އިޒްރޭލުން ގާޒާއަށް ވައިގެ ހަމަލާ ދީފި

އިޒްރޭލުން ގާޒާއަށް ހަމަލާދިން ވަގުތު ބޮޑު ގޮވުމަކާ އެކު އަލިފާން ރޯވި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ގާޒާއަށް ހަމަލާދިން ވަގުތު ބޮޑު ގޮވުމަކާ އެކު އަލިފާން ރޯވި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެފައި ވަނިކޮށް އަންގާރަ ދުވަހުގެ ދަންވަރު ވަގުތުގައި އިޒްރޭލުން ގާޒާއަށް ވައިގެ ހަމަލާ ދީފި އެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ބުނީ އިޒްރޭލުގެ ވައިގެ އުޅަނދުން ހަމަލާ ދިނީ ގާޒާގެ އެންމެ ދެކުނަށް ކަމަށެވެ. ހަމާސްގެ ސިފައިން ވަނީ އިޒްރޭލުގެ ވައިގެ އުޅަނދުތަކަށް ރައްދުގައި ހަމަލާ ދީފަ އެވެ.

"އިޒްރޭލުގެ ހަނގުރާމަވެރި ޖެޓުތަކާ ދެކޮޅަށް އަޅުގަނޑުމެންގެ ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ހަމަލާ ދިން ސިފައިންނަށް މަރުހަބާ،" ހަމާސްގެ ބަޔާނުގައިވެ އެވެ.

ހަމާސްގެ ތަރުޖަމާނު ހާޒިމް ގާސިމް ވިދާޅުވީ އިޒްރޭލުން ވައިގެ ހަމަލާ އަމާޒު ކުރީ ހުސް ބިންތަކަށް ކަމަށެވެ. ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އިޒްރޭލުން ބުނީ ގާޒާއަށް ހަމަލާ ދިނީ ގާޒާގެ ސަރަހައްދުން އިޒްރޭލަށް ރޮކެޓް ހަމަލާ ފޮނުވުމުން ކަމަށެވެ. ނަމަވެސް އިޒްރޭލުގެ "އަޔަން ޑޯމް" ދިފާއީ ނިޒާމުން ވަނޯ ރޮކެޓު ހުއްޓުވާފަ އެވެ.

"ރޮކެޓު ހަމަލާގެ ރައްދުގައި އިޒްރޭލުގެ ހަނގުރާމަ މަތީ ޖެޓުތަކުން ވާނީ ގާޒާގައި ހަމާސްއިން ހަތިޔާރު އުފައްދާ ތަނަކަށް ވައިގެ ހަމަލާ ދީފައި،" އިޒްރޭލް ސިފައިން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ގުދުސްގައި އަލް އަގްސާ މިސްކިތުގެ ގޯތިތެރެއަށް އިޒްރޭލް ފުލުހުން ވަދެ، ހަމަނުޖެހުން އުފެއްދި އެވެ.

އެ ހަމަނުޖެހުމުގައި ފަލަސްތީނުގެ 170 މީހުންނަށް އަނިޔާވި އެވެ. އޭގެ ފަހުން ހޮނިހިރު ދުވަހު ވެސް ގުދުސްގެ އެކި ހިސާބުތަކުގައި ކުރިމަތިލުންތައް ހިނގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox