަވެސް، އެ ރަށު މީހުން ޖިންސީ ގޯނާގެ ތުހުމަތު ކުރަނީ ކުއްޖާގެ ކާފައަށެވެ.

ހައްޔަރު ކުރީ ކަމާނުބެހޭ މީހެއް ކަމަށް ބުނެ އައްޑޫ ސިޓީގެ އެ ކުއްޖާގެ ކާފަގެ ގޭ ދޮށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. އަދި އަންހެން މީހާ ދޫކޮށްލަން ގޮވާލައި ޕެޓިޝަނެއް ވެސް ކުރިއަށް އެބަ ގެންދެ އެވެ.

އެހެން ވިޔަސް ފުލުހުން ވަނީ ހައްޔަރު ކުރި މީހާގެ އިތުރުން އެހެން މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެކިި މިހާތަނަށް ނެތް ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox