ކަޑިޒް އިން ބާސެލޯނާ ހިތްދަތިކޮށްލައިފި

Apr 18, 2022, 9:20 PM
ކަޑިޒް ކުޅުންތެރިއަކު ކައިރިން ބާސެލޯނާގެ ޑެމްބެލޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ކަޑިޒް ކުޅުންތެރިއަކު ކައިރިން ބާސެލޯނާގެ ޑެމްބެލޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (އޭޕްރީލް 18) - ސްޕެނިޝް ލީގުގައި މިރޭ ކަޑިޒް އިން ބާސެލޯނާ ދަނޑުގައި 1-0 އިން މޮޅުވެއްޖެ އެވެ.

މި ނަތީޖާއާ އެކު ބާސެލޯނާ މި ވަނީ ހަތަރު ދުވަސް ތެރޭ އަމިއްލަ ދަނޑުގައި ބޮޑު ދެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ. ބުރާސްފަތި ދުވަހުގެރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް އަތުން ބަލިވެ، ބާސެލޯނާ ވަނީ ޔޫރޮޕާ ލީގުން ކަޓައިފަ އެވެ. އޭގެ ފަހުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ކަޑިޒް އަތްދަށުވިއިރު، މި ފަހަރު ލީގު ހޯދުމަށް ބާސެލޯނާ އިން ކުރަމުން އަންނަ މަސައްކަތުގައި މިއީ ލިބުނު ވަރަށް ބޮޑު ދެރައެކެވެ.

އަނެއްކޮޅުން، މިއީ 2003 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ދެ މުބާރާތެއްގައި ބާސެލޯނާ ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ދެ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުން ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅުނު 15 މެޗަށް ފަހު ފުރަތަމަ ފަހަރަށް ބަލިވިއިރު، ބާސެލޯނާ މި ވަގުތު ދެ ވަނައިގައި އޮތީ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ 15 ޕޮއިންޓް ފަހަތުގަ އެވެ. ރެއާލަށް 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާގެ އޮތީ 31 މެޗުން 60 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އާއި ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ވެސް ވަނީ 32 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ބާސެލޯނާގެ ދަނޑުގައި މިރޭ ކަޑިޒުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 48 ވަނަ މިނިޓްގައި ލޫކަސް ޕެރޭޒް އެވެ. ބާސެލޯނާ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ޓާ ސްޓެގެން ކައިރިން ލިބުނު ފުރުސަތެއްގައި ޕެރޭޒް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ އިތުރު ވަގުތުގެ ފަހު މިނިޓް ނިމެންދެން ބާސެލޯނާ އިން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. ބާސެލޯނާގެ އެރިކް ގާސިއާ އާއި ޕިއޭ އެމެރިކް އޮބާމަޔަން ޖެހި ބޯޅަތައް ކަޑިޒްގެ ކީޕަރު ޔެރެމިއަސް ލެޑެސްމާ ވަނީ މަތަކޮށްފަ އެވެ.

ކަޑިޒުން އެ ކްލަބްގެ 111 އަހަރުވީ ދިގު ތާރީހުގައި ބާސެލޯނާ ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅުވިއިރު، މިއީ އެ ޓީމަށް މުހިންމު ތިން ޕޮއިންޓެވެ. ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ކަޑިޒް މިރޭގެ ތިން ޕޮއިންޓާ އެކު އޮތީ ލީގުގެ 16 ވަނައިގަ އެވެ. އެއީ 32 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox